ލޯބިވެރިޔާއަށް އަގުބޮޑު ހާރެއް ގެންގޮސްދިނީމަ ރަތްކާޑުދައްކައި ބޭރުކުރި ސަބަބު! ކައިވެނިކުރުމުގަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ލޯބިވެރިޔާއަށް އަގުބޮޑު ހާރެއް ގެންގޮސްދިނީމަ ރަތްކާޑުދައްކައި ބޭރުކުރި ސަބަބު! ކައިވެނިކުރުމުގަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް!

އަންހެނަކަސް ފިރިހެނަކަސް މިކަމުގައި އެއްވެސް ތަފާތެއް ނެތެވެ. ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް އަދި ބޮޑުކަމެއްގައި ނަމަވެސް ދޮގުހަދާ މީހަކާ ކައިވެނިކޮށްގެން ލިބޭނެ އުފަލެއް ނުއޮންނާނެއެވެ. އަބަދުވެސް އުޅެންޖެހޭނީ މައްސަލަތަކުގެ ތެރޭގައެވެ. މައްސަލަތައް ޙައްލުނުކުރެވިގެންނެވެ. ހުންނަންޖެހޭނީ އަވާމެންދުރެއްގައެވެ. 

ލޯބިވެގެން އުޅޭއިރު ދޮގުހަދާ މީހަކު ކައިވެނިކުރުމަށްފަހުގައިވެސް ދޮގުހަދާނެއެވެ. ކޮންމެ ކަމެއްގައިވެސް ދޮގުހަދާނެއެވެ. އެއީ ދޮގުހަދަން ފެށުމުން ކަށީގައި އެކަން ހަރުލާތީއެވެ. ދޮގުހެދުން ގިނަވުމުން އެމީހަކީ ދޮގުވެރިއެއް ކަމުގެ ސިއްކަ ޖައްސަވާތީއެވެ. 

ގިނަފަހަރަށް މެދުވެރިވާ ގޮތަކީ ލޯބިވެގެންއުޅޭއިރު އަނެކާ ހަދާ ދޮގުތަކަށް ސަމާލުކަން ނުދެވެނީއެވެ. ދޮގުހަދާކަން އެނގުނަސް މާބޮޑުކަމަކަށް އެކަން ނުހަދަނީއެވެ. އެކަމުގެ ހުރި ނުބައިކަން ވިސްނެނީ ކައިވެނިކޮށް އެކުގައި އުޅެންފެށުމުންނެވެ. 

ކުޑަޙާދިސާއެއްވެސް ކިޔައިދޭނަމެވެ. ވަރަށް ލޯބިވެގެން އުޅުނު ދެމީހުންނެވެ. ކައިވެނިކުރަން އޮތީ ވަރަށް ގާތްވެފައެވެ. އަންހެން ކުއްޖާގެ އުފަންދުވަހުގެ ހަދިޔާއަކަށް އަގުބޮޑު ހާރެއް ގެންގޮސްދީފައި ބުނީ އެއީ އޭނާ ރައްކާކޮށްފައި ހުރި ފައިސާއަށް ގަތް ހާރެއް ކަމަށެވެ. ޙަޤީޤަތަކީ އެހާރަކީ އަންހެންކުއްޖާގެ ގާތް އެކުވެރިއެއްގެ ފިހާރައިން އެދުވަހު ދަރަންޏަށް ހޯދި ހާރެއްކަމެވެ. އެހާރު ދަރަންޏަށް ހޯދިކަން އަންހެންކުއްޖާއަށް އޮތީ އެނގިފައެވެ. 

އަންހެން ކުއްޖާގެ ޖަވާބަކަށްވީ ތިއަހެދީ ބޮޑު ދޮގެކެވެ. މިއީ ތިބާ ދަރަންޏަށް ހޯދި ހާރެކެވެ. ހާރު ބޭނުމެއް ނޫނެވެ. ކަލެއާއި ކައިވެނިކުރާކަށްވެސް ބޭނުމެއް ނޫނެވެ. ކައިވެންޏަށްފަހު ހަދާނީ ކިހައި ބޮޑެތި ދޮގުތަކެއްކަމެއް ނުވެސް އެނގެއެވެ. 

މިހާދިސާގައި އަންހެންކުއްޖާ ޢަމަލުއެކުރީ ޢަމަލުކުރަންޖެހޭނެ ގޮތަށެވެ. އެޙާލަތުގައި ބަލަންޖެހޭނީ ލިބެން އޮތް ހާރުގެ އަގަކަށް ނޫނެވެ. އޭނާ ހެދި ދޮގަށެވެ. ދޮގުހަދާ މީހަކާ ކައިވެނިކޮށްގެން ދިރިއުޅުމަކީ ފަޤީރު ޙާލުގައި އުޅެންޖެހުމަށްވުރެ މާބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަކަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން