ތިބާއަށް ޤުރްއާނުން އެއްވެސް ކަމެއް އޮޅުންއަރާނަމަ އެކަމެއް ޢިލްމްވެރިންގެ އަރިހުން އޮޅުން ނުފިލުވައި ހުރުމަކީ މަގުފުރެދިދާނެ ކަމެއް! އެކަން ފެތުރުމަކީ ފާފަވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިބާއަށް ޤުރްއާނުން އެއްވެސް ކަމެއް އޮޅުންއަރާނަމަ އެކަމެއް ޢިލްމްވެރިންގެ އަރިހުން އޮޅުން ނުފިލުވައި ހުރުމަކީ މަގުފުރެދިދާނެ ކަމެއް! އެކަން ފެތުރުމަކީ ފާފަވެރިވާނެ ކަމެއް!

ކީރިތި ޤުރްޢާނުގައިވާ ބައެއް ކަންކަމަކީ ލަފްޒީ މާނައިން ފުރިހަމައަށް އޮޅުން ފިލާނެ ކަންކަމެއް ނޫނެވެ. އާޔަތް ބާވައިލެއްވެވުނު ސަބަބާއި ޙާލަތު އޮޅުންފިލުވަންޖެހޭ ކަންކަންވެސް އެބަހުއްޓެވެ. ވީމާ ލަފްޒީ މާނަކިޔައިލުމަކުން ނުފުދޭނެ ކަންކަން ހުންނާނެއެވެ.

ބުނެލަން ބޭނުންވަނީ ކީރިތި ޤުރްއާނުގައިވާ އެންމެ ވަޙީބަސްފުޅަކާއިމެދު ޝައްކު އުފެދުނު ނަމަވެސް އެއީ ވަރަށް ބޮޑު މައްސަލައެކެވެ! ޢިލްމުވެރިންގެ އަރިހުން އެކަން އޮޅުން ނުފިލުވައި ނުހުންނާށެވެ! މަގުއޮޅި ނުބައި ޢަމަލެއްވެސް ކުރެވިދާނެތީއެވެ.

ކީރިތި ޤުރްއާނުގެ ތަރުޖަމާ ކިޔުމުންވެސް މާނަ ޔަޤީން ނުކުރެވޭ ބައެއް ބަސްތައް ހުރެދާނެއެވެ. މިސާލަކަށް އެބުނަނީ ކޮންވާހަކައެއްކަން ނުއެނގި ހިނގައިދާނެއެވެ. އެ ޙާލަތުގައި އޮތީ ތަފްސީރުކިޔުމެވެ. ތަފްސީރު ކިޔުމުންވެސް އޮޅުން ނުފިލައިފިނަމަ އެއީ އެމީހެއްގެ ކިބައިގައި ޢިލްމުވެރިކަން ހުންނަވަރަކުން މެދުވެރިވާ ޙާލަތެކެވެ.

ތިމާއަށް އޮޅުން ނުފިލާނަމަ ޢިލްމުވެރިންގެ ގާތުން އޮޅުންފިލުވަން ފަސްނުޖެހޭށެވެ! ލަދުނުގަންނާށެވެ! ބައެއް ކަންކަމުގައި ޢިލްމުވެރިންވެސް މަޝްވަރާކުރައްވައެވެ. ވީމާ ސުވާލު އުފެދޭ ކަންކަމުގައި އޮޅުންފިލުވަން ސުވާލުކުރަން ލަދުގަތުމެއް ނެތެވެ.

އޮޅުން ނުފިލުވައި ހުރެ ތިމާއަށް ވިސްނޭ ގޮތް ކަމަށް ބުނެ ދެއްކޭ ވާހަކައަކުން ފާފަވެރިވެދާނެއެވެ. އެހެން މީހެއްގެ ހިތުގައި ކިތަންމެ ކުޑަނަމަވެސް ޝައްކެއް އުފެއްދިއްޖެ ނަމައެވެ. ވީމާ މިކަންކަމަކީ

ވަރަށް ބޮޑެތި ކަންކަމެވެ.

ކީރިތި ޤުރްއާނަކީ ޚަޒާނާއެކެވެ. ފީނިވަރަކަށް ލިބިގަނެވެން އޮތް ޚަޒާނާއެކެވެ! ފީނުން ގިނަކުރާށެވެ! ފުނަށް ފީނާށެވެ! އެކަމުގެ ފައިދާކުރާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން