ހިތްދަތިވެ، ހާސްވެ، ކަންބޮޑުވާ ވަޤުތު ކުރާނެ ދުޢާއެއް ނުވިސްނިއްޖެނަމަވެސް ސަޖިދަކުރާށެވެ! ކުރަންވީ ދުޢާ ވިސްނޭނެއެވެ! އިން ޝާ ﷲ: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ހިތްދަތިވެ، ހާސްވެ، ކަންބޮޑުވާ ވަޤުތު ކުރާނެ ދުޢާއެއް ނުވިސްނިއްޖެނަމަވެސް ސަޖިދަކުރާށެވެ! ކުރަންވީ ދުޢާ ވިސްނޭނެއެވެ! އިން ޝާ ﷲ: ޢުމަރު ސުލައިމާން

ދުނިޔޭގެ އެންމެންނަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ދުޢާއަކީ ދުނިޔޭގައި އުޅުނު އެންމެހައި މީސްތަކުންނަށްޓަކައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވަވާނެ ދުޢާއެވެ! ދުވަސް ދިގުލައި ޙިސާބު ބެއްލެވުން ލަސްވެ މީސްތަކުންގެ ކަންބޮޑުވުން އިންތިހާއަށް ދިއުމުން މީސްތަކުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހުގައި އެދި ދެންނެވުމުން ކުރައްވަވާނެ ދުޢާއެވެ!  

އެދުޢާކުރައްވަވަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ މޫނުފުޅު ބިންމަތީގައި ޖައްސަވާއިރު (ސަޖިދަކުރައްވަވާއިރު) ކުރައްވަވަން ދުޢާ އެނގިވަޑައިނުގަންނަވާނެ ކަމަށް އެނގެން އެބައޮތެވެ. ކުރައްވަވާނެ ދުޢާ (އެވަޤުތު) އަންގަވައި ދެއްވަވާނީ ﷲ ތަޢާލާއެވެ.

އަހުރެން ބުނާނީ ކަންކަން ކުރިމަތިވެ ހާސްވެ ކަންބޮޑުވާ ވަޤުތު ކުރަންވީ ދުޢާ ނުއެނގުނަސް ﷲ ތަޢާލާއަށް ސަޖިދަކުރާށެވެ! އެތަން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ކުރަންވީ ދުޢާ އަންގަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

އެޙާލަތުގައި ސަޖިދަކުރުމުން އެމީހަކު ﷲ ތަޢާލާގެ ޙަޟްރަތަށް ބޭނުންވެގެން ހުރި މިންވަރު ހާމަވީއެވެ. ވީމާ އެޙާލަތުގައި ސަޖިދަކުރުމަކީވެސް ދުޢާއެކެވެ. އިން ޝާ ﷲ

 

- އިމާމް ޢުމަރު ސުލައިމާނުގެ ބަސްފުޅަކުން

މިއަދު އޮންލައިން