ހަނދުމަކޮށްދިނުމެއް! ތަފާތު ބަލިތަކާ ރޯގާތައް ގިނަވެ ސަލާމަތް ނުވެވިގެން އުޅެންޖެހިފައިވާއިރު ބޭހަށްވުރެ ބޮޑަށް މި 4 ކަންތަކަށް ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހަނދުމަކޮށްދިނުމެއް! ތަފާތު ބަލިތަކާ ރޯގާތައް ގިނަވެ ސަލާމަތް ނުވެވިގެން އުޅެންޖެހިފައިވާއިރު ބޭހަށްވުރެ ބޮޑަށް މި 4 ކަންތަކަށް ސަމާލުކަންދޭށެވެ!

އަޅުގަނޑުމެންގެ ތެރޭގައި މިއިން ޒަމާނަކުވެސް ނުފެތުރޭވަރަށް ތަފާތު ރޯގާތަކާއި ބަލިތައް މިދަނީ ފެތުރެމުންނެވެ. ޑޮކްޓަރުންނާއި ސައިންސްވެރިން ތަފާތު ސަބަބުތައް ދައްކާނެއެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ މިކަންކަން މެދުވެރިވާ ސަބަބުތައް އެނގިގެންދާނެއެވެ. 

ކަމަކީ އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަކީ ވަކި ފަރާތެއްގެ އަޅުންނެވެ. އަމިއްލަ އެއްވެސް އާރެއް ބާރެއް ނެތެވެ. ﷲ ތަޢާލާ އަޅުގަނޑުމެން އުފައްދެވުމަށްފަހު ބަލަހައްޓަވައި ގެންގުޅުއްވައި ދިމާވާހައި  ކަމެއްގައި އެހީތެރިވެ މަގުފަހި ކޮށްދެއްވަވައި ހައްދަވައެވެ. މަޔަކު ދަރިއަކު ދެކެ ލޯބިވާ މިންވަރަށް ވުރެން ބޮޑަށް އެފަރާތުން އެޅުގަނޑުމެންނަށް ލޯބި ދެއްވައެވެ. އަޅާލައްވައެވެ. ކިތަންމެ އުރެދުނަސް އަޅާލައްވަނީއެވެ. އާދެ، އެއީ ކަށަކުޅަދުންވަންތަ ދީލަތިވަންތަ އޯގާ ވަންތަ އެއްކައުވަންތަ މާތް ﷲ އެވެ.  

ވުމާއެކު އަޅުގަނޑުމެން އަބަދުމެ އެއިލާހު ހަނދުމަކޮށް ޛިކުރު ކުރަންޖެހެއެވެ. ދެއްވަމުންދާ ނިޢުމަތްތަކަށް ޝުކުރު އަދާކުރަން ޖެހެއެވެ. ތިމާމެންގެ މުހުތާދު ފުރިހަމަ ކުރުމަށްޓަކައި ދުޢާ ދަންނަވަންޖެހެއެވެ. ތިމާމެންނަށް ދުނިޔެމަތިން ދިމާވެދާނެ ގެއްލުމަކުން ސަލާމަތަށް އެދި އިސްތިޣުފާރު ކުރަންޖެހެއެވެ. އޭރުން ދެދުނިޔެ ބާއްޖަވެރި ވާނެއެވެ. އަންނަނިވި ހަތަރުކަމަކީ މިބުނެވުނު ހުރިހާ ކަމެއްގެ ހައްލެވެ.  

ޚުލާޞާ އަކީ އިސްތިޣްފާރުކުރުމާއި ޛިކުރުކުރުމާއި، ޝުކުރުވެރިވުމާއި ދުޢާކުރުން ގިނަކުރުމެވެ.  

އެހެންކަމުން މިހަތަރު ކަންތަކުގެ މަތީ ދެމިތިބުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މާތް ﷲ އަޅުގަނޑަށާއި ތިޔަ އެންމެހައި އަޚުންނާއި އުޚުތުންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން! 

 

- މަޢްލޫމާތު: އުސްތާޛް ޙުސައިން ރަޝީދު އަޙްމަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން