ބައިވެރިޔާއަށް ރަނގަޅު ނޫންކަމެއް ކުރެވޭއިރަށް މީހުންނަށް އެކަން އަންގައި ލަދުގަންނަވާނަމަ އިޞްލާޙްވުމުގެ ބަދަލުގައިވާނީ އިތުރަށް ގޯސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބައިވެރިޔާއަށް ރަނގަޅު ނޫންކަމެއް ކުރެވޭއިރަށް މީހުންނަށް އެކަން އަންގައި ލަދުގަންނަވާނަމަ އިޞްލާޙްވުމުގެ ބަދަލުގައިވާނީ އިތުރަށް ގޯސް!

ބައެއް މީހުން ތިބެނީ އެހެން މީހަކަށް ކުށެއް ކުރެވޭތޯ ބަލަބަލައެވެ. ކިރިޔާ ކުށެއް ފެނުނަސް އެވާހަކަ ދައްކަން އަވަސްވެގަނެއެވެ. ކިތަންމެ ގިނަ ބައެއްގެ ތެރޭގައި ހުއްޓައިވެސް އެފަދަ ކަމެއްގެ ވާހަކަ ދައްކައިފާނެއެވެ. ބައެއް މީހުން އެފަދަ ކަންކަން ކުރަނީ ނުބައި ނިޔަތެއްގައި ނޫންކަމަށްވެސް ވެދާނެއެވެ. މިހެން މިބުނަނީ މަޖަލަކަށްވެސް ބައެއް މީހުން އެފަދަ ކަންކަން ކުރާތީއެވެ.  

އަހުރެންނަށް ލިބުނު ދަޢުވަތެއްގައި ޢާއިލާއަކާއިއެކު ކާން އިން މަޖިލީހެއްގައި އަނބިމީހާއަށް އެދުވަހު ކުރެވުނު ކުށެއްގެ ވާހަކަ ފިރިމީހާ ދެއްކީ މަޖަލަކަށެވެ. ހިނިއަންނަ ޒާތުގެ ކަމެއް ކުރެވުނީތީއެވެ. ގަތްލަދުން އަނބިމިހާ ނުކައި ތެދުވެެގން ދިއައީއެވެ. ފަހުން ފިރިމީހާ ތެދުވެގެން ގޮސް މާފަށް އެދި ގެންނަން މަސައްކަތްކުރުމުންވެސް ނައެވެ.  

މިޙާލަތުގައި ކުރިމަތިވާ އެންމެ ދެރަގޮތަކީ އެހަނދާންތައް އަނބިމީހާގެ ހިތުން ފިލުވައި ނުލެވޭކަމެވެ. ބޮޑު މައްސަލައެއްގެ ގޮތުގައި ހިތުގައި ބޭއްވޭ ކަމެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެބާވަތުގެ ކަންކަމުގެ ވާހަކަ އެދެމީހަކު އެކަނި ތިބެ ދެއްކުމެވެ. އަނެކާއަށް އިޙްތިރާމް ކުރުމާއިއެކުގައެވެ. އެއިރުން އެކަން ބަލައިގަނެ ދެން އެފަދަ ކަމެއް ނުކުރަން އަނެކާއަށް ހިތްވަރުލިބޭނެއެވެ.  

ވީމާ ދެމަފިރިންގެ މެދުގައި ހިނގާ މިބާވަތުގެ ކަންކަމުގެ ވާހަކަ އެކުވެރިންގެ ގާތުގައިވެސް އަދި ޢާއިލާގެ މީހުންގެ ގާތުގައިވެސް ނުދައްކާށެވެ. އެހެން ދުވަހަކު، މާފަހުން ނަމަވެސް "ކަލެއަކީ މިވެނި ކަމެއްވެސް ކުރިމީހާ ނޫންހޭ؟" އޮންނަނީ ބުނެވިފައެވެ. އެވަޤުތު އަނެކާއަށް ކުރާނެ އަސަރު ހިތަށް ގެންނާށެވެ.  

މިހުރީ ކޮންމެ މީހަކުވެސް، ވަކިން ޚާއްޞަކޮސް ކޮންމެ ދެމަފިއަކުވެސް ސަމާލުކަންދީފިނަމަ ފައިދާކުރާނެ ކަންކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން