ޛިކުރުކުރުން ގިނަކުރިޔަސް ތިބާއަކީ ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރާ މީހަކަށްވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޛިކުރުކުރުން ގިނަކުރިޔަސް ތިބާއަކީ ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރާ މީހަކަށްވެދާނެ!

އަޅުގަނޑުމެންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ގިނަ އަދަދަކަށް ހެޔޮ ޢަމަލުތައްކުރާ މީހުންނެވެ. ސުވާލަކީ އެއިގެ ތެރެއިން ﷲ ތަޢާލާއަށް ކިޔަމަންތެރިވެވެނީ ކިތައް މީހުންތޯއެވެ؟ ކިޔަމަންތެރިކަމާއި ބިރުވެތިކަމާއި ލޯބިވުމާއި ފާފަނުކުރަން މަސައްކަތްކުރުމާއި މިހުރިހާ ކަންކަމަކީވެސް ހަމަ އެއްޗޭނުގައި ހުރި ކަންކަމެވެ. މިހުރިހާ ކަންކަންވެސް މިވަނީ ގުޅި ލާމެހިފައެވެ.  

ވީމާ މިބަސްފުޅަށް ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހިނގާށެވެ! 

سعيد بن جبير رحمه الله ވިދާޅުވިއެވެ.  

"ހަމަކަށަވަރުން މާތް ﷲ އަށް ބިރުވެތިވުމަކީ ތިބާއާއި ތިބާގެ ފާފަތަކާދެމެދު ހުރަސްއެޅުމެވެ. އެއީ، މާތް ﷲ އަށް ކިޔަމަންގަތުމެވެ. 

ފަހެ، މާތް ﷲ އަށް ކިޔަމަންތެރިވެއްޖެމީހާ އެކަލާނގެ ހަނދުމަކޮށްފިއެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިނުވާމީހާ ކިތަންމެ ގިނައިން ތަސްބީޙަކިޔައި ޤުރްއާން ކިޔެވިކަމުގައި ވިޔަސް އެކަލާނގެ ހަނދުމަކުރާމީހަކުކަމުގައި ނުވެއެވެ."

 

- ޝައިޚް މުޙައްމަދު ލަޠީފް

މިއަދު އޮންލައިން