އިމްތިޙާނުތައް ކުރިމަތި ނުކުރައްވަވާނަމަ ﷲ ތަޢާލާ ތިބާއަށް ދެއްވަވަން އޮތް ބޮޑު އިނާމު ލިބިގަނެވޭނެ ގޮތެއް ނެތްކަން ޔަޤީންކުރާ މީހާ އަބަދުވެސް ހުންނާނީ އުފަލުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އިމްތިޙާނުތައް ކުރިމަތި ނުކުރައްވަވާނަމަ ﷲ ތަޢާލާ ތިބާއަށް ދެއްވަވަން އޮތް ބޮޑު އިނާމު ލިބިގަނެވޭނެ ގޮތެއް ނެތްކަން ޔަޤީންކުރާ މީހާ އަބަދުވެސް ހުންނާނީ އުފަލުގަ!

މުޅި ދުނިޔެއަށް ބެލިނަމަވެސް ހިތާމައެއް ކުރަން ނުޖެހޭ ތަކްލީފެއް އުފުލަންޖެހިފައި ނުވާ މީހަކު ވަރަށް މަދުވާނެއެވެ. ސަތޭކައަކުން އެކެއް ނޫނެވެ. ހާހަކުން މީހަކުހައި މަދުވާނެއެވެ. އެހެންވެ ގިނަ ބައަކު ދިރިއުޅެމުން އަންނަނީ ހާސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައެވެ.  

އެހެންވެ މިކަމަށް ވަރަށް ބޮޑަށް ވިސްނީމެވެ. ދުނިޔޭގެ މިހައި ގިނަ ބައަކަށް މިހައި ބޮޑު ވޭނަކަށްވެފައިމިވާ މިޙާލަތުން އަރައިގަނެވޭނެ ގޮތަކާއިމެދު ވަރަށް ބޮޑަށް ވިސްނީމެވެ. ވިސްވިސްނުމުން ވިސްނުނީ ކޮންމެ ވޭނެއް، ކޮންމެ ހިތްދަތިކަމެއް  އެމީހަކާއި ސުވާލެއް ކުރާކަމެވެ. އަދި އެ ސުވާލަކީ "ކަލޭ ކުރިއަށްދާން ބޭނުންހެއްޔެވެ؟ ހިތްހަމަޖެހުމާ ތަނަވަސްކަން ބޭނުން ހެއްޔެވެ؟" 

ޙަޤީޤަތަކީ ކުރިމަތިވާ ކޮންމެ ތަކްލީފަކީވެސް އަދި ހިތްދަތިކަމަކީވެސް ކުރައްވަވާ އިމްތިޙާނެއް ކަމެވެ. އިމްތިހާނުން ދެއްވަވާނެ އަގުބޮޑު އިނާމުވެސް އިމްތިޙާނާއިއެކު ފޮނުއްވަވައެވެ. އެކަން އެނގިގެންދަނީ ކީރިތި ޤުރްއާނުންނެވެ. "ކޮންމެ ހިތްދަތިކަމަކާއިއެކު އުފާވެރިކަމެއް ވާނެ" ކަން އެނގެން އޮންނަ ބަސްފުޅުންނެވެ. 

"فَإِنَّ مَعَ ٱلۡعُسۡرِ یُسۡرًا" "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."   

ސުވާލަކީ އެ އިމްތިހާން ކުރިމަތި ނުކުރެއްވެވި ނަމަ އެއަގުހުރި އިނާމު އެމީހަކަށް ލިބޭނީ ކިހިނަކުންހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ކެތްތެރިކަމަށް ދެއްވަވާ އިނާމު މިދުނިޔޭގައި ދެއްވެވުމުގެ އިތުރުން އާޚިރަތް ދުވަހު މާބޮޑު އިނާމެއްގެ ގޮތުގައި ދެއްވަވަތެވެ. އިން ޝާ ﷲ  

ދުނިޔޭގައި ދިރިއުޅެމުން އަންނައިރު ކުރިން މިބަޔާންކުރިފަދައިން ހިތްދަތިކަމުގެ ޙާލަތެއް ނުވަތަ ބުރަ އުފުލަންޖެހޭ ފަދަ ޙާލަތެއް ކުރިމަތިކުރައްވަވައިފިނަމަ އެކަމަށް މާޔޫސްނުވާށެވެ. އެއީ ދިރިއުޅުމާއިގެން ކުރިއަސްދާން ތިމާއަށް ލިބުނު ފުރުޞަތެއް ކަމަށް ދެކެގެން އެކަންކަމުން އަރައިގަންނަން ކުރެވެންހުރި މަސައްކަތްކުރާށެވެ! މަގުފަހިކޮށްދެއްވަވާނެތެވެ! އަދި އިތުރު ކުރިއެރުންވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން