ބައިވެރިޔާ ކުއްލިއަކަށް ބަދަލުވެ ކޫސަނި މައްސަލަތައް ގިނަކޮށް، އެކަންކަން ހޫނުކުރަން މަސައްކަތްކުރާނަމަ އެއީ ވަރަށް ބޮޑު ގޯހެއްގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ބައިވެރިޔާ ކުއްލިއަކަށް ބަދަލުވެ ކޫސަނި މައްސަލަތައް ގިނަކޮށް، އެކަންކަން ހޫނުކުރަން މަސައްކަތްކުރާނަމަ އެއީ ވަރަށް ބޮޑު ގޯހެއްގެ ޢަލާމާތެއް!

އެއީ އަނބިމީހާ ކަމަށްވީނަމަވެސް އަދި ފިރިމީހާކަމަށްވީނަމަވެސް ބައިވެރިޔާ ކޫސަނި މައްސަލަތައް ޖެއްސުން ގިނަކުރާނަމަ ވިސްނާލަން ޖެހޭނެއެވެ. އެކަންކަމަކީ ބޮޑު ކަމަކަށް ހަދަން މަސައްކަތްކުރާނަމަ ބޮޑަށް ވިސްނަން ޖެހޭނެއެވެ.  

ޢާންމުގޮތެއްގައި މިމައްސަލަ ކުރިމަތިވަނީ ވަކިވާންބޭނުންވުމުން އަނެކާ ރުޅިއަރުވާލައިގެން އޭނާ ފޫހިކުރުވަން ބޭނުންވުމުންނެވެ. އަދި ތިމާގެ ހިތުގައިވެސް ފޫހިކަން އުފައްދުވަން ބޭނުންވުމުންނެވެ.  

މިގޮތަށް ކަންކަންކުރާ ގިނަ މީހުންނަކީ އެއްފަހަރާ ދެމީހަކަށް ލޯބިދޭން އުނދަގޫވާ މީހުންނެވެ. ވީމާ އިތުރު މީހަކު ދެކެ ލޯބިވާން ބޭނުންވުމުން ބައިވެރިޔާ ދެކެ ފޫހިވާން ބޭނުންވަނީއެވެ. މީގެ އިތުރުން ބައިވެރިޔާއާއި ވަކިވާން ބޭނުންވުމުން ބައިވެރިޔާ ރުޅިއަރުވައި ފޫހިކުރުވައިގެން އޭނާލައްވައި އެގޯސް ހައްދުވަންވެސް އެގޮތަށް ކަންތައް ކުރެއެވެ.  

އަނެކާ ރުޅިގަދަކުރުވަން މަސައްކަތްކުރާ ސަބަބުތަކުގެ ތެރޭގައި ރުޅިއަރުވައިގެން ނުބައިބަސް ބުނުވުންވެސް ހިމެނެއެވެ. އެފަދަ ބަހެއް ބުނެވިއްޖެނަމަ ކަލޭ މިހެންވެސް ބުނީމެއް ނޫންހޭ ކިޔައިގެން މައްސަލަ އިތުރަށް ހޫނުކުރުވުމުގެ ބޭނުމުގައެވެ.  

ވީމާ ބައިވެރިޔާ ކުރިއާއި ޚިލާފަށް ގިނައިން ކޫސަނި މައްސަލަތައް ޖައްސައި އެކަންކަން ބޮޑުކަމަކަށް ހަދަން މަސައްކަތްކުރާނަމަ އެންމެ ރަނގަޅު ގޮތަކީ އޭނާގެ ޙަޤީޤަތް ބެލުމަށްޓަކައި ރައްދުނުދީ ކެތްތެރިވެލުމެވެ. އޭނާ ބޭނުންވެގެން އެއުޅޭ ފުރުޞަތު އޭނާއަށް ނުދިނުމެވެ. ނޫންނަމަ އަނެކާ ބޭނުންވި ފުރުޞަތު އޭނާއަށް ލިބުން އޮންނާނީ ދާދިގާތުގައެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން