ދެއްވަވާ ނިޢުމަތްތައް އިތުރުވުމަށް އެދޭމީހާ ފުރަތަމަ ސަމާލުކަންދޭންވީ ކަންތައް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދެއްވަވާ ނިޢުމަތްތައް އިތުރުވުމަށް އެދޭމީހާ ފުރަތަމަ ސަމާލުކަންދޭންވީ ކަންތައް އެނގޭތަ؟

ޝުކުރުވެރިވުމުގެ ވާހަކަ ދެއްކީމާ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ވިސްނިދާނެއެވެ. ނަމަވެސް އެއީ އާދައިގެ ކަމެއް ނޫނެވެ. ނުކުރުމުން ދަތިތައް ކުރިމަތިކުރައްވަވާ އަދި ކުރުމުން ނިޢުމަތްތައް އިތުރުކުރައްވަވާ ކަމެކެވެ. ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތައް އިތުރުވުން އެދިގެން ކޮންމެހެން ކުރަންޖެހޭ ކަންތަކެވެ. 

ޝުކުރު ކުރުން: 

ޝުކުރު ކުރުމަކީ ހެވެއް ނުވަތަ ނިޢުމަތެއް ނުވަތަ ތިމާ އުފާވެރިވާ ކޮންމެ ކަމެއް މެދުވެރިވާ ހިނދު އެންމެ ފުރަތަމަކަމަކަށް އަވަހަށް ﷲ ތަޢާލާއަށް ޝުކުރު ދެއްނެވުމެވެ. އެއިލާހަށް ޙަމްދު ކުރުމެވެ. އެއަށް އެކަމެއް މެދުވެރިވުމުގައި ސަަބަބަކަށްވީ ފަރާތަށް ވެސް ޝުކުރުވެރިވުމެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ.  

]لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ[ 

މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ. " (އިބްރާހީމް:07)  

ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމަ އަށް ޢަމަލުކުރުމެވެ. ތިމާގެ ދުލުން ތިމާ ﷲ ތައާލާއަށް ޝުކުރުވެރިވާކަމަށް ބުނާނަމަ އެކަން ތިމާގެ ޢަމަލުތަކުން ފެންނަން ޖެހޭނެއެވެ. ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރި ވުމާއެކު ނަހީކުރެއްވެވި އެންމެހައި ކަންތައްތަކާ ދުރުހެލިވާނެއެވެ. 

މީހަކު ތިބާއަށް ހެޔޮ ކަމެއް ކޮށްދިނުމުން ޝުކުރުވެރިވާކަމަށް ބުނާނަމަ އޭނާއަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ. އިޚްލާޞްތެރިކަމާއިއެކު ހެޔޮކޮށްހިތަންވާނެއެވެ. އޭނާއަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި އެމީހަކަށް ހެވެއް ލިބިދާނެ ކޮންމެ ކަމެއްގައިވެސް އެހީތެރިވާންވާނެއެވެ.  

އެއިރުން އެކަމަށްވެސް އެމީހަކަށް ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވަވާނެތެވެ. އިން ޝާ ﷲ

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން