އާދަވެގެން ކޮންމެ ދުވަހަކު ކުރާ އަޅުކަމުގެ ތެރޭގަ މިކަންކަންވެސް ހިމަނައިލަންވާނެ!

ކިޔުމަށް ހޭދަވާނީ 5މ 39ސ
އާދަވެގެން ކޮންމެ ދުވަހަކު ކުރާ އަޅުކަމުގެ ތެރޭގަ މިކަންކަންވެސް ހިމަނައިލަންވާނެ!

ޢާއިޝަތު ރަފާޙް ޢަލީ

 

· ޤުރްއާނުން މިންވަރެއް ކިޔެވުން:  

ކީރިތި ޤުރްއާން ކިޔެވުމުގެ ސަބަބުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ޡަވާބު ލިބެއެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމުގެ ސަބަބުން ހިތްތަކަށް ހިމަޖެހުން ލިބިގެންދެއެވެ.  

ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾‏

މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي (2910) وصححه الألباني في الصحيحة (3327)]

މާނައީ: "ﷲ ގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށްވެސް ހެޔޮކަމެއް ވެއެވެ. ކޮންމެ ހެޔޮކަމެއް އޭގެ ދިހަ ހެޔޮކަން ފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ޙަދީޘެއް ނުކުރައްވަމެވެ. އެހެނަސް އަލިފަކީ އަކުރެކެވެ. ލާމަކީވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ. (އެބަހީ: އެއީ ތިރީސް ހެޔޮކަމެވެ.)"

شرح وترجمة حديث: من قرأ حرفا من كتاب الله فله حسنة والحسنة بعشر أمثالها - موسوعة الأحاديث النبوية (hadeethenc.com)

· އެކަނި އިނދެ ﷲ ތަޢާލާގެ މަތީން ހަނދުމަކުރުން:

ﷲ ތަޢާލާގެ މަތީން ހަނދުމަކުރުމުން ހިތައް ހަމަޖެހުން ލިބިގެންދެއެވެ. މީގެ އިތުރުން އެއީ ނަރަކައިން ސަލާމަތް ކުރައްވާ ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ.

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ﴿١٥٢﴾‏

މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!"

· ޢާއިލާ މީހުންނާއި ގާތްތިމާގެ މީހުންގެ ޙާލުބެލުން:

ޢާއިލާ މީހުންނާއި ގާތްތިމާގެ މީހުންގެ ޙާލުއަޙްވާލު ބެލުމާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒްޤު އިތުރުވެގެންދާނެ ކަމެކެވެ.

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޡުކުރައްވާފައިވެއެވެ.

مَن أَحَبَّ أن يُبْسَطَ له في رزقِه ، وأن يُنْسَأَ له في أَثَرِهِ ، فَلْيَصِلْ رَحِمَه

މާނައީ: "އެމީހެއްގެ ރިޒުޤު އިތުރުވުމަށް އެދޭމީހާ އަދި އެމީހެއްގެ އުމުރު ދިގުވަން އެދޭ މީހާ ގާތް ތިމާގެ ކަމުގެ ގުޅުން ދަމަހަޢްޓާށެވެ."

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)

ﷲ ތަޢާލާ މުޙައްމަދު ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ ﴿٢٢﴾‏

މާނައީ: "ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި فساد ކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟"

މިއަދު އޮންލައިން