ތިމާއަށް ލިބޭނެ އަދި އެހެން މީހަކަށް ދެވޭނެ އެންމެ އަގުބޮޑުހަދިޔާއަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިމާއަށް ލިބޭނެ އަދި އެހެން މީހަކަށް ދެވޭނެ އެންމެ އަގުބޮޑުހަދިޔާއަކީ ކޮބައިކަން އެނގޭތަ؟

އަހުރެންނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީވެސް އަހުރެންނަށް މީހަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީވެސް އެއް ހަދިޔާއކެވެ. އެއީ އިސްލާމްކަމެވެ. އިސްލާމް ދީނުގައި ޘާބިތުވެ ހުރެވުމާއި އެހެން މީހުންނަށް ހިތްވަރުދީ ދީނަށް ޢަމަލުކުރަން ބާރުއެޅުމެވެ. ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ. 

މީހަކަށް މިލިއަނުން، ބިލިއަނުން ޑޮލަރު ދިނަސް، ކިތަންމެ ބައިވަރު، ކިތަންމެ އަގުބޮޑު ގެދޮރު ދިނަސް ކިތަންމެ އަގުބޮޑު ކާރުތަކެއް ދިނަސް މިހެންގޮސް ކިތަންމެ ބައިވަރެއް ދިނަސް ނުވަތަ ލިބުނަސް އެއިން ފައިދާ ކުރާނީ ހަމައެކަނި މިދުނިޔޭގައެވެ. އާޚިރަތް ދުވަހު (ﷲ ގެ މަގުގަ ހޭދަކުރެވުނު ވަރަކުން މެނުވީ) އެއިން ފައިދާއެއް ނުކުރާނެއެވެ. 

އެހެނަސް މީހަކު އިސްލާމް ކުރުވިއްޖެނަމަ، ދީނަށް އަމަލުކުރުމުގައި ބަލިކަށިވަމުން އަންނަ މީހަކު އިޞްލާޙްކުރުވިއްޖެނަމަ ނުވަތަ އެނޫންވެސް ގޮތަކުން ދީނަށް ނަޞްރު ދެވިއްޖެނަމަ، ނުވަތަ ދީނަށް ޢަމަލުކުރުމުގައި ތިމާއަށް ކުރިއަރައިދެވިއްޖެނަމަ އެކަމުން ޤިޔާމަތް ދުވަހު ކުރާނެ ފައިދާ ވަރަށް ބޮޑުވާނެއެވެ. އެކަމުގެ ސަބަބުން ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ 

ވީމާ ކާފިރަކާއި ވާހަކަދައްކަން ފުރުޞަތު ލިބިއްޖެނަމަ ވިސްނުންތެރިކަމާއިއެކު ދީނަށް ދަޢުމަތުދޭށެވެ. ގާތް އެކުވެރިންނާއި ނުވަތަ އެނޫންވެސް މުސްލިމަކާއި ވާހަކަދައްކާނަމަ ދީނުގައި އިތުރަށް ކުރިއަރައިދިއުމަށް ހިތްވަރުދީ ވާގިވެރިވާށެވެ. 

ވިސްނައިލާށެވެ! ދުނިޔޭގައި ލިބޭ ތަނަވަސްކަމަކީ އެއިން އެމީހަކު ކުރިއާލައި ވިސްނައިގެން އާޚިރަތަށް ގެންދިއަ ބައެއް ނޫނީ ދުނިޔެއަށް ދޫކޮށްލާފައި ދާންޖެހޭނެ އެއްޗެކެވެ. އެހިސާބުން އެކަން ނިމިގެންދިއައީއެވެ. މީޒާނުގައި ކިރާލަންވެސް ނުލިބޭނެއެވެ. ވީމާ ދުނިޔޭގެ ތަނަވަސްކަމަށް އެދިގެން އާޚިރަތާއިމެދު ޣާފިލުވާން ހެޔޮނުވާނެއެވެ. އަހުރެންގެ އާދޭހަކީ ކިތަންމެ ދަތި ޙާލުގައި ދުނިޔޭގައި އޅެންޖެހުނަސް މީޒާނުގައި ހެޔޮކަމުގެ ކޮޅަށް ބުރަވާނެ ވީހައި ގިނަ ޢަމަލުތައް ކުރަން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން