ރޯގާއާއި ކެއްސުން ގިނަވެ ކޮންމެ ގެއަކުހެން އެކަމުގެ އުނދަގޫވާ އެތައް ބައަކު އެބައުޅެއެވެ. އެހެންކަމުން ކިޔުންތެރިންނަށް މި ޖޫސް މަތިން ހަނދާންކޮށްލައިދެމެވެ. މިއީ ގިނަ ބައަކު ތަޖުރިބާވެސް ކޮށްފައިވާ ޖޫހެކެވެ.
ޖޫސް ހަދަން ބޭނުންވާނެ ތަކެތި:
5 ކެރެޓް، ހެޔޮވަރު ސައިޒުގެ ލުނބޮއެއް، 4 ސަމުސާ ގަނޑުބަޑުނުކުރާ މާމުއި، 4 އިނޗި ހުންނަވަރުގެ އިނގުރުކޮޅެއް،
ހަދާނެ ގޮތް:
ފުރަތަމަ މިކްސަރަކުން ގިރައި ކެރެޓުން ދިޔަފެލާށެވެ. ދިޔައިގެ ތެރެއަށް ލޮބޭފެލައި އަދި އިނގުރުކޮޅުގެ ދިޔައާއި މާމުއި އަޅައި އެއްކޮށްލާށެވެ.
ކޮންމެ ފަހަރަކު ތައްޔާރުނުކުރެވޭނެ ނަމަ ފްރިޖްގައި ބަހައްޓައިގެން ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބޭނުންކުރަންވާނީ ރަނގަޅަށް ފިނިކަނޑުވައިގެންނެވެ. ނޫންނަމަ މިކިޔައިދިން ނިޞްބަތުން ތަކެތި ބޭނުންކޮށްގެން އެފަހަރަކު ބޭނުންވާ ވަރަށް ތައްޔާރުކޮށްގެން ބޯށެވެ!
ޢަލާމާތްތައް އެކުގައި ފިލަންދެން ކޮންމެ ދުވަހަކުވެސް މަދުވެގެން 5 ސައިސަމުސާ ބޮމުން ގެންދާށެވެ!