ކޮންމެ ސަބަބެއް ދިމާވެގެން ނަމަވެސް ދަރިންނަށް އެހީތެރިނުވެ ހުރެވޭ މީހާއަށް އޮތީ އެކަން އިޙްޞާޞްކުރެވޭ ޙިސާބުން ވީހާ ރަނގަޅަކަށް ކަންކަން ކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކޮންމެ ސަބަބެއް ދިމާވެގެން ނަމަވެސް ދަރިންނަށް އެހީތެރިނުވެ ހުރެވޭ މީހާއަށް އޮތީ އެކަން އިޙްޞާޞްކުރެވޭ ޙިސާބުން ވީހާ ރަނގަޅަކަށް ކަންކަން ކުރުން!

ލަދުގަންނަންވީ ކުށެއް ކުރެވުނީތީއެއް ނޫނެވެ. ކުށްކުރުންމަތީގައި ދެމިހުރުމަށެވެ. އެގޮތުން ތިމާގެ ދަރިންނަށް ނުވަތަ ތިމާ އެހީތެރިވެދޭންޖެހޭ އެއްވެސް މީހަކަށް އެހީތެރި ނުވެވި ގިނަ ދުވަސްތަކެއް ފާއިތުވުމަކީ އެހީތެރިވާންފަށަން ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. އަދި ލަދުގަނެގެން ޙައްލުކުރެވެން އޮތް ކަމެއްވެސް ނޫނެވެ.

ބައެއް މީހުންނަށް އެމީހުންގެ ދަރިންނަށް ނުވަތަ ޢާއިލާގެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދެވިވެސް ގިނަދުވަސްތަކެއް ފާއިތުވެދާނެއެވެ. ވިސްނައިލަންވީ ކަމަކީ އެހީތެރިކަން ފޯރުކޮށް ނުދީ ގިނަދުވަސްތަކެއް ފާއިތުވުމަކުން ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް އެއްވެސް ބަދަލެއް ނުއަންނަ ކަމެވެ. މަސްއޫލިއްޔަތު ތިބާގެ ކޮނޑުގައި އެޅިފައި އޮންނަކަމެވެ.

އެންމެ ބޮޑަށް ވިސްނަންޖެހޭނީ ދަރިންގެ މައްސަލައިގައެވެ. ދަރިންނަށް ކުރަންޖެހޭ ޚަރަދު ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ވާޖިބެކެވެ. ހަމައެއާއިއެކު މައިންބަފައިން ބެލެހެއްޓުންވެސް މެއެވެ. އެކަން ނުކުރެވޭނަމަ އެކަމުގެ ސަބަބުން އެމީހަކު ދާނީ ފާފަވެރިވަމުންނެވެ.

އެހީތެރިނުވެވި ތިބި ދަރިންނަށް އެހީތެރިވެދޭންފަށާށެވެ! މައިންބަފައިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! އެއީ ތިބާގެ މައްޗަށް ހުރި ދަރަނިތަކެކެވެ. ތިމާ އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަކީ ކުރާ އަޅުކަމުގެ ޘަވާބު އިތުރުވާނެކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން