ކައްވަޅުގަ ގަދަފަދަ ޢަޛާބް ދެއްވަވާނީ ކޮންކަމަކުން ކަމެއް ނުއެނގޭނެ! ނިކަން މިޙަޤީޤީ ޙާދިސާ ކިޔާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކައްވަޅުގަ ގަދަފަދަ ޢަޛާބް ދެއްވަވާނީ ކޮންކަމަކުން ކަމެއް ނުއެނގޭނެ! ނިކަން މިޙަޤީޤީ ޙާދިސާ ކިޔާލަބަލަ!

ގިނަ ބައަކު އެންމެ އެންމެ ބޮޑަށް ޣާފިލުވެގެން މިތިބީ ﷲ ތަޢާލާގެ ޢަޛާބަށެވެ. ނަރަކައިގެ ވާހަކަތައް ދެއްކުމުން ހިތަށް ޙަޤީޤީ ބިރުވެރިކަން ވަންނަނީ މަދުމީހެއްގެއެވެ. އެކަން އެނގެނީ ނަރަކައިން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ކުރާ މީހުން މަދުކަމުންނެވެ. ޚާއްޞަކޮށް ނަމާދުކުރާ މީހުން މަދުކަމުންނެވެ. ޖަމާޢަތުގެ ނަމާދަށް ފަރުވާތެރިވާ މީހުން މަދުކަމުންނެވެ. 

ކައްވަޅުގައި ދެއްވަވާ ޢަޛާބުގެ ވާހަކަތަކަށް ބިރުގަންނަ މީހުންގެ ޢަދަދު މާމަދެވެ. ގިން ބައައެއްގެ ޢަމަލުތައް ހުންނަ ގޮތުން ހީވަނީ ކައްވަޅުގައި ޢަޛާބު ލިބޭނެ ކަމަށް ޤަބޫލުވެސް ނުކުރާހެންނެވެ. އެހެންވެ މިގެނެސްދެނީ ވިސްނަވައިލެއްވުން މުހިންމު ލިޔުމެކެވެ. ޙަޤީޤީ ޙާދިސާއެކެވެ. 

މިޒަމާނުގެ ގިނަ މީހުން މިފަދަ ވާހަކަތައް ޤަބޫލެއްވެސް ނުކުރާނެއެވެ. ޤަބޫލުކުރާ މީހުންވެސް ބުނާނީ އެއީ އެޒަމާނުގައިވީކަންކަން ނަމަވެސް މިޒަމާނުގައި ތިއަ ބާވަތުގެ ކަންކަމެއް ނުފެންނާނެއެވެ. އެކަމަކު މިހާރުވެސް މިފަދަ ތަފާތު އެތައް ކަންތައްތަކެއް ފެނެއެވެ. ޤަބޫލުކުރަން އުނދަގޫވަނީއެވެ. ފެންކަންކަމާއި ފެންނަގޮތް ތަފާތުވީމައެވެ. 

ޢަބްދުﷲ އިބްން ޢުމަރު ކުރެއްވެވި ދަތުރުފުޅެއްގައި ރޭކުރައްވަވަން ގެއެއްގައި މަޑުކުރެއްވެވިއެވެ. ރޭގަނޑުވުމުން ގޭ ކައިރީގައި ހުރި މަހާނައަކުން ބިރުވެރި ގޮތަކަށް އަޑެއް އަންނަން ފެށިއެވެ. 

"ބޮއުލް ވަމާ ބައުލް، ޝަން ވަމާ ޝަން" (ކުޑަކަމުދާ އެއްޗެތީގެ ތިކިތައް، ކޮން ކުޑަކަމުދާ އެއްޗެތީގެ ތިކިތަކެއް؟ ލެދަރު ފެން ކޮތަޅު، ކޮން ލެދަރު ފެންކޮތަޅެއް؟) 

މިކަމާއިބެހޭ ގޮތުން ސުވާލުކުރެއްވެވުމުން ގޭގެ އަންހެން މީހާ ދެންނެވިއެވެ. 

އެއީ އަހަރެންގެ ފިރިމީހާގެ މަހާނައެވެ. މަރުވެ ވަޅުލެވުނުފަހުން ކޮންމެ ރެއަކު އެއަޑެއް އިވެއެވެ. އޭނާއަކީ ކުޑަކަމު ދިއުމުގަ ވަރަށް ފަރުވާކުޑަކުރި މީހެކެވެ. ކިތަންމެ ވަރަކަށް އާދޭސްކުރި ނަމަވެސް އަޑެއް ނުއަހާނެއެވެ. ކުޑަކަމުދާނީ ކޮޅަށް ހުރެއެވެ. ގައަށް ބުރާ ގޮތަށެވެ. 

އެތަން ބަލަން ކެތް ނުކުރެވިގެން "ޖަމަލުވެސް ގައަށް ބުރާ ގޮތަށް ކުޑަކަމު ނުދާނެ" ކަމަށް ބުނީމާ ބުނާނެއެވެ. "ތިއައީ (އަނބިމީހާއަކީ) އަދި މާނުބައި ޖަނަވާރެކެވެ!" 

ފެންކޮތަޅުގެ ކަންތައްވީ މިފަދައިންނެވެ. 

އެއްދުވަހަކު ފެންބޮވައިގަނެ ކަޅިހުއްޓިފައި ހުރެގެން މީހަކު އައިސް ދޮރުމައްޗަށް އަރައި ފެންފޮދަކަށް އެދުމުން އެލުވާފައި އޮތް ލެދަރުންހަދާފައިވާ ފެންއަޅާ ކޮތަޅެއް (ދަބަހެއް) ދައްކާފައި ބުންޏެވެ. "އެހަމުގައި ފުރެންދެން ފެން ހުންނާނެއެވެ." 

ދެން އޭނާ ހަންނަގައި ބެލިއިރު އެންމެ ފެންފޮދެއްވެސް ނެތެވެ. އެކަމުން ލިބުނު ސިހުމުގައި އޭނާ މަރުވެގެން ބިންމައްޗަށް ވއްޓުނީއެވެ. ފެންހަމުގެ ވާހަކައަކަށް އެގޮވަނީ އެވާހަކައެވެ. 

ޢަބްދިﷲ އިބްން ޢުމަރު މަދީނާއަށް އެނބުރި ވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މިވާހަކަ ބަޔާންކުރައްވަވައިދެއްވެވުމުން ޞަޙާބީން ގިނިކަންޏާ ދަތުރުފުޅުކުރެއްވެވުން މަނާކުރެއްވެވިއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން