ލޯބިވެރިޔާއަކީ ރަނގަޅު މީހަކުކަން ޔަޤީންކުރެވޭނީ ކިހާދުވަހަކު އެކުގަ އުޅުނީމަތޯ؟ ބައިވެރިއަކު ނިންމަންވާނީ ކިތައް މީހުންގެ ގޮތް ބަލާފައިތޯ؟
ސުވާލު ކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިއަ 2 ސުވާލަށް ޖަވާބު ހޯދާނެ ގޮތެއް ނުއެނގޭ ކަމަށެވެ. ލިބޭ ބައިވެރިޔާ ރަނގަޅު މީހަކަސްވުމާއި ނުވުން ގުޅިފައިވަނީ ތިއަ 2 ސުވާލާއިކަމަށްނުވާތީއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެއިރުން ކަމުގެ ޙަޤީޤަތް އޮތް ގޮތް އެނގިލައްވާނެއެވެ. އިން ޝާ ﷲ މިލިޔުމުގައި އެވަނީ ޑރ. ޒާކިރު ނައިކުގެ އަމިއްލަފުޅު ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ.
އަހަރެން ކައިވެނިކުރީ އުމުރުން 25 ވަރަކަށް އަހަރުގައެވެ. 2 އަހަރެއްހައި ދުވަސްވަންދެން އަހަރެން ކައިވެނިކުރާނެ އަންހެނަކު ހޯދުމުގެ ކަންކަން ކުރިއަށްދިއައެވެ. ފައިސާވެރިކަމަކަށް އެއްވެސް ވަރަކަށް ނުބަލަމެވެ. ބެލީ ކޮންމެވެސް ވަރެއްގެ ތައުލީމެއް ލިބިފައިވޭތޯ އާއި ދީންވެރިކަމަށެވެ.
އެ ދެއަހަރުގެ ތެރޭގައި އަހަރެމެންގެ ޘަޤާފަތުގެ ތެރެއިން ވަރަށް ގިނަ ޕްރަޕޯސަލްތައް ލިބުނެވެ. ނަމަވެސް އެއްވެސް އަންހެނަކު ދެކޭކަށް ނުދަމެވެ. އެކަން ޙަވާލުކުރީ އަހަރެންގެ ދައްތައާއިއެވެ. އޭނާއަށް ކަމުދާ އަންހެނަކު ބޮމްބޭއިން ނުފެނުމުން އަންހެނަކު ހޯދައިގެން ގެނައީ ޕޫނާއިންނެވެ. އަހަރެންނާއި ހަމައަށް ގެނައީ އޭނާ އެކަންޏެވެ. އަހަރެން މިހުރީ އޭނާ އާއި ކައިވެނިކޮށްގެންނެވެ. އަލްޙަމްދުލިﷲ. އަހަރެމެންގެ ކައިވެންޏަކީ އުފާވެރި ކައިވެންޏެކެވެ.
އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެބައޮތެވެ. ކަންކަން މިދަނީ އަހަރުން އަހަރަށް ބަދަލުވަމުންނެވެ. އަހަރެން ކައިވެނިކުރި ދުވަސްވަރާއި މިހާރުގެ ޙާލަތުވެސް މިވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ހޯދުމުގެ ބޭނުމުގައި އެއްވެސް އަންހެނަކު އުމުރުން 23 އަހަރަށްވުރެ ކައިވެނިކުރުން ލަސްނުކުރާށެވެ. ހިތް އެދޭފަދަ މީހަކު ނުލިބުނުނަމަ ލިބުނު މީހަކާއި ކައިވެނިކުރާށެވެ! އެންމެ މުހިންމީ ފާފަކުރުމުން ސަލާމަތްވެހުރުމެވެ.
މިހެން ބުނުމުން އަހަރެންގެ ފިރިހެންދަރިފުޅު އުމުރުން 26 އަހަރުވީއިރުވެސް ކައިވެނި ނުކޮށްހުރި ސަބަބާއިމެދު ސުވާލުކޮށްފާނެއެވެ. އަހަރެމެން މަސައްކަތްކުރަމުން ދިއައީ 23 އަހަރު ނުވަނީސް ކައިވެނިކުރުވުމަށެވެ. ނަމަވެސް ކަންތައްތައް ދިމާވިގޮތުން ޤައުމު ދޫކޮށް މިވަނީ ހިޖުރަކުރަންޖެހިފައެވެ. އެކަމުގެ ސަބަބުން ބަދަލުތަކެއް ގެންނަން ޖެހުނީއެވެ. ނަމަވެސް އިން ޝާ ﷲ މިއަހަރު ނިމުމުގެ ކުރިން ކައިވެނިކުރެވޭނެއެވެ. އެކަމަށް ދަނީ މަސައްކަތްކުރެވެމުންނެވެ.
އަންހެން ދަރިންގެ އުމުރުހަގެވެ. ނަމަވެސް މަސައްކަތްކުރަމުން މިގެންދަނީ ވީހައި އަވަހަކަށް ކައިވެނިކުރުވޭތޯއެވެ!
މިއީ ޑރ. ޒާކިރު ނައިކު މީގެ 2 އަހަރުކުރިން ދައްކަވާފައިވާ ވާހަކަފުޅެކެވެ.