ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުކުރަން ބޭނުން މީހާ ކޮންމެ ދުވަހަކު ކުރަން ފައިދާހުރި ހެޔޮ ޢަމަލުތައް- 1

ކިޔުމަށް ހޭދަވާނީ 9މ 22ސ
ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުކުރަން ބޭނުން މީހާ ކޮންމެ ދުވަހަކު ކުރަން ފައިދާހުރި ހެޔޮ ޢަމަލުތައް- 1

ޢާއިޝަތު ރަފާޙް ޢަލީ

 

ދިރިއުޅުމާއި އޭގެ ހަލަބޮލި ރާޅުތަކުގެ ތެރޭގައި، ގިނަ ބަޔަކު ބައެއް އަޅުކަންތަކަށް ފަރުވާކުޑަވެގެންދެއެވެ. އަދި އަނެއް ބަޔަކު މާތްالله އާއި ކުއްތަންވެވޭނެ ބައެއް ހެޔޮ އަމަލުތައް ކުރުމުގައި ލަސްވެގެންދެއެވެ. ނަމަވެސް މުއުމިނުންގެ ޙަޔާތުގައި މާތްالله ގެ ޙަޟްރަތައް އަބަދުވެސް ރުޖޫޢަވެ، ހެޔޮ ޢަމަލުކުރުން މަތީގައި ދެމިތިބެއެވެ. އަދި މި ޢަމަލުތަކަކީ މުސްލިމުންނަށް މާތްالله ލާޒިމުކުރައްވާފައިވާ ޢަމަލުތަކެކެވެ. 

އެހެންކަމުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ކޮންމެ ދުވަހަކުވެސް އާދަކޮށް ކުރެވިދާނެ ބައެއް ހެޔޮ ޢަމަލުތަކެވެ. 

·  ރަވާތިބު ސުންނަތުގެ ބާރަ ރަކުޢަތް ކުރުން: 

ރަވާތިބު ސުންނަތްތަކުގެ ޢަދަދަކީ ބާރައެވެ. އެއީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި، މެންދުރު ނަމާދުގެ ފަހުން ކުރާ ދެރަކުޢަތާއި، މަޣްރިބު ނަމާދުގެ ފަހުން ކުރާ ދެރަކުޢަތާއި، ޢިޝާ ނަމާދުގެ ފަހުން ކުރާ ދެރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ކުރާ ދެރަކުޢަތެވެ. 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޡުކުރައްވާފައިވެއެވެ. 

(مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ).

މާނައީ: "ރެއަކާ"

شرح حديث بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ (islamweb.org) 

· ދަމުނަމާދު ކުރުން: 

ދަމުނަމާދަކީ ޢިޝާނަމާދުން އަވަދިވެގެން ކިތަންމެ ކުޑައިރުކޮޅަކު ނަމަވެސް ނިދައިލުމަށްފަހު ތެދުވެ ކުރާ ދެރަކުޢަތުގެ ނަމާދެކެވެ. އެންމެ މަދު މިންވަރަކީ ދެރަކުޢަތެވެ. ހަތަރު ރަކުޢަތް ނުވަތަ ހަ ރަކުޢަތް ނުވަތަ އަށް ރަކުޢަތްވެސް ކުރެވިދާނެއެވެ. އެމީހަކަށް ދަތިކަމަކާއި ނުލައި ދެމިހުރެވޭ އަދަދެއްގައި ހިފުމަކީ އެއްމެ ރަނގަޅު ގޮތެކެވެ. 

ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 17 އަދި 18 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾‏ 

މާނައީ: "އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ." 

މީގެ އިތުރުން ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ. 

)صَلاَةُ اللَّيْلِ مَثْنَى مَثْنَى، فَإِذَا خَشِيَ أَحَدُكُمُ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى ( رواه البخاري (990) ومسلم (749). 

މާނައަކީ: ” ރޭއަޅުކަން ވަނީ ދެރަކުޢަތުން ދެރަކުޢަތުން ނެވެ. (ދެރަކުޢަތް ކޮށްފައި ސަލާންދީފައި އަނެއްކާ ދެރަކުޢަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުޢަތް ކުރާށެވެ!"

قيام الليل بأربع ركعات متصلة وبتشهدين - الإسلام سؤال وجواب (islamqa.info) 

·  ޟުޙާ ނަމާދުކުރުން: 

ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم އެނަމާދު ކުރައްވާފައިވެއެވެ. އެނަމާދުގެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. 

ޞަޙީޙު މުސްލިމް އާއި ޞަޙީޙު ބުޚާރީގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. 

عن أبي هريرة رضي الله عنه قال: «أوصاني خليلي صلى الله عليه وسلم بثلاث: صيام ثَلاثَةِ أَيَّامٍ من كل شهر، وَرَكْعَتَيِ الضُّحَى، وأن أُوتِرَ قبل أن أنام»

މާނައީ: "ތިމަންކަލޭގެފާނުގެ ޚަލީލު ތިމަންކަލޭގެފާނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެ ރަކުޢަތް ކުރުމާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ." 

شرح وترجمة حديث: أوصاني خليلي صلى الله عليه وسلم بثلاث: صيام ثلاثة أيام من كل شهر، وركعتي الضحى، وأن أوتر قبل أن أنام - موسوعة الأحاديث النبوية (hadeethenc.com) 

· ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން: 

ހެނދުނާއި ހަވީރުގެ ޛިކުރުތައް ކީޔާ މީހުންނަށް މަތިވެރިވެގެންވާ އަޖުރާއި ދަރުމަ ލައްވައެވެ. ފާފަތަށް ފުއްސަވާ ދެއްވައެވެ.

ﷲ ތަޢާލާ އަޙްޒާބު ސޫރަތުގެ 41 އަދި 42 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެެއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا ﴿٤١﴾‏ وَسَبِّحُوهُ بُكْرَةً وَأَصِيلًا ﴿٤٢﴾‏ 

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! (41) އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ!" 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޡުކުރައްވާފައިވެއެވެ. 

عَنْ أَبِي سَعِيدٍ قَالَ: " كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَعَوَّذُ مِنَ الجَانِّ وَعَيْنِ الإِنْسَانِ حَتَّى نَزَلَتِ المُعَوِّذَتَانِ فَلَمَّا نَزَلَتَا أَخَذَ بِهِمَا وَتَرَكَ مَا سِوَاهُمَا " وصححه الألباني في "صحيح الترمذي" 

އަބޫ ސަޢީދުލް ޚުޟްރީގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގެ މާނާގައި ވެއެވެ. "(ﷲ ޞުބުޙާނަހޫ ވަތަޢާލާ،) މުޢައްވިޛަތައިން (سورة الفلق އަދި سورة الناس) ބާވައިލެއްވުމަށް ދާންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޖިންނި އާއި އެސްފީނާއިން ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިވަޑައިގެން (އެހެނިހެން) ދުޢާ ކުރެއްވިއެވެ. މުޢައްވިޛަތައިން ބާވައިލެއްވުމާއެކު، އެކަލޭގެފާނު، (އެކަންކަމަށް) މުޢައްވިޛަތައިން ކިޔުއްވައި ރުޤްޔާ ކުރައްވަތެވެ. އަދި ކުރިން ކިޔުއްވި ތަކެތި ކިޔުއްވުން ހުއްޓާލެއްވިއެވެ". 

هل اكتفى النبي صلى الله عليه وسلم في التعوذ بالمعوذتين بعد نزولهما ، وترك ما سواهما ؟ - الإسلام سؤال وجواب (islamqa.info)

މިއަދު އޮންލައިން