ތިބާ ދެކެ ލޯބިވާކަމަށް ބުނި ބުނުމަކީ ދިއްކޮށްލި އަލިފާނުގެ ހުޅުކޮޅެއް ނޫންކަން ޔަޤީންނުކޮށް ޢިޖާބަދީފިނަމަ ގާތީ އެހުޅުކޮޅުން މީހާ އެކުގަ އަނދަންޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ތިބާ ދެކެ ލޯބިވާކަމަށް ބުނި ބުނުމަކީ ދިއްކޮށްލި އަލިފާނުގެ ހުޅުކޮޅެއް ނޫންކަން ޔަޤީންނުކޮށް ޢިޖާބަދީފިނަމަ ގާތީ އެހުޅުކޮޅުން މީހާ އެކުގަ އަނދަންޖެހުން!

އެއްބައަކު ބުނަނީ އިންސާނުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެކަމަށް ދެކޮޅުހަދާކަށްވެސް ނެތީމެވެ. ހެޔޮ ބަދަލުތަކެއްވެސް އެބައައުދެއެވެ. މައްސަލައަކަށްވަނީ ނުބައި ބަދަލުތައް އަންނަ މިންވަރު ބޮޑުވަމުން އަންނަ ކަމެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭކަމަކީ ތެދުވެރިކަން ނެތެމުންދާ ކަމެވެ.

މިޘާލެއްގެ ގޮތުން ބުނާނަމަ މީހަކު ތިބާދެެކ ލޯބިވާކަމަށް ބުނެފިނަމަ އެކަން ޤަބޫލުކުރެވެން ނެތަސް އެހެން ބުނީތީ ހިތްހަމަޖެހުން ލިބޭނެއެވެ. އެކަމަކު މިއަދު އެކަން އޮތީ އަނެއް ކޮޅަށް ބަދަލުވެފައެވެ. އެބުނީ ބިރުގަންނަންޖެހޭ ވާހަކައަކަށް މިއޮތީ ބަދަލުވެފައެވެ.

މިހެން ބުނަން މިޖެހެނީ އިންސާނުންގެ ބަސްމަގަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން ދުލުން ބުނާ ބަސްތައް ބުނީމާ މިހާރު މިޖެހެނީ މާނަކުރާށެވެ! އަމިއްލަ މާދަރީ ބަހުން ބުނި ނަމަވެސްމެއެވެ. އެގޮތަށް ކަންކަން ބަދަލުވަމުން ގޮސް މިހާރު މިވަނީ "ކަލާ ދެކެ ލޯބިވެއޭ، ނުވަތަ ވަރަށް ބޮޑަށް ލޯބިވެވިއްޖެ" ކަމަށް ބުނެފިނަމަ އެއީ "ތިބާގެ ބޭނުންކޮށްލަން ބޭނުންވެއްޖެ" ކަމަށް ބަދަލުވެ ނިމިފައެވެ.

ވީމާ އެހިސާބުން އެދިއްކުރަނީ އަލިފާނުގެ ހުޅުކޮޅެކެވެ. ވިސްނާ ނުލައި އެއިގައި ހިފައިފިނަމަ އަތް ދާނީ އެކުގައި ފިހިގެންނެވެ. މުޅިހަށިގަނޑުގައި ހުޅުރޯވެ އަނދައިގެންދިއުމަކީވެސް ދުރުކަމެއް ނޫނެވެ.

ސަބަބަކީ އެފަދަ ބަސްތަކަށް ޚާއްޞަކޮށް ކަނބަލުން ސަމާލުކަން ނުދީފިނަމަ އެބަހުގެ ދަލުގައި ޖެހި ދަނީ ޝިކާރަ ކުރެވެމުންނެވެ. ޝިކާރަކުރެވޭ ވަރަކަށް އެދަނީ ހޫނު އަލިފާނުން ފިހެމުންނެވެ. ނަރަކައިގެ އަލިފާނަށް ހުށަހެޅެމުންނެވެ. ވީމާ ތިބާދެކެ ލޯބިވާކަމަސް ބުނުމުން އެކަން ޤަބޫލުކުރަން ބޭނުންނަމަ ފުރަތަމަވެސް ބުނާށެވެ! "މިހުރީ ރުހިގެންނެވެ! އަވަހަށް ހެކިވެރިން ފޮނުވައި ކައިވެނީގެ ކަންތައް ކުރިއަށް ގެންދާށެވެ!" މިނޫން ޖަވާބެއް ދީގެން ނަރަކައިގެ އަލިފާނުން ސަލާމަތްވެވޭނެ ގޮތެއް މިއަދަކު ނެތެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން