ފުރަތަމަ ވިސްނައިލާށެވެ! ހެޔޮލަފާ މީހުން އެމީހުންގެ އަނބިދަރިންނަށް އަދި ޢާއިލާގެ މީހުންނަށްވެސް އަދި ރަނގަޅު އެކުވެރިންނަށްޓަކައިވެސް ނުކުރާނެ ކަމެއް ނުބާއްވައެވެ. އެއީ ޚަރަދުކުރަންޖެހުން ނަމަވެސް އަދި ގޮވައިގެން ދުރު ދަތުރެއް ކުރަންޖެހުން ނަމަވެސްމެއެވެ.
ނަމަވެސް ﷲ ތަޢާލާއަށްޓަކައި ޞަދަޤާތެއްކޮށްލަން ޖެހުނަސް އެކަންވަނީ ވަރަށް ބޮޑު ކަމަކަށެވެ. ބުރއަކަށް ނުވާނީ ކޮންކަމެއް ހެއްޔެވެ؟ ކޮންމެހެން ކުރަންޖެހޭ ފަރުޟް ނަމާދުތައް ކުރުންވެސް މިއޮންނަނީ ބޮޑު ބުރައަކަށްވެފައެވެ.
މިހެން މިވަނީ ﷲ ތަޢާލާ ނުއެނގޭތީއެވެ. އެއިގެ މާނައަކީ މާތް ﷲ ނުއެނގުމެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ތިމާއަށް ލިބެމުން އަންނަ ނިޢުމަތްތަކާއި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ކުރާނެ ބޮޑު ފައިދާ ނުއެނގޭތީއެވެ. އެނގުނަސް ސަމާލުކަން ނުދެވޭތީއެވެ.
ދުނިޔޭގެ ޙަޔާތަށް ބެލިނަމަވެސް އެއްވެސް ކަމެއް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާ އެކަމެއް މިންވަރުކުރެއްވެވުމުންނެވެ. އަދި އާޚިރަތް ދުވަހު ނަރަކައިން މިންޖުވެވޭނީވެސް ސުވަރުގެ ވަދެވޭނީވެސް ހަމަ ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ.
ހިތާމައަކީ މިކަންކަން ޤަބޫލުނުކުރެވޭ ކަމެވެ. ޤަބޫލުކުރާކަމަސް ބުނިނަމަވެސް ޢަމަލުނުކުރެވޭ ކަމެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާ ދެނެގަތުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ދެދުނިޔޭގެ ކާމިޔާބީވެސް ގުޅ:ިފައިވަނީ ހަމައެކަމާއިއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން