ފަތިސްނަމާދުކުރުމުގެ މަތިވެރިކަމުގެ ތެރެއިން: ފަތިސްނަމާދުކޮށްގެން ހުރި މީހަކަށް ޢަދާވާތެރިވެއްޖެ މީހަކަށް އެދެވެނީ ނަރަކައާ ދިމާއަށް!"- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ފަތިސްނަމާދުކުރުމުގެ މަތިވެރިކަމުގެ ތެރެއިން: ފަތިސްނަމާދުކޮށްގެން ހުރި މީހަކަށް ޢަދާވާތެރިވެއްޖެ މީހަކަށް އެދެވެނީ ނަރަކައާ ދިމާއަށް!"- ޙަދީޘުން

ފަތިސްނަމާދުކުރުމުގެ މުހިންމުކަމާއި ކުރުމުން ލިބޭ ފައިދާތަކުގެ ވާހަކަ ވަރަށް ގިނައިން ބަޔާންކުރަމެވެ. ފަތިސްނަމާދުކުރުމުން އެމީހަކަށް ލިބިގެންދާ އެތައް ބައިވަރު ދަރުމަތަކެއްވާތީ އެކަން ގިނަގިނައިން ބަޔާންކޮށް މިދެނީ ޢަމަލުކުރާ މީހުންގެ ޢަދަދު މަދުކަމުންނެވެ. 

ފަތިސްނަމާދުކުރާ މީހަކަށް ދެއްވަވާ މަތިވެރި ދަރަޖަތަކެއްވާއިރު އެމަތިވެރި ނިޢުމަތް ލިބިގަންނަން ހީވާގިވާން އެބަޖެހޭ ސަބަބުތަކުގެ ތެރެއިން ދެއްވަވާ ބޮޑު ނިޢުމަތެއް ފާހަގަކޮށްލާނަމެވެ.   

عن جندب بن عبد الله قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ صَلَّى صَلَاةَ الصُّبْحِ فَهُوَ فِي ذِمَّةِ اللَّهِ فَلَا يَطْلُبَنَّكُمْ اللَّهُ مِنْ ذِمَّتِهِ بِشَيْءٍ فَإِنَّهُ مَنْ يَطْلُبْهُ مِنْ ذِمَّتِهِ بِشَيْءٍ يُدْرِكْهُ ثُمَّ يَكُبَّهُ عَلَى وَجْهِهِ فِي نَارِ جَهَنَّمَ 

657صحيح مسلم كتاب المساجد ومواضع الصلاة باب فضل صلاة العشاء والصبح في جماعة 

ޙަދީޘްފުޅުގެ މާނައީ:  

"ފަތިސްނަމާދުކޮށްފި މީހާ އެވަނީ ﷲ ގެ ޒިންމާދެދަށުގައެވެ. މާނައަކީ އެމީހަކު އެވަނީ ﷲ ގެ ޙަޟްރަތުން އަމާންކަން ލިބިގެންނެވެ. އެމީހެއްގެ މައްޗަށް ޢަދާވާތެރިވުން ހުއްދަވެގެން ނުވެއެވެ. އެމީހެއްގެ މައްޗަށް ޢަދާވާތެރިވެއްޖެ މީހާ އެވަނީ ﷲ ގެ ކޯފާއަށް ހުށަހެޅުމާއި ނަރަކައަށް ވަނުމުގެ މަގުމަތީގައެވެ!":

- ޙަދީޘްގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް   

އެނގިގެން މިދަނީ ފަތިސްނަމާދުކުރުމުން އެމީހަކަށް ދެއްވަވާ މަތިވެރި ދަރަޖައެވެ. ނަމަވެސް ހިތާމައަކީ މިއަދު އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ޣާފިލުވެފައިވާ، ނުކޮށް ދޫކޮށްލާ ނަމާދަކީ ފަތިސްނަމާދުކަމަށްވެފައިވާ ކަމެވެ.

 

 

 

މިއަދު އޮންލައިން