ފަތިހު ތެދުވެ ކަމެއްކުރުމުގެ ވާހަކަ ދައްކާނަމަ ފުރަތަމަ ދައްކަންޖެހޭނެ ވާހަކައަކީ ފަތިސްނަމާދުކުރުމުގެ ވާހަކައެވެ. އެހެންވެ ފުރަތަމަ ކަމަކަށް މިހަނދާންކޮށްދެނީ ފަތިހު ތެދުވެ ކުރާ ފުރަތަމަ ކަމަކީ ފަތިސްނަމާދުކުރުން ކަމަށް ހެދުމަށެވެ. ދެން މިބުނަނީ އެއަށްފަހު ސަމާލުކަންޑދޭންވީ ކަންތަކެވެ.
އެގޮތުން ބުނެލަން މިއުޅެނީ ގިނަ އަނބިންނަށް އޮޅިފައި އޮންނަ ކަމެއްގެ ވާހަކައެވެ. އެއީ ކޮންމެ އަންތބަކަށްވެސް އޭނާގެ ފިރިމީހާއަށް ދޭންޖެހޭނެ އެންމެ އަގުބޮޑު ހަދިޔާގެ ވާހަކައެވެ. އެއީ ލޯތްބެއްވެސް ނޫނެވެ. ދަރިންނެއްވެސް ނޫނެވެ. ފައިސާއެއްވެސް ނޫނެވެ. ސުވާލަކީ އެހެންކަމަށްވާނަ އެއީ ދެން އެއްޗެއް ހެއްޔެވެ؟
ޖަވާބަކީ އަނބިމީހާއެވެ! މާނައަކީ އަނބިމިހާގެ ހަށިގަނޑެވެ. އަނބިމީހާގެ ހަށިގަނޑު ހަދިޔާކުރުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ނުއެނގޭނަމަ އަޑުއަހާށެވެ.
އެއީ އަމިއްލަ ހަށިގަނޑާއިމެދު ފަރުވާކުޑަނުކުރުމެވެ. ސަމާލުކަންދީގެން ބެލެހެއްޓުމެވެ. ކަސްރަތުކޮށް ދުޅަހެޔޮ ޞިއްހަތެއްގައި ހުންނަން މަސައްކަތްކުރުމެވެ.
ޢުމުރުނަ ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެކަންކަން އަންނާނެއެވެ. އެއީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް ހިތްވަރާއިއެކު މަސައްކަތްކުރެވިއްޖެނަމަ ހަށިގަނޑުގެ ދުޅަހެޔޮކަން ހިފެހެއްޓިދާނެއެވެ. އިން ޝާ ﷲ
ފިރިމީހާއަށް ހެނދުނުގެ ކޮފީ އާއި ނާސްތާ ދިނުން އެއީ މުހިންމުކަމެއްކަމަށް ދެކޭފަދައިން ހެނދުނު ކަސްރަތުކޮށްލުމަކީވެސް ހަމަ ފިރިމީހާއަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށް ދެކެންޖެހޭނެއެވެ.
އަދި މިބުނި ފަދައިން އަމިއްލަ ހަށިގަނޑާއިމެދު ރައްކައުތެރިވާންޖެހޭ ދެވަނަ ސަބަބެއްވެސް ބުނެލާނަމެވެ. އެއީ އެވަރުން އުޅެނިކޮށްވެސް އެކަނިވެރިވާން ޖެހިއްޖެނަމަ ދެކަނިވެރިވާން ފަށަންޖެހޭ ޙަޔާތް ފެށުމަށްވެސް ތިމާއަށް ދުލަހެޔޮ ޞިއްހަތަކަށް ބޭނުންވާތީއެވެ.
- އަލަފް / މިއަދުނޫހަށް