ކޮންމެ މީހަކާ ރަޙްމަތްތެރިވެ އުޅެގެން ސަލާމަތްވެވޭނީ ކިހިނެއްތަ؟ ޙަދީޘްފުޅުގަ އޮތީ ”މީހާ ވަނީ އޭނާގެ ރަޚްމަތްތެރިޔާގެ ދީނުގަ" ކަމަށް!

ކިޔުމަށް ހޭދަވާނީ 3މ 53ސ
ކޮންމެ މީހަކާ ރަޙްމަތްތެރިވެ އުޅެގެން ސަލާމަތްވެވޭނީ ކިހިނެއްތަ؟ ޙަދީޘްފުޅުގަ އޮތީ ”މީހާ ވަނީ އޭނާގެ ރަޚްމަތްތެރިޔާގެ ދީނުގަ" ކަމަށް!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަޙްމަތްތެރީންނަކީ އިންސާނާގެ ދިރިއުޅުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. ރަޙްމަތްތެރީންނަކީ އެމީހެއްގެ ކުރިއެރުމާއި ފަހަތަށް ޖެހުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށް ވާއިރު، ރަނގަޅު ޞާލިޙް ރަޙްމަތްތެރީން އިޚްތިޔާރު ކުރުމަށް އިސްލާމްދީން ވަަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ދިވެހި ހަރުބަހެއްގައި ވާފަދައިން އަހިވަހަކާ ޖެހި އަހިވަށް ފާވެގެންދެއެވެ. އެހެންކަމުން ނުބައި ރަޙްމަތްތެރީންނާއި ދުރުވުމަށް ވަަރަށް ބޮޑަށް ސަމާލުކަންދޭންޖެހެއެވެ. 

މީގެ އިތުރުން ހަޤީޤީ ރަޙްމަތްތެރިން އެނގޭނީ މީހާއަށް ދިމާވާ ދަތިކަމާއި ހިތްދަތިކަމުގެ ވަޤުތުގައެވެ. 

އެގޮތުން ﷲ ތަޢާލާ ކަހަފް ސޫރަތުގެ 28 ވަަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

(وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ)

މާނައީ: "އަދި އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاء ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ نفس ހިފަހައްޓަވައި، ކެތްކުރައްވާށެވެ!" 

އެކަމުގެ މިޘާލެއްގެ ގޮތުން އަޅުގަނޑުމެންނަށް އިސްލާމީ ތާރީޚުން އައްޔޫބުގެފާނުގެ ވާހަކަ ހެއްކަކަށް ފުދެއެވެ. އެގޮތުން އައްޔޫބުގެފާނަށް އާލާސްކަންފުޅު ޖެހިވަޑައިގެތް މުއްސަނދިކަން ގެއްލިވަޑައިގަތްހިނދު އެކަލޭގެފާނުގެ އެކުވެރިންގެ ތެރެއިން މަދު ބަޔަކު ފިޔަވާ ގިނަ މީހުން އެކަލޭގެފާނާއި ދުރުހެލިވެގެން ދިޔައެވެ. 

ރަނގަޅު ރަޙްމަތްތެރިން ތިބެ އިޚްލާޞްތެރި ގުޅުމެއްނަމަ ﷲ ތަޢާލާ އެގުޅުމެއްގައި ބަަރަކާތް ލައްވާނެއެވެ. ރަޚްމަތްތެރިންނަކީ ރަނގަޅު އުޅުމެއް އުޅޭ ބައަކަށް ނުވާނަމަ ތިމާގެ އުޅުމާއި ސުލޫކަށް އެމީހުންގެ ނުބައި އަޚްލާޤާއި އެމީހުންގެ އުޅުމުގެ އަސަރު ކުރުމަކީ ދުރުކަމެއްނޫނެވެ.

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ. 

الْمَرْءُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ

މާނައީ:”މީހާވަނީ އޭނާގެ ރަޚްމަތްތެރިޔާގެ ދީނުގައެވެ.ފަހެ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ތިމާއަށް ރަޙްމަތްތެރިކަމުގެ ގުޅުން ޤާއިމް ކުރެވެނީ ކާކާތޯ ބަލާށެވެ."

الْمَرْءُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ – My Blog (soutulislam.com) 

އެގޮތުން އަޅުގަނޑުމެން މިސާލަކަށް ބަލަންވީ ރަސޫލާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ އަޞްހާބު ބޭކަލުންނެވެ. އެބޭކަލުން ހެޔޮކަންކަމުގައި ކުރިއަރާދިޔައެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރިއެވެ. އަދި އެއްބޭކަލަކު އަނެއް ބޭކަލަކަށް ހެޔޮކަންކަން ކުރުމުގައި އެހީތެރިކަން ދެއްވާ އެއްބާރުލުން ދެއްވާ ހެއްދެވިއެވެ. 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘުފުޅެއްގައިވެއެވެ.

لا تُصَاحِبْ إِلَّا مُؤْمِنًا، وَلا يَأْكُلْ طعَامَكَ إِلَّا تَقِيٌّ

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “މުއިމިނަކު މެނުވީ ތިބާގެ ޞާޙިބާ ކަމުގައި ނުހަދާށެވެ. އަދި ތަޤުވާވެރިޔަކު މެނުވީ ތިބާގެ ކާނާއިން ނުކާ ހުށިކަމެވެ.”

https://binbaz.org.sa/audios/2404/133

 

 

މިއަދު އޮންލައިން