ފުރާނައަށް އެންމެ ބޮޑަށް ފައިދާކުރާނެ ދުޢާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފުރާނައަށް އެންމެ ބޮޑަށް ފައިދާކުރާނެ ދުޢާ!: މުފްތީ މެންކް

ކޮންމެ މުސްލިމަކުވެސް ވަރަށް ފަރުވާތެރިކަމާއިއެކު ކޮންމެ ދުވަހަކުވެސް ކުރާ ދުޢާތަކެއްވެއެވެ. ތަނަވަސްކަމަށާއި ޞިއްޙަތަށާއި ދިރިއުޅުމުގެ ކާމިޔާބީއަށް އެދިގެން ކުރާ ދުޢާތަކެވެ. މިފަދަ ދުޢާތައްވެސް މުހިންމެވެ. ނަމަވެސް އެންމެ މުހިންމީ މިބުނި ކަންކަމަށް އެދިގެން ކުރާ ދުޢާއެއް ނޫނެވެ.  

ތިމާގެ ފުރާނައަށް އެންމެ މުހިންމީ، އެންމެ ބޮޑަށް ފައިދާކުރާނީ ދީނުގައި ޘާބިތުކަން ދެއްވެވުން އެދިގެން ކުރާ ދުޢާއިންނެވެ.  

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ 

މިދުޢާއިންނެވެ. ނިކަން ވިސްނައިލަބަލާށެވެ. އިއްޔެ ނަމާދުކޮށްފައި މިއަދު ނުކުރަނީ ކިތައް މީހުން ހެއްޔެވެ؟ އިއްޔެ ތަގްވާވެރިކޮށް އުޅެފައި މިއަދު ތަގްވާވެރިނޫނީ ކިތައް މީހުން ހެއްޔެވެ؟ އެމީހުންގެ ކިބައިގައި ތަނަވަސްކަންވެސް އެބަހުއްޓެވެ. ތިބީވެސް ރަނގަޅު ޞިއްޙަތެއްގައެވެ. ދިރިއުޅުންވެސް ދަނީ ކުރިއަރަމުންނެވެ. އެކަމަކު އެމީހުންނަށް އެކަމުން އޮތީ ކޮން އުފަލެއް ހެއްޔެވެ؟ އެއިން އެއްވެސް ކަމަކުން އެމީހަކަށް ސުވަރުގެ ވަދެވޭނެ ހެއްޔެވެ؟ ނަރަކައިން ސަލާމަތްވެވޭނެ ހެއްޔެވެ؟  

މިބުނެދިން ކަންކަމަށް ރަނގަޅަށް ވިސްނައިލުމުން ތިމާގެ ފުރާނައަށް އެންމެ ފައިދާކުރާނެ ދުޢާއަކީ އަހުރެން މިބުނި ދުޢާކަން އެނގޭނެއެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވެން އޮތީ ދީނުގައި ޘާބިތުވެހުރެގެން ކަމަށްވާތީއެވެ.

 

 -މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން