ނަމާދުކުރާ މީހަކަށް ލިބޭނެ ފައިދާތަކުގެ ތެރެއިން ތިން ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ނަމާދުކުރާ މީހަކަށް ލިބޭނެ ފައިދާތަކުގެ ތެރެއިން ތިން ފައިދާ-

މިއަދު ގިނަ ބައަކު ބުނާ އެއްވާހަކައަކީ މިވެނި އެވެނި މީހަކު ނަމާދުކުރެއެވެ. އެމީހުންގެ ކިބައަކުން ތަޤްވާވެރިކަމެއް ނުފެނެއެވެ. ކޮށްގެން ނުވާނެ ކަންކަން ކުރެއެވެ. އަނބިދަރިންނަށް އަޅައެއް ނުލައެވެ. މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އެހީތެރިއެއް ނުވެއެވެ.  

މިކަން ދިމާވާ ސަބަބާއިމެދު ވިސްނައިލާއިރު ނަމާދުކުރިނަމަވެސް އެކަމުގެ ފައިދާ އެމީހަކަށް ކުރާމިންވަރާއިމެދު ކަންބޮޑުވާންޖެހެއެވެ. ނަމާދުކުރަނީ ކުރާހިތުންތޯ އަދި ނަމާދަށް ދޭންޖެހޭ ސަމާލުކަން ދީގެން ކަމާއިމެދު ވިސްނާލަން ޖެހެއެވެ.  

އަބުލް ޢާލިޔާގެ ބަސްފުޅެއްގައިވެއެވެ. 

ނަމާދުގައި ތިން ކަމެއްވެއެވެ!:  

1އިޚްލާޞްތެރިކަން 2ބިރުވެތިވުން 3ޤުރުއާންކިޔެވުން.

އިޚްލާސްތެރިކަން އަޅާއަށް ހެޔޮކަންކަމަށް އަމުރުކުރާނެއެވެ

އަށް ބިރުވެތިވުމުން ނުބައިކަންތަކަށް އަރައިގަތުން ނަހީކުރާނެއެވެ

ކީރިތި ޤުރުއާން އަޅާއަށް އަމުރުތަކާއި ނަހީތައްކުރާނެއެވެ!

 

- ޝައިޚް އަޙްމަދު ރިމާޒް/ އަބުލް ޢާލިޔާގެ ބަސްފުޅެއް

މިއަދު އޮންލައިން