"ބައިވެރިޔާ އަހުރެންނަށް މަކަރުހެދީ އަހުރެންގެ ކޮން ކުށެއް އޮވެގެންތޯ؟" މިއީ ވިސްނަންވެސް ޖެހޭ ސުވާލެއްނޫން! ސަބަބުތައް މިހުރީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
"ބައިވެރިޔާ އަހުރެންނަށް މަކަރުހެދީ އަހުރެންގެ ކޮން ކުށެއް އޮވެގެންތޯ؟" މިއީ ވިސްނަންވެސް ޖެހޭ ސުވާލެއްނޫން! ސަބަބުތައް މިހުރީ-

ބައިވެރިޔާއަށް މަކަރުހަދާ މީހުން އެކަން ފަޅާއަރައި ހޫނުފެނަށް ވެއްޓެންދެން ބައިވެރިޔާއާ ވަކިނުވެ ހުންނަނީ ކީއްވެ؟ 

މިސުވާލަށް ބަހުސްކުރި ފޯރަމެއްގައި ބައިވެރިވީމެވެ. ވަރަށް ހޫނު ގަދަ ބަހުސަކަށްފަހު އެންމެންނަށްވެސް އެއްބަސްވެވުނީ އެކަން އެގޮތަށް މެދުވެރިއެވަނީ ބައިވެރިޔާގެ ކުށެއް ނެތި މަކަރުހަދާތީ ކަމަށެވެ. 

އެކަމުން އެނގެނީ ބައިވެރިޔާއަށް މަކަރު ހަދަމުންވެސް ބައިވެރިޔާއާއިއެކުގައި އެއުޅެނީ ބައިވެރިޔާގެ ކުށެއް ނެތުމުން ކަމަށެވެ. އަދި ބައިވެރިޔާއާއި ވަކިވާން ބޭނުން ނުވާތީވެސް ކަމަށެވެ. 

އަހުރެން މިވާހަކަ މިދެއްކީ ބައެއް ކްލައިންޓުން ކުރާ ސުވާލަކުންނެވެ. "ބައިވެރިޔާ އަހުރެންނަށް މަކަރުހެދީ އަހުރެންގެ ކޮން ކުށެއް އޮވެގެންތޯ؟" ކުރާ ސުވާލެވެ. އަހުރެންގެ ޖަވާބަކީ މަކަރުހަޑާ މީހުން މަކަރުހަދަނީ ކޮންމެހެން ބައިވެރިޔާގެ ކުށެއް އޮވެގެނެއް ނޫނެވެ. އެއީ މަކަރުހަދާ މީހުންގެ ކިބައިގައި ހުންނަ އުނިސިފައަކީއެވެ. 

މިގޮތަށްވެސް ވިސްނާށެވެ! ބައިވެރިޔާގެ ކިބައިގައި އުނިސިފައެއް ހުރިނަމަ އޮތީ މަކަރުހެދުމެއް ނޫނެވެ. އެކަމެއް ބަޔާންކޮށް އިޞްލާޙްކުރަން ބުނުމެވެ. ދެން ބުނެލަން އޮތީ މަކަރުހަދާ މީހާގެ ކިބައިގައި އެހުރީ މާނުބައި އުނިސިފައެކެވެ. އެހެންވެ އަހުރެންވެސް ސުވާލެއް ކޮށްލާނަމެވެ. 

ތިބާގެ ކިބައިގައި އުނިސިފައެއް ހުރިކަން ފާހަގަކުރެވިއްޖެނަމަ އެކަން ތިބާއަށް ހާމަނުކޮށް ބައިވެރިޔާ ތިބާއަށް މަކަރުހަދާނަމަ ތިބާދޭނެ ޖަވާބަކީ ކޮބައި ހެއްޔެވެ؟ ރުހިގެން ހުންނާނީ ހެއްޔެވެ؟ 

ވީމާ "ބައިވެރިޔާ އަހުރެންނަށް މަކަރުހެދީ އަހުރެންގެ ކޮން ކުށެއް އޮވެގެންތޯ؟" މިއީ ވިސްނަންވެސް ޖެހޭ ސުވާލެއް ނޫނެވެ. މިވާހަކަ މިހައި ތަފްޞީލުކޮށް މިބުނީ މިސުވާލަށް ވިސްނަމުންގޮސް ބައެއް އަންހެނުންނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެ ފަރުވާކުރަންޖެހޭތީއެވެ. 

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން