މުސްލިމުންގެ އާބާދީ ރެކޯޑްޢަދަދަކަށް އިތުރުވިއިރުވެސް ނަމާދުނުކުރާ މީހުންގެ ޢަދަދު މިހާގިނައީ ކީއްވެ؟ ތިމާއަކީ މުސްލިމެއް ކަމަށް ބުނާތީ ސުވަރުގެ ވައްދަވާނެކަމަށް ޤަބޫލުކުރެވެނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މުސްލިމުންގެ އާބާދީ ރެކޯޑްޢަދަދަކަށް އިތުރުވިއިރުވެސް ނަމާދުނުކުރާ މީހުންގެ ޢަދަދު މިހާގިނައީ ކީއްވެ؟ ތިމާއަކީ މުސްލިމެއް ކަމަށް ބުނާތީ ސުވަރުގެ ވައްދަވާނެކަމަށް ޤަބޫލުކުރެވެނީތަ؟

މީސްތަކުންނޭވެ! ތިމާއަކީ މުސްލިމެއް ކަމަށް ބުނުމަކީ އެމީހަކު ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫންކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އަދި ސުވަރުގެ ވައްދަވާނެ ސަބަބުވެސް އެނގެން އެބައޮތެވެ. އެހެންކަމަށްވާއިރު ގިނަ ބައަކަށް ވެގެން މިއުޅެނީ ކޮން ގޮތެއް ހެއްޔެވެ؟  

ޝައިޠޯނާ މީހަކު މަގުފުރައްދަން ބޭނުންވުމުން އައިސް ފުރަތަމަ ބުނާނީ ފާފައެއް ކުރާކަށް ނޫނެވެ. ނަމާދު ނުކުރުމަށެވެ. އެއީ ނަމާދުކުރުން ހުއްޓުވައިލެވިއްޖެނަމަ އެމީހެއްގެ ހިތަށް ވެރިވެގަންނަން ފަސޭހަވާނެތީއެވެ.  

ދުނިޔޭގެ އާބާދީގައި 2 ބިލިއަން މުސްލިމުން ތިބިނަމަވެސް ނަމާދުކުރާ މީހުންގެ އާބާދީ މިހައި ަމދުވެގެން މިއުޅޭ ސަބަބަކީ އެއީއެވެ. އެމީހުންގެ ސިކުނޑިތަކުގައި ޝައިޠޯނާ ވަކިހިއްޕާލާފައިވާތީއެވެ.  

މިފިޔަވަހީގައި ޝައިޠޯނާއަށް ކާމިޔާބުނުކުރެވޭ ބައަކު ތިބޭނެއެވެ. އެއީ ނަމާދުކުރަން އާދަވެފައި ތިބި މީހުންނެވެ. އެމީހުންގެ ބޮލަށް ވަސްވާސްދޭނީ ނަމާދު ލަސްކޮށްލުމަކީ މައްސަލައެއް ނޫން ކަމަށެވެ. ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމާފައި ނަމާދުކުރިނަމަވެސް އެންމެ ރަނގަޅުވާނެއެވެ.  

ނަމާދުކުރާ މީހުންގެ ތެރެއިންވެސް ޖަމާޢަތުގައި ނަމާދުނުކުރާ މީހުން ގިނަވެފައި އަދި އިރު އެރުމުން ނޫނީ ފަތިސްނަމާދު ނުކުރެވޭ މީހުން މިހައި ގިނަވެގެން މިއުޅެނީ މިބުނި ފަދައިން ޝައިޠޯނާގެ ދެވަނަ ދަންތުރައިގައި ޖެހެވޭތީއެވެ.  

އަހުރެން މިހެން ބުނީތީވެސް ކޮންމެ މީހަކުވެސް ނިކަން އެމީހެއްގެ އަމިއްލަ ޢާއިލާގެ ކަންކަން ނަމާދުކުރުމާއިމެދު ހުރިގޮތް ނިކަން އޮޑިޓްކޮށްލައިބަލާށެވެ! މިބުނި ކަންކަން ފެނިގެންދާނެއެވެ. ވީމާ ކޮންމެ މީހަކުވެސް އެމީހަކާއި އެމީހެއްގެ ޢާއިލާ މިޙާލަތުން ސަލާމަތް ކުރެވޭތޯ ވަރުގަދައަށް މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. އެކިވަރުގެ ކެންޕޭނުތައް ކުރަން އެބަޖެހެއެވެ. ނޫންނަމަ ﷲ ތަޢާލާ އަންގަވާފަދައިން މަސްއޫލިއްޔަތު އަދާކުރެވުނު މީހަކު ކަމަކަށް ނުވާނެ ނޫން ހެއްޔެވެ؟

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން