ކުރުސިކިޔޭވީމާ ހަމައެކަނި ޝައިޠޯނާގެ ކިބައިން ސަލާމަތްވެވޭނީއެއް ނޫން! ކުރާނެ ފައިދާތައް މާގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކުރުސިކިޔޭވީމާ ހަމައެކަނި ޝައިޠޯނާގެ ކިބައިން ސަލާމަތްވެވޭނީއެއް ނޫން! ކުރާނެ ފައިދާތައް މާގިނަ!

އާޔަތުލްކުރުސިއަކީ ކީރިތި ޤުރްޢާނުގައި އޮތް އެންމެ މަތިވެރިކަން ބޮޑު އާޔަތެވެ. ވީމާ އެއާޔަތް ކިޔަވާ މީހަކަށް ލިބެންހުރި ފައިދާތައް ވަރަށް ގިނަވާނެކަން ޤަބޫލުކުރާށެވެ.

ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައި ހިމަނައިގެން އާޔަތުލް ކުރުސި ކިޔެވުމަކީ އަހަރެމެން ކުރަމުން އަންނަކަމެކެވެ. ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ހަމައެކަނި ޝައިޠޯނާގެ ކިބައިން ސަލާމަތްވުމަށް ކުރާ ކަމެއް ކަމަށެވެ.

ނަމަވެސް އެކަމުގެ ފައިދާ އެއަށްވުރެ މާބޮޑެވެ! އެއީ ތިމާގެ ތަޤްވާވެރިކަންވެސް އިތުރުވާކަމެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވުންވެސް އިތުރުވާ ކަމެކެވެ. އަދި ހެޔޮ ޢަމަލުތައްކުރަންވެސް މަގުފަހިވާ ކަމެކެވެ.

ހަމައެކަނި މިގޮތަށް ވިސްނައިލާށެވެ! ތިބާއަށް ތަޤްވާވެރި ނުވެވެނީވެސް، ﷲ ތަޢާލާއަށް ބިރުވެތި ނުވެވެނީވެސް އަދި ހެޔޮ ޢަމަލުތައް ކުރަން ހުރަސް އެޅެނީވެސް ޝައިޠޯނާގެ ސަބަބުން ނޫންހެއްޔެވެ؟ ވީމާ ޝައިޠޯނާގެ ކިބައިން ސަލާމަތްވެވިއްޖެ ނަމަ ތިބާއަށް މިބުނި ކަންކަން ޙާޞިލުކުރެވޭނެ ނޫން ހެއްޔެވެ؟

ވީމާ ފަތިސްނަމާދަށްފަހުގައާއި ޢަޞްރު ނަމާދަށްފަހު 3 ފަހަރު އާޔަތުލްކުރުސި ކިޔަން ހަނދާން ނައްތައިނުލާށެވެ! އެކަމަށް ފަރުވާތެރިވާށެވެ! ޝައިޠޯނާގެ ކިބައިން ސަލާމަތްކަން ލިބި ރައްކައުތެރިކަން ލިބުމާއި އަދި މިބަޔާންކުރި ފައިދާތައްވެސް އެކަމުން ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން