ބައެއް ފިރިހެނުންނަށް ވިސްނިފައި އޮންނަނީ އަނބިމިހާއަށް އޮންނަ ހަމައެކަނި ކަމަކީ އޭނާއަށް ޚިދުމަތްކުރުން ކަމަށެވެ. އެވިސްނުމަކުވެސް އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ފިރިމީހާގެ ހުންނަ އުނިސިފަތަކާއި ކުރެވޭ ކުށްތައް ބަޔާންކޮށްދީ އިޞްލާޙްކުރުވަން މަސައްކަތްކުރުމަކީ ފިރިމީހާއަށް ކޮށްދޭންޖެހޭ އެންމެ މުހިންމު ޚިދުމަތް ކަމުގައިވާތީއެވެ.
ރަނގަޅަށް ހަނދާންކުރާށެވެ! ހެޔޮލަފާ އަންތބަކުނަމަ އޭނާ ފިރިމީހާގެ ކިބައިން ބޭނުންވާނީ ހަމަ އެކަނި ގޭގައި ހުންނައިރު ރަނގަޅުވުމަކަށް ނޫނެވެ. ގެއިން ބޭރުގައިވެސް ނަމޫނާ މީހަކަށްވާން ބޭނުންވާނެއެވެ. ސްމާޓްކޮސް ހެދުން އެޅުމުގެ އިތުރުން ސްމާޓްކޮށް މުޢާމަލާތުކޮށް ނަމޫނާ މީހަކަށްވާން އެދޭނެއެވެ. ދިރިއުޅެން ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދޭނެއެވެ. ފެންނަ ހިލޭ އަންހެނުންނަސް ކަޅިނުއަޅާ މީހަކަށްވުމަށް އެދޭނެއެވެ. މަކަރުވެރި އަންހެނުންގެ ދަލުގައި ނުޖެހުމަށްވެސް އެދޭނެއެވެ. އަދި އަނބިމީހާއަށާއި ދަރިންނަށް ހެޔޮކޮށްހިތައި ލޯބިދޭންވެސް އެދޭނެއެވެ.
މިކަންކަމަށް ބާރުއަޅާ އަނބިންދެކެ ލޯބިވުން އިޔތުރުކުރާށެވެ. އެކަނބަލުން އެކަންއެކުރަނީ ހަމަ ފިރިމިހާއަށްޓަކައެވެ. ފިރިމީހާދެކެ ލޯބިވާވަރު ބޮޑުކަމުންނެވެ. ވަކިނުވެ ޢުމުރަށް އެކުގައި އުޅެން ބޭނުންވާތީއެވެ. މިބުނި ފަދަ ކަންކަމުގެ ވާހަކަ ނުދައްކާނަމަ އޭނާއަކީ ފިރިމީހާ ދެކެ ޙަޤީޤީ ލޯބިވާ އަންތބެއް ނޫނެވެ.
މިކަންވެސް ޤަބޫލުކުރާށެވެ! ފިރިމީހާގެ ކަންކަން އިޞްލާޙްކުރަން ބުނެ ބާރުއަޅާ އަންތބަކު ދެއްވަވަނީވެސް އަދި އެފަދަ ފިރިއަކު ދެއްވަވަނީވެސް ﷲ ތަޢާލާއެވެ. އެއީ އޭނާގެ ސަބަބުން ތިބާ އިޞްލާޙްވެ ކާމިޔާބު މީހަކަށްވުމަށްޓަކައެވެ. އެކަމަސް ވިސްނާނުލައި ކަންކަން އިޞްލާޙްކުރަން ބުނާ ބައިވެރިޔާ ބާކީކޮށް އެއްލައިލުމުން އެއެއްލައިލެވެނީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި އެންމެ އަގުބޮޑު ފުރުޞަތެވެ. ލެއްވެވި ބޮޑު ރަޙްމަތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން