ދަރިފުޅަށް ނަންކިޔައި ޢަޤީޤާ ކަތިލައިފީމެވެ! ނަން ބަދަލުކުރަންޏާވެސް ޢަޤީޤާ ކަތިލަންޖެހޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ދަރިފުޅަށް ނަންކިޔައި ޢަޤީޤާ ކަތިލައިފީމެވެ! ނަން ބަދަލުކުރަންޏާވެސް ޢަޤީޤާ ކަތިލަންޖެހޭނެތޯ؟

ދަރިފުޅަށް ނަންކިޔައި ޢަޤީޤާ ކަތިލައިފީމެވެ! ނަން ބަދަލުކުރަންޏާވެސް ޢަޤީޤާ ކަތިލަންޖެހޭނެތޯ؟

ޢަޤީޤާ ކަތިލުމަކީ ނަން ކިޔުމާއި ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ ކުއްޖަކު އުފަންވުމުން އެއް ފަހަރު އަދާކުރަން ޖެހޭ ސުންނަތެކެވެ. ވީމާ ކުއްޖާގެ ނަން ބަދަލު ކުރި ނަމަވެސް ބަދަލުކުރާ ކޮންމެ ފަހަރަކު ޢަޤީޤާ ކަތިލުމެއް ނެތެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ނަން ކިޔުމަކީ ޢަޤީޤާ ކަތިލާ ވަގުތު ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ.

ދަރިފުޅު އުފަންވާ ދުވަހުވެސް ނަން ކީދާނެއެވެ. 7 ވަނަ ދުވަހު ވެސް ނަން ކީދާނެއެވެ. ނަމަވެސް ސުންނަތް ވެގެންވަނީ 7 ވަނަ ދުވަހު ޢަޤީޤާ ކަތިލުމެވެ. 7 ވަނަ ދުވަހު ކަތި ނުލެވިއްޖެނަމަ 14 ވަނަ ދުވަހު ކަތިލާނީއެވެ. 14 ވަނަ ދުވަހު ކަތި ނުލެވިއްޖެ ނަމަ 21 ވަނަ ދުވަހު ކަތިލާނީއެވެ. 21 ވަނަ ދުވަހު ކަތިލާނިއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން