ތަނަވަސްކަން ލިބުމާއި އަނބިދަރިން ގިނަވުމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެވެ. ނަމަވެސް އެފަދަ ކޮންމެ މީހަކީ ކާމިޔާބު މީހެއް ނޫނެވެ. ކާމިޔާބު މީހުންނަކީ ދުނިޔޭގައި ދަތިޙާލުގައި އުޅެންޖެހުނަސް އާޚިރަތް ކާމިޔާބުކުރެވޭ މީހުންނެވެ.
ކޮންމެ މީހަކު ވެސް މީހަކުވެސް ބޭނުންވާނީ ތިމާއަކީ އެންމެ ކާމިޔާބު މީހަކު ކަމުގައިވުމަށެވެ. ދުނިޔެއާއި އާޚިރަތް ޙާޞިލުކުރެވޭނެ މީހަކު ކަމުގައި ވުމަށެވެ.
އެންމެ ކާމިޔާބު މީހަކަށްވުމަށް އެދޭމީހާ 6 ކަމެއްގައި ޘާބިތުވާންވާނެއެވެ.
1 ޝިރުކު ނުކުރުން،
2 ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިވުން،
3 އެކަމަކީ ހުއްދަ ކަމެއްކަން ޝައްކުވާ އެއްވެސް ކަމެއް ނުކުރުން،
4 ކީރިތި ޤުރްއާނަށާއި ރަސޫލް ﷺ ގެ ސުންނަތަށް ފުރިހަމައަށް ޢަމަލުކުރުން
5 ކޮންމެ ކަމެއްގައިވެސް ރިވެތި އަޚްލާޤް ކުރިއަށް ނެރުން،
6 ޝައިޠޯނާގެ ވަސްވާސްތަކަށް ސަމާލުކަންދީ ކިތަންމެ ކުޑަކަމެއްގައިވެސް ޝައިޠޯނާގެ ބަހަށް ދީލައިނުލުން
މި 6 ކަންތަކުގައި ސާބިތުވެ ހުރެއްޖެ މީހަކަށް މާތް ﷲ ތަޢާލާ ދުނިޔެއާއި އާޚިރަތްވެސް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން