ކޮންމެ މީހަކުވެސް 2 އިރު ކުރަންޖެހޭ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކޮންމެ މީހަކުވެސް 2 އިރު ކުރަންޖެހޭ ދުޢާއެއް!

ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ދުޢާއެއް ވެއެވެ. އެއީ ދެކަމަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިއެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިނުގަތުމާއި ކޯފާއެވެ. ދެވަނަ ކަމަކީ ކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެ އަޅެއް ކަމުގައި ލައްވަވައި ދެއްވެވުންއެދިއެވެ. ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކިތަންމެ ކުޑަ ޢަމަލެއް ވެސް ކުރެވުމަށް އިރާދަ ނުކުރެއްވެވުން އެދިއެވެ. 

މިޘާލަކަށް: 

"ޔާ ﷲ! އިނބަ ﷲ ރުހިވޮޑިނުގަންނަވާ އަޅުންގެތެރޭގައި މިއަޅާ ނުލައްވަވައި އިނބަ ﷲ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅުންގެތެރެއިން މިއަޅާ ލައްވަވާނދޭވެ! އިނބަ ﷲ ގެ ކޯފާގެ ޛައްރެއްގެ މިންވަރުވެސް މިއަޅާއަށް ނުލައްވަވާނދޭވެ! ދުނިޔެއާއި އާޚިރަތުގައިވެސް އިނބަ ﷲ ގެ ރަޙްމަތް އެންމެ ބޮޑަށް ލައްވަވާ އަޅުންގެތެރޭގައި ލައްވަވާނދޭވެ! 

ޔާ ﷲ! މިއަޅާ ކުރާ ދުޢާ ޢިޖާބަކުރައްވަވާނދޭވެ! އަދި އިނބަ ﷲ އެބައެއްގެ ދުޢާ ޢިޖާބަކުރައްވަވާ އަޅުންގެތެރެއިން މިއަޅާ ލައްވަވާނދޭވެ! މިއަޅާގެ ދުޢާ އިނބަ ﷲ ޢިޖާބަކުރެއްވެވުމުން ނޫނީ މިއަޅާއަށް ފުދޭނެ އެއްވެސް ބޭނުމެއް ނެތެވެ! އިނބަ ﷲ ފިޔަވައި މިއަޅާ ވާގިއެދޭނެ އެހެން އެއްވެސް ފަރާތެއް ނެތެވެ! މިއަޅާގެ ހުރިހާ ކަމެއް ވަކީލްކުރަނީ އިނބަ ﷲ ގެ ޙަޟްރަތަށެވެ." އާމީން 

މިފަދައިން ދުޢާކުރެވިދާނެއެވެ. 

އަހަރެން ދެކޭ ގޮތުގައި މިދުޢާއަކީ ކޮންމެ ދުވަހަކުވެސް ދުވަސްފަށަމުން ވެސް އަދި އެއިގެ ފަހުންވެސް ވީހައި ގިނައިން ކުރަންޖެހޭ ދުޢާއެވެ. މަދުވެގެން 2 އިރު ކުރަން މަސައްކަތްކުރާށެވެ! ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން