ތިބާއަށްޓަކައި އެއްވެސް ކަމެއް ކޮށްދޭނެ ހަމައެކަކުނެތަސް މިދުޢާ ކުރާ މީހަކަށް ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކޮށް ދެއްވަވާނެކަން މުޖައްރިބް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ތިބާއަށްޓަކައި އެއްވެސް ކަމެއް ކޮށްދޭނެ ހަމައެކަކުނެތަސް މިދުޢާ ކުރާ މީހަކަށް ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކޮށް ދެއްވަވާނެކަން މުޖައްރިބް! އިން ޝާ ﷲ

ދުޢާގެ ބުރަދަން ބޮޑުވެގެންދަނީ ދުޢާ ދިގުވުމަކުން ނޫނެވެ. ކުޅަދާނަކަން ހުރިވަރަކުން ދުޢާ ދިގުކުރުަކީ ތަފާތު ކަމެކެވެ. އެކަމަކު ބައެއް މީހުންނަށް ދުޢާއަކަށްވަނީ ވަރަށް ދިގުވީމައެވެ. ނަމަވެސް ކީރިތި ޤުރްޢާނުން ފެންނަން ހުރި އެންމެ ވަރުގަދަ، ބާރުގަދަ، ޔަޤީން، މުޖައްރިބް ބައެއް ދުޢާތަކަކީ ވަރަށް ކުރު ދުޢާއެވެ. 

ރަނގަޅަށް ވިސްނައި އަޑުއަހާށެވެ! 

އެއީ އަހަރެން އެތަނެއްގައި ޙާޒިރުވެއިން މަޖިލީހެކެވެ. މީހަކާއި ދެކޮޅަށް އެތައް ބައަކު ދޮގުހެކިދީ އޭނާ ބައްދަލިއެވެ. އެކަމާއި ދެކޮޅަށް އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެންމެންނަށް އިވޭވަރަށް އޭނާކުރީ މިދުޢާއެވެ. ނަތީޖާއަކަށްވީ ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މައްޗަށް އިއްވި ބޮޑު ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށް ކަނޑައަޅައި އޭނާގެ ހުރިހާ ޙައްޤުތައް އޭނާއަށް އަނބުރައިލިބުމެވެ. 

ހަމައެފަދައިން ޢާއިލީ މައްސަލަތަކުގައިވެސް، ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައިވެސް ގޮތް ހުސްވެ މާޔޫސްވުމުން މިދުޢާކުރި އެތައް ބައަކަށް އުފާވެރިކަން ލިބުނުކަމަށް ބުނެފައިވެއެވެ. 

އެކަކު ބުނެފައިވެއެވެ. 3 ދަރިން އަތުލައި ވަރިކޮށް ގެއިން ބޭރުކޮށްލި ވަގުތުވެސް އޭނާ ކުރަމުން ގެންދިއައީ މިދުޢާއެވެ. 6 މަސް ދުވަސްތެރޭގައި މާއުފާވެރި ޙަޔާތެއް ލިބި ދަރިންވެސް އަނބުރައި ލިބުނެވެ. ވީމާ މިއީ ކޮންމެ ކަމަކަށް އޮތް މުޖައްރިބް ދުޢާއެކެވެ. 

ދަރިވަރަކު ގޮސް ޓީޗަރުގެ އެހީތެރިކަމަށް އެދިދާނެއެވެ، ޓީޗަރުގެ ފުރަތަމަ ސުވާލަކަށްވެސް ވާނީ ތިއަ މަސައްކަތް ފުރިހަމަކުރަން ކުރީ ކޮންމަސައްކަތެއްތޯއެވެ. އެކަމަށް މަސައްކަތްނުކުރެވިވާނަމަ އަމިއްލައަށް ކުރެވެން ހުރި ކަންކަން ކުރުމަށްފަހު އެނބުރި އައުމަށް ބުނާނެއެވެ. 

މިއީ ދިރއުޅުމުގެ ކޮންމެ ކަމެއްގައިވެސް މިކަން މެދުވެރިވާ ގޮތެވެ! ކޮންމެ ކަމެއް ޙައްލުކުރަންވެސް ފުރަތަމަ އޮތީ އެމީހަކަށް ކުރެވުނުހައި މަސައްކަތެއް ކުރުމެވެ. އެހެން މީހުންގެ އެހީތެރިކަމަށް އެދުން އޮތީ އެއިގެފަހުންނެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުންވެސް އޮތީ ހަމަ މިފަދައިންނެވެ. ތިމާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތްކުރުމާއިއެކުގައެވެ. 

އަމިއްލަ ދިރިއުޅުމާއިމެދުވެސް ހަމަ މިމޭރުމުން ވިސްނާށެވެ! ޒަވާޖީ ޙަޔާތާއިމެދުގައިވެސްމެއެވެ. އެއްވެސް މައްސަލައެއް މެދުވެރިވާނަމަ އެކަމެއް ޙައްލުކުރަން ތިމާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރާށެވެ! އެއަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ! ޙައްލުކުރައްވަވައި ދެއްވަވާނެކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކު މި ފަދައިން ދުޢާކުރާށެވެ! 

حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ 

މިއީ މުސްލިމުންނަސް އަުދުޢާއެއް ނޫނެވެ! ނަމަވެސް ދުޢާ ކުރުވެފައި ފަސޭހަކަމުން މުހިންމުކަމަށް ނުބެލެވެނީއެވެ. 

ވިސްނައިލާށެވެ! އިބްރާހީމްގެފާނު މިދުޢާ ކުރެއްވެވީ އެކަލޭގެފާނުގެ ހިމާޔަތުގައި ހަމައެކަކުވެސް ނެތިއެވެ. މައިންބަފައިންނާއި ޢާއިލާގެ މީހުންވެސް އެކަލޭގެފާނު ދޫކޮށްލުމުންނެވެ. އެ އަލިފާންގަނޑުގައި އެކަލޭގެފާނު އަނދައިދިއުމަށް އެންމެން އެދިއެދިތިއްބައެވެ. 

ވީމާ ތިމާގެ ދިފާޢުގައި ހަމައެކަކު ނެތްނަމަވެސް ފުރިހަމަ ޔަޤީންކަމާއިއެކު މިދުޢާކުރުމުން އެމުޞީބާތަކުން އެމީހަކު ﷲ ތަޢާލާ ސަލާމަތްކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. ހަމައެކަނި ކުރަން އޮތް ކަމަކީ ތިމާއަކީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެހުރި މީހަކުކަމުގައިވުމެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އިތުބާރުކޮށްގެން ހުރި މީހަކުކަމުގައިވުމެވެ. 

އެފަދައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މިދުޢާ ކުރަމުން ގެންދާ މީހާއަށް ހިންމްވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

މިއަދު އޮންލައިން