ފުރަތަމަ ބަލައިލަންވީ އިންސާނާގެ ހިތް ނުފުރޭނެކަމަށް އޮތް ޙަދީޘްފުޅަށެވެ. ރަނުގެ ވާދީއެއް ދެއްވަވައިފިނަމަވެސް މަދުވެ ދެވަނަ ވާދީއަކަށް އެދޭނެކަމަށް އޮތް ބަސްފުޅަށެވެ. ހިތްހަމަޖެހުން ލިބިގަންނަން ބޭނުން މީހާ މިޙަދީޘް ބަސްފުޅަށް ޢަމަލުކުރަން ކިތަންމެ ވަރަކަށް ހަނދާންކޮށްދިނަސް ޢަމަލުކުރާ މީހުން މަދުވަނީ އެސަބަބަށްޓަކައެވެ.
ދައްކަން މިއުޅެނީ މިޙަދީޘްފުޅުގެ ވާހަކައެވެ.
"ތިބާއަށްވުރެ މަތީގައިވާ މީހުންނަށް ނުބަލާށެވެ! ތިބާއަށްވުރެ ދަށުގައިވާ މީހުންނަށް ބަލާށެވެ!" ވީމާ ތިމާއަށްވުރެ ތަނަވަހުގައި އުފަލުގައި އުޅޭ މީހުންނަށް ނުބަލައި ތިމާއަށްވުރެ ދެރަ ނިކަމެތި ޙާލުގައި އުޅޭ މީހުންނަށް ބަލާށެވެ!"
ތިމާއަށްވުރެ މަތީގައި ދިރިއުޅޭ މީހުންނަށް ބެލުމުން އިޙްޞާޞްވާނީ ތިމާގެ ހުރި ނިކަމެތިކަމެވެ. ތިާއަސްވުރެ ދަށުގައިވާ މީހުންނަށް ބެލުމުން ތިމާއަށް ދެއްވަވާފައިވާ މަތިވެރިކަން އިޙްޞާޞްކުރެވޭނެއެވެ!
Look at those below you (less fortunate than you), and don’t look at those above you, for this is better.” [Muslim]
ތިމާއަށްވުރެ މަތީގައިވާ މީހުންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެއެވެ. ތިމާއަށްވުރެ ފުދިގެން މާއުފަލުގައި ތިބޭ މީހުން ފެންނާނެތީއެވެ. މުސްލިމުންގެ ސިފައަކަށްވާންޖެހޭނީ ދެއްވެވި މިންވަރަށް ރުހި ފުދިގެންހުރުމެވެ. އިތުރަށް ހޯދަން މަސައްކަތްކުރާށެވެ! އިތުރަށް ދެއްވެވި ނަމަވެސް ދެއްވަވައިފިކަން އެނގޭނީ ވެސް (ޤބޫލުކުރެވޭނީވެސް) ދެއްވެވި މިންވަރަށް ޝުކުރުވެރިވެގެން ހުންނަ މީހަކަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން