ކޮންމެ ނަމެއް ކިޔާ މީހަކަށްވެސް އަބޫބަކުރުގެފާނު ފަދަ ބޭކަލަކަށްވުމުގެ ފުރުޞަތު މިއަދުވެސް އެބައޮތް! އޮތީ ހިތްވަރުކުރަން ކެރުމާ ޘާބިތުކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކޮންމެ ނަމެއް ކިޔާ މީހަކަށްވެސް އަބޫބަކުރުގެފާނު ފަދަ ބޭކަލަކަށްވުމުގެ ފުރުޞަތު މިއަދުވެސް އެބައޮތް! އޮތީ ހިތްވަރުކުރަން ކެރުމާ ޘާބިތުކަން!

މިޒަމާނުގައި ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ޞަޙާބީންގެ ދަރަޖަލިބިދާނެތޯ ސުވާލުކުރައްވާ ކިޔުންތެރިންނަށް ކިޔުންތެރިންނަށް މިގެނެސްދެނީ ސުވާލަށް ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ހުރިހާ ޞަޙާބީ ބޭކަލުންގެ ތެރެއިން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ މިތުރުކަންބޮޑީ އަބޫބަކުރުގެފާނުކަން އެނގެން އެބައޮތެވެ. އެއީ "ތިމަން ރަސޫލާ ޚަލީލަކު އިޚްތިޔާރުކުރައްވަވާނެނަމަ އިޚްތިޔާރުކުރައްވަވާނީ އަބޫބަކުރުގެފާނު" ކަމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ.   

އެމަތިވެރި ދަރަޖަ އަބޫބަކުރުގެފާނަށް ލިބިވަޑައިގަތް ސަބަބާއިމެދު ވިސްނައިލާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވި ކޮންމެ ބަސްފުޅެއް ވަޤުތުން ޤަބޫލުފުޅު ކުރައްވަވައި ޢަމަލުފުޅު ކުރެއްވެވުމުގެ އިތުރުން އަޅުކަންކުރެއްވެވުމުގައި ހުރިހާ ޞަޙާބީންނަށްވުރެ ކުރީގައި ހުންނެވުން އެއީ ސަބަބުތައް ކަމުގައި ބެލެވެއެވެ.  

ޞަޙާބީންނާއި މުޚާޠަބް ކުރައްވަވައި ތިއަބައިމީހުންގެ ތެރެއިން މިވެނި އަޅުކަމެއް މިއަދު ކުރެއްވެވީ ކޮންބޭކަލެއްތޯ ސުވާލުކުރެއްވެވި ދުވަހު ކުރެއްވެވި ހުރިހާ ސުވާލުތަކަށް "އާނއެކެވެ" ޖަވާބު ދެއްވެވުނީ އިއްތިފާޤަކުން ނޫނެވެ. ކޮންމެ ދުވަހަކުވެސް އެކަންކަން ކުރައްވަވާތީއެވެ.  

އެއިގެ އިތުރުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރެއްވެވުމުގައިވެސް އެންމެ ކުރީގައި ހުންނެވިކަން އެއީ އެނގެން އޮތްކަމެކެވެ.   

އަހުރެމެންނަށް މިދުނިޔޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބައްދަލުވެވޭނެ ހަމައެކަނި މަގަކަށް އޮތީ ހުވަފެނުގައި ފެނުމެވެ. އެނޫން ގޮތަކަށް ބައްދަލެއް ނުވެވޭނެއެވެ. އަހުރެމެންނަށް ބައްދަލުވެވޭނީ ޤިޔާމަތް ދުވަހުއެވެ. އިން ޝާ ﷲ  

ވީމާ އަހުރެމެންނަށް ކުރަން މިއޮތީ ހަމަ 3 ކަމެކެވެ. އެއީ ވީހާގިނައިން އަޅުކަންކުރުމާއި ސުންނަތަށް ޢަމަލުކުރުމާއި އަދި އަޅުކަމުގެ ތެރެއިން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުގައި ދީލަތިވުމެވެ. އެކަންކަމުގައި ކުރިއަރައި ދެވިއްޖެނަމަ ސުވަރުގޭގައި ﷲ ތަޢާލާގެ އެންމެ ގާތުގައި، އެންމެ އަރިއަހުގައި ވެވޭނެއެވެ. އިން ޝާ ﷲ  

Narrated Ibn `Abbas:

The Prophet () said, "If I were to take a Khalil, I would have taken Abu Bakr, but he is my brother and my companion (in Islam).

 

(ޞަޙީޙް ބުޚާރީ: 3656)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން