ސަމާސަކުރަންވާނެއެވެ. މަޖާވެސް ކުރަންވާނެއެވެ. ނަމަވެސް ކުރަންވާނީ ދީނުގައި ހުއްދަ ކުރައްވަވާފައިވާ ކަންކަމެވެ. ނޫންނަމަ އެދެވެނީ އިންތަކުން ބޭރުވެގެންނެވެ.
ސަމާސައަށް މީހުން ބިރުގެންނެވުމަކީ ގިނަ ބައަކަށް ކުރެވޭ ކަމެކެވެ. ގިނަ ބައަކު އެކަން ކުރަނީ އެއްވެސް ޙާލެއްގައި އަނެކާއަށް ދެރައެއް ދީ ނުވަތަ ގެއްލުމެއް ދިނުމުގެ ގޮތަކުން ނޫނެވެ. ހަމައެކަނި މަޖަލަކަށެވެ.
ސަމާމަސައަކަށްވެސް މީހުން ބިރުގެންނެވުމަކީ ހުއްދަކަމެއް ނޫންކަން އެނގެނީ މި ހަދީޘްފުޅުންނެވެ.
Especially those who are very energetic or strong, or who are holding a weapon or a piece of iron, or who take advantage of the darkness and people’s weakness to use that as a means of scaring and alarming them. It was narrated that Abu Layla said: “The companions of Muhammad (peace and blessings of Allah be upon him) said that they were travelling with the Prophet (peace and blessings of Allah be upon him), and a man among them fell asleep. Some of them got a rope and tied him up, and he got scared. The Messenger of Allah (peace and blessings of Allah be upon him) said: ‘It is not permissible for a Muslim to frighten another Muslim.’” (Narrated by Abu Dawood).
ޙަދީޘްފުޅުގައި އެއޮތީ ދަތުރުފުޅެއްގެ މަތީގައި ޞަޙާބީން ކުރެއްވެވި ކަމަކާއި ގުޅިގެން މީހުން ބިރު ނުގެންނެވުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީޘްފުޅު ކުރެއްވެވި ކަމަށެވެ. އަދި "މުސްލިމަކު ބިރު ގެންނެވުން އަނެއް މުސްލިމަކަށް ހުއްދަވެގެން ނުވާކަމަށް" ޙަދީޘްފުޅުކުރެއްވެވި ކަމަށެވެ. އެފަދައިން ޙަދީޘްފުޅުކުރައްވަވައި އެކަމެއް މަނާކުރައްވަވާނީ އެކަމެއް ކުރުމުން ލިބޭނެ ގެއްލުންތަކެއް ހުރުމުންނެވެ. ވީމާ އޮތީ ބަހަނާ ނުދައްކައި ބަލައިގަތުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން