ﷲ ތަޢާލާ ޙަލާލްކުރެއްވެވި ތަކެތި ޙަރާމްކުރުމާ ޙަރާމްކުރެއްވެވި ތަކެތި ޙަލާލުކުރުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ﷲ ތަޢާލާ ޙަލާލްކުރެއްވެވި ތަކެތި ޙަރާމްކުރުމާ ޙަރާމްކުރެއްވެވި ތަކެތި ޙަލާލުކުރުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫން!

ކުރީގެ ދީންތަކުގެ މީހުން ކުރިކަމަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ތަކެތި ޙަލާލްކުރީއެވެ. މިއަދު ބައެއް މުސްލިމުން ކުރާ ކަމަކީ ﷲ ތަޢާލާ ޙަލާލް ކުރެއްވެވި ބައެއް ތަކެތި ޙަރާމް ކުރަނީއެވެ. އަހުރެންގެ ވިސްނުމުގައި މި ދެކަމަކީވެސް އެއްކަމެކެވެ. ޙަރާމް، ޙަލާލް އޮޅުވައިލަނީއެވެ. 

ވިސްނާށެވެ! ﷲ ތަޢަލާ ޙަރާމް ކުރެއްވެވި ކޮންމެ އެއްޗެއް ހަރާމް ކުރައްވަވާފައިވަނީ މީސްތަކުންނަށް ފައިދާއަކަށެވެ. އެއީ މީސްތަކުންނަށް އެންމެ ފައިދާހުރިގޮތް ކަމުގައިވާތީއެވެ. ދެން ﷲ ތަޢާލާއީ މީސްތަކުންނަށް އެންމެ ފައިދާހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެންމެ މަތިވެރިވަންތަ ފަރާތެވެ. ވީމާ ޙަރާމް ޙަލާލް ލިސްޓަށް ބަދަލުގެނެވޭނީ ކާކަށް ހެއްޔެވެ؟ އެމީހަކު ނުހުންނާނެއެވެ. 

އެހެނެއް ނޫނެވެ. އެއްޗަކުން ތިމާއަށް ގެއްލުންވާ އެއްޗެއް ތިމާ ނުކައިހުރުމަކީ ތަފާތުކަމެކެވެ. މިޘާލަކަށް ބައެއް މީހުންގެ ހަށިގަނޑު އުފައްދަވާފައިވާ ގޮތުން އެމީހަކާއި ނުގުޅޭ އެއްޗެއް ހުރެދާނެއެވެ. ކެއުމުން އުނދަގޫވާ އެއްޗެއް ހުރެދާނެއެވެ. އޭ ހަމަ މެދުވެރިވާ ކަމެކެވެ. 

އެޙާލަތުގައި އެއްޗެއް ނުކައި ހުރުމަކީ އަދި އެއްޗެއް ޙަރާމްވުން ކަމުގައި ބަލައިގެންނުވާނެއެވެ. އެހެނީ ﷲ ތަޢާލާ ޙަލާލް ކުރެއްވެވި ކޮންމެ އެއްޗަކީވެސް ހަމަ ޙަލާލް އެއްޗެކެވެ. ހުއްދަ އެއްޗެކެވެ. އަދި ކުރިން މިބުނި ފަދައިން މީހަކާއި ނުގުޅޭ އެއްޗެއް ހުރުމަކީ ޙަރާމް ޙަލާލް ލިސްޓަށް ބަދަލުގެންނަންޖެހޭ ކަމެއް ނޫނެވެ. 

ﷲ ތަޢާލާ އިސްލާމް ދީން ބާވައިލައްވަވައި ފުރިހަމަ ކުރެއްވެވި ހިސާބުން ދީން މިއޮތީ ފުރިހަމަވެ ނިމިފައެވެ. ޙަރާމް ޙަލާލް ލިސްޓް ވެސް މިއޮތީ ފުރިހަމަވެ ނިމިފައެވެ. އެލިސްޓަށް އުނި އިތުރު ގެނައުމުގެ ހުއްދަ އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. 

ވީމާ މީހަކު ބުނާ ބަހެއްގެ މައްޗަށް ބުރަވެ ލިސްޓަށް އުނިއިތުރުނުގެންނާށެވެ. ފުރަތަމަވެސް ބަލަންވީ ﷲ ތަޢާލާ އެއްޗަކާއިމެދު ބާވައިލައްވަވާފައިވާ ޙުކުމްފުޅަށެވެ. ދެން ބަލަންޖެހޭނީ ފަހުން އުފެދުނު މައްސަލައެއްގެ ސަބަބުން އެއްޗަކާއިމެދު ޢިލްމުވެރިން ކަމަކަށް އިއްތިފާޤްވެފައިވޭތޯއެވެ. އެނޫންގޮތެއްގައި ދީނުގެ އެފަދަ އެއްވެސް ކަމަކަށް އަމިއްލައަށް ގޮތް ނިންމައި ޙަރާމްކުރުމެއް ނެތެވެ. 

މިވާހަކަ ދައްކަން މިޖެހުނީ ދީނުގެ ކަންކަމަށް އެކިމީހުން އެކި ޙުކުމް ނެރޭނަމަ ދީނާއިމެދު މީސްތަކުންނަށް އޮޅުން އަރާނެތީއެވެ. ފަހުން އުފެދޭނެ މައްސަލަތައް މާބޮޑުވެގެންދާނެތީއެވެ. އަދި އިތުބާރުގެ މައްސަލަތައްވެސް ކުރިމަތިވާނެތީއެވެ!

 

- ޑރ. ނޫމާން ޢަލީ ޚާން/ އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން