ތިމާއަށާ ހެޔޮއެދޭ އެންމެންނަށް އަދި އެންމެހައި މީސްތަކުންނަށްޓަކައި ކުރަން ފައިދާހުރި ދުޢާއެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިމާއަށާ ހެޔޮއެދޭ އެންމެންނަށް އަދި އެންމެހައި މީސްތަކުންނަށްޓަކައި ކުރަން ފައިދާހުރި ދުޢާއެއް!: މުފްތީ މެންކް

ޔާ ﷲ! ތިބާއަށް ބަންދުވެފައިވާ ދޮރުތައް ހުޅުއްވަވައި ދެއްވަވާނދޭވެ! ތިބާގެ ފާފަތައް ފިއްސަވައި ދެއްވަވާނދޭވެ!  

ޔާ ﷲ! ތިބާއަށް ޙަލާލް ރިޒުޤް އިތުރުކޮށްދެއްވަވާނދޭވެ! ފުރިހަމަ ޞިއްޙަތެއް ދެއްވަވާނދޭވެ! ކުރިމަތިވެފައިވާ މައްސަލަތަކުން ސަލާމަތްކޮށްދެއްވަވައި ސިކުނޑިއަށް ހަމަޖެހުން ދެއްވަވާނދޭވެ! ހިތަށް ތަޤްވާވެރިކަން އިތުރުކޮށްދެއްވަވާނދޭވެ!  

ޔާ ﷲ! ތިބާއަށް ހިތްދަތކަމެއް ކުރިމަތިވެފައިވާނަމަ އެކަމަކުން މިންޖުކޮށްދެއްވަވާނދޭވެ! މަގުއޮޅިފައިވާނަމަ ތެދުމަގު ދައްކަވާނދޭވެ! ތިބާގެ ލޮލުން އޮހޮރާ ކޮންމެ ކުރުނަ ތިއްކަކަށް ބޮޑު ރަޙްމަތެއް ލައްވަވާނދޭވެ! ތިބާ ކުރާ ދުޢާ ޢިޖާބަކުރައްވަވާނދޭވެ!  

ޔާ ﷲ! ނުބައި އެންމެހައި ކަމަކުންނާއި ޝައިޠޯނާގެ ނުބައިކަމުން ތިބާސަލާމަތްކޮށްދެއްވަވާނދޭވެ! ތިބާގެ އީމާންކަން ވަރުގަދަކޮށްދެއްވަވާނދޭވެ!  

ޔާ ﷲ! އަޅަމެން އެންމެންގެ ހިތްތައް ޠޯހިރުކޮށްދެއްވަވާނދޭވެ! އަދި އަޅަމެންނަށް ޖަންނަތުލް ފިރުދައުސް މިންވަރުކުރައްވަވާނދޭވެ! އާމީން  

މިދުޢާއަކީ އެންމެންނަށް ހަދިޔާއެއްގެ ގޮތުގައި މުފްތީ މެންކް ޢާންމުކުރައްވަވާފައިވާ ދުޢާއެކެވެ. މިދުއާ ތިމާއަށް އެކަނި ކުރަން ކުރަން ބޭނުންނަމަ "ތިބާއަށް" ހުރި ތަންތަން "މިއަޅާއަށް" ބަދަލުކޮށްލައިގެން ކުރާށެވެ!  

އެންމެ ފައިދާހުރި ގޮތަކީ ވީހާ ގިނަބައަކަށް ކުރުމެވެ. އެގޮތަށް ކުރާނަމަ "އަޅަމެންނަށް" ބަދަލުކޮށްލައިގެން ކުރާށެވެ!  

ޔާ އަޅަމެން އެންމެން ކުރާ ހުރިހާ ދުޢާތަކެއްވެސް ޢިޖާބަކޮސްދެއްވަވާނދޭވެ! އާމީން

މިއަދު އޮންލައިން