ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ސުވާލުގެ އިތުރުން އެހެން ފޮތްތައް ނުއަންދައި ޤުރްއާން އަންދަނީ ކީއްވެގެންތޯވެސް ބައެއް ކިޔުންތެރިން ސުވާލުކުރެއެވެ. ޖަވާބުތައްވެސް ބައިވަރެވެ.
މިޘާލަކަށް ކީރިތި ޤުރްއާން ނޫނީ ﷲ ތަޢާލާ ބާވައިލެއްވެވި ގޮތަށް އެއިގެ އަޞްލާއި ެއްގޮތަށް އޮތް ފޮތެއް ނެތެވެ. އެހެންވީމާ އެހެން ފޮތްތައް މިއަދު ވެފައިވަނީ މީހުން އަމިއްލައަށް ލިޔާ ފޮތަކަށެވެ. އަދި ޤުރްޢާނުގެ މަތިވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާތީ އާއި އެފޮތުގައިވާ ވަޙީބަސްފުޅުތަކުގެ ތެދުކަން ދުވަހުން ދުވަހަށްވެސް ދަނީ އިތުރަށް ޘާބިތުވަމުންނެވެ. އެކަން ޤަބޫލުކުރެވި އަލަށް އިސްލާމްވާ މީހުންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. ޙަޖަމް ނުކުރެވިގެން އެއުޅެނީ މިކަންކަމެވެ.
ތިރީގައިވާ މުފްތީ މެންކުގެ ބަސްފުޅުވެސް ވިދާޅުވެލައްވާށެވެ!
ކޮންމެ މީހަކު ނަމަވެސް ފޮތެއް ދެކެ ރުޅިއަންނާނީ އެފަތުގައި ކަމުނުދާ ވާހަކައެއް ނުވަތަ ވާހަކަތަކެއް ބަޔާންކޮށްފައި އޮތުމުންނެވެ. އެހެންކަމަށްވެއްޖެނަމަ ފުރަތަމަ ކަމަކަށް ކުރާނެ ކަމަކީ އެމީހާ ކަންބޮޑުވާ، ނުވަތަ ރުޅި އަންނަ ވާހަކަތައް ހާމަކުރުމެވެ. އެކަމަށް ބަހުސަށް ހުޅުވައިލުމެވެ. އެއީވެސް މިހާރުކުރަން ވަރަށް ފަސޭހަ ކަމެކެވެ. ސޯޝަލް މީޑިއާގައި ހާމަކޮށްލާއިރަށް ބަހުސް ފެށިގެންދާނެއެވެ.
އެހެންކަމުން އެކަންކަން ބަޔާންނުކޮށް އެފޮތުގެ ކޮޕީއެއް އަންދައިލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެންމެކޮޕީއެއް އަންދައިލިއްޔާ އެފޮތެއް ދުނިޔެއިން ހުސްކުރެވޭނެ ހެއްޔެވެ؟ އެހެނަކަމުން މީހަކު ރުޅިއައިސްގެން އެއްވެސް ފޮތެއް އަންދާލައިފިނަމަ އެކަމުން އެނގިގެންދަނީ އެފޮތާއިމެދު އޭނާގެ ހިތުގައި އުފެދިފައި އޮތް ނަފްރަތުގެ ބޮޑުކަމެވެ.
ހަމައެއާއިއެކު ޔަޤީންކުރެވިގެން އެދަނީ އެފޮތުގައިވަނީ ޙަޤީޤީ ވާހަކަތަކެއްކަމެވެ. އެފޮތް އަންދައިލާނީ އެމީހަކަށް އެކަން ޙަޖަމް ނުކުރެވިގެންނެވެ. ފޮތުގައިވާ ޞައްޙަ މައުލޫމާތުތަކުގެ ސަބަބުން ހިތުގައި އުފެދޭ ރުޅިވެރިކަން ކޮންޓްރޯލް ނުކުރެވިގެންނެވެ.
ވީމާ މީހަކު (ބައުވެގެން ނައްތާލުމުގެ ރަނގަޅު ނިޔަތުގައި ނޫން ގޮތަކަށް) ރުޅިވެރިކަމުގައި ކީރިތި ޤުރްޢާން އަންދާލައިފިނަމަ އެކަމުން އެނގިގެންދަނީ ކީރިތި ޤުރްއާނުގެ މަތިވެރިކަން ބޮޑުކަމެވެ. ފުރިހަމަކަން ބޮޑުކަމެވެ. ފުރިހަމަކަން ބޮޑުކަމުން ހިތުގައި އުފެދުނު ހަސަދައިން އެމީހަކަށް ސަލާމަތް ނުވެވުނުކަމެވެ.
ބުނަންހެއްޔެވެ؟ އެފަދަ ޢަމަލުތައް ކުރިވަރަކަށް އިތުރަށް ޘާބިތުވަމުންދާނީ މިބުނި ކަންކަމެވެ. ޤުރްއާނުގެ ދަރަޖަ ދާނީ އުފުލެމުންނެވެ. މަތިވެރިވަމުންނެވެ. ދެރަވެ ނިކަމެތިވަމުންދާނީ ހަސަދަވެރިވާ ބައެކެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ޤުރްއާން އެންދީމާ ވާނީ މިހެން! އިސްލާމް ދީނަށް ލިބޭ ކުރިއެރުންވާނީ ބޮޑު!
ސްވިޑްންގަ މުޞްޙަފް އަންދައިލިތަނާއި ދާދި ކައިރިން މުސްލިމުން ބިމެއް ގަނެގެން މިސްކިތެއް އަޅަނީ!
ކީރިތި ޤުރްއާން ނިކަމެތިކުރުމުގެ ގޮތުން ސްވިޑްންގައި ދާދިފަހުން ކީރިތި ޤުރްއާނުގެ މުޞްޙަފެއް އަންދައިލިތަނާއި ކައިރިން މުސްލިމުން މިސްކިތެއް އަޅާނެ ބިމެއް މުސްލިމުން ގަނެފިއެވެ. ބިން ގަނެފައިވަނީ 2.5 މިލިއަން ސްވިޑިޝް ކްރޯން އަށެވެ.
މުޅި ދުނިޔެ އެއްކޮޅަށް ޖެހުނަސް ކީރިތި ޤުރްއާން ނިކަމެތި ނުކުރެވޭނެއެވެ. ލިޔެވިފައިވަނީ ކަރުދާހުގައިކަމަށްވުމުން ހުޅުޖަހައި އެންދިދާނެއެވެ. އެކަމުން ދެއްވަވާ ނަޞްރު މާމަތިވެރިވާނެއެވެ. އިން ޝާ ﷲ
ލިޔުމުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! އެބިމުގައި މުސްލިމުން މިހާރުވެސް އެވަނީ ﷲ ތަޢާލާއަށް ސަޖިދަކޮށް ﷲ ތަޢާލާ މަތިވެރިކުރަން ފަށައިފައެވެ. މާޝާ ﷲ
ގުޅުންހުރި ވީޑިއޯ: