ފޭރާން އޮޅައިގެން ހުރެ ނަމާދުކުރީމާ އުނިވާނެ ވަރެއް ބުނާކަށް ނޭނގެ! ޔަޤީންވާ ކަމަކީ އަތުކުރިވެސް ފައިކުރިވެސް ނުއޮޅީމާ ޘަވާބުން އުނިނުވެ ފުރިހަމަ ޘަވާބު ލިބޭނެކަން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ފޭރާން އޮޅައިގެން ހުރެ ނަމާދުކުރީމާ އުނިވާނެ ވަރެއް ބުނާކަށް ނޭނގެ! ޔަޤީންވާ ކަމަކީ އަތުކުރިވެސް ފައިކުރިވެސް ނުއޮޅީމާ ޘަވާބުން އުނިނުވެ ފުރިހަމަ ޘަވާބު ލިބޭނެކަން! އިން ޝާ ﷲ

ސުވާލުތައް ގޮތްގޮތަށް ބަދަލުކުރަމުން ގޮސް ނަމާދުކުރާއިރު ގަމީހުގެ އަތުކުރިއާއި ފަޓުލޫނުގެ ފައިކުރި އޮޅައިގެންހުރެ ނަމާދުކުރީމާ ޘަވާބުން އުނިވާނީ ކިހާވަރެއްތޯވެސް އެބަ ސުވާލުކުރެއެވެ.

ކުރާ ހެޔޮ ޢަމަލުތަކަށް ޖަޒާދެއްވަވަނީ ކިހައިވަރަކަށްކަން، ކުރާ ފާފައަކަށް ޢަޛާބު ދެއްވަވަނީ ކިހައި ވަރަކަށްކަން އަދި ދެއްވަވާ ޘަވާބުން އުނިވާނެ ގޮތަކަށް ކަމެއް ކޮށްފިނަމަ އުނިކުރައްވަވާނެ ވަރެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަންކަން ބުނެދޭން އެނގޭނެ އެކަކުވެސް ނުހުންނާނެއެވެ.

އަހުރެމެންނަށް އޮތީ ކޮންމެ ޢަމަލެއް ކުރި ނަމަވެސް ޘަވާބުން އުނިނުވާނެ ގޮތަށް ކުރަން މަސައްކަތްކުރުމެވެ. އެކަމަކުން ދެއްވަވާނެ އެންމެ ގިނަ ޘަވާބު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ވަރަށް ފައިދާހުރި މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ

ކުރާ ނަމާދުން ވީހައި ގިނަ ޘަވާބު ލިބޭނެ ގޮތްތަކަށް ވިސްނުމަކީ ކޮންމެ މީހަކުވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބައެއް މީހުން ބުނެއެވެ. އެއީ ދެން އެވަރުގެ ކަމެއް ހެއްޔެވެ؟ އެމީހުން އެކުރާ ސުވާލުގެ ޖަވާބު އެމީހުންނަށް ލިބިގެންދާނީ ޤިޔާމަތް ދުވަހުން ކަމަށްވެއްޖެ ނަމަ އެއީ ހާމަހިތާމަހުރިކަމެކެވެ. އެހެނީ ނުހަނު ބުރަމަސައްކަތް ކޮށްގެން ނަމާދުތައްކޮށްގެން ގޮސް މީޒާނުގައި ކިރައިލެވޭއިރު އެއިން ބޮޑުބައެއް ލުއިވެފައިވާނަމަ ވާނެގޮތަކާއިމެދު ވިސްނައިލުމުންނެވެ.

އަތްދިގު ގަމީސް ލައިގެން ނަމާދުކުރާއިރު އަތުކުރި އޮޅުމާއި ފަޓުލޫނުގެ ފައިކުރި އޮޅައިގެން ހުރުމަކީ އެމީހާ ކުރާ ނަމާދުން ލިބެންވާ ސަވާބުން ބައެއް އުނިވެ ފުރިހަމަ ސަވާބު ނުލިބިދާނެ ކަންކަމެވެ.

އަތްދިގު ގަމީހުގެ އަތުކުރި އޮޅައިގެން ހުރެ ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިތޯ؟

މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބު:

الحمد لله, والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

ފިރިހެނުން ނަމާދުކުރާއިރު ހެދުން ނުއޮޅުމަށާއި، އިސްތަށިގަނޑު ގޮށްޖަހާފައި ނުބެހެއްޓުމަށް، ކީރިތި ރަސޫލާ (ﷺ) އަމުރުފުޅު ކުރައްވަވާފައިވެއެވެ. ޙަދީޘް ކުރެއްވެވިއެވެ. "ހަތް ގުނަވަން މަތީގައި ސަޖިދަ ކުރުމަށް ތިމަން ކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. އަދި ހެދުން ނުއޮޅުމަށާއި އިސްތަށިގަނޑު ގޮށް ނުޖެހުމަށެވެ."

މިޙަދީޘުން ދޭހަވާ ގޮތުގައި ގަމީހުގެ އަތުކުރީގެ އިތުރުން ފަޓުލޫނުގެ ފައިކުރިވެސް އޮޅައިގެން ނުވާނެއެވެ. އެހެން ނަމަވެސް ފިރިހެނަކު ފައިކުރި ތަނބިކަށްޓަށްވުރެ ތިރީގައި ބަހައްޓައިގެން ނަމާދުކޮށްފިނަމަ ނަމާދު ޞައްޙަ ނުވުން ގާތެވެ. އަތުކުރި އޮޅައިގެން ނުވަތަ ފައިކުރި އޮޅައިގެން ނަމާދުކުރުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. އެހެން ނަމަވެސް މަކްރޫހަ ވާނެއެވެ. މާނައަކީ ނަމާދުން ލިބެންވާ ފުރިހަމަ ސަވާބު އެމީހަކަށް ނުލިބޭނެއެވެ.

والله أعلم

 

މިއަދު އޮންލައިން