ޝަހާދަތް ކިޔައިގެން ތިބި ބައަކަށް ކާފިރުން ގެއްލުންދޭއިރު އެކަމަށް ރުހިގެން ތިބުމަކީ އުންމަތުގައި ފިތުނަ ބޮޑުވެގެންދާނެ ކަމެއް!: މުފްތީ މެންކް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޝަހާދަތް ކިޔައިގެން ތިބި ބައަކަށް ކާފިރުން ގެއްލުންދޭއިރު އެކަމަށް ރުހިގެން ތިބުމަކީ އުންމަތުގައި ފިތުނަ ބޮޑުވެގެންދާނެ ކަމެއް!: މުފްތީ މެންކް

މުސްލިމް ބައެއް ޤައުމުތަކަށް ކާފިރުން ގެއްލުން ދިނީމާ އެއީ އެމީހުންނަށް ލިބެން ޙައްޤު އަނިޔާއެއްކަމަށް ބައެއް މީހުން އެބަ ބުނެއެވެ. އަހުރެންގެ ސުވާލަކީ މާދަމާ ކާފިރުން އަހުރެމެންނަސް ގެއްލުންދިނީމާ އެހެން މީހުން އެބަސް އަހުރެމެންނަށް ބުނަން އަހުރެމެން ރުހޭނެ ހެއްޔެވެ؟ އެފަދަ ބަހެއް ބުނީމާ އަހުރެމެންގެ ހިތަށް އަސަރުނުކުރާނެ ހެއްޔެވެ؟ 

އެމީހުންގެ ތެރޭގައި މައްސަލަތަކެއް ހުރި ބައަކުވެސް އުޅެފާނެއެވެ. އެކަމަށް ނުބަލާށެވެ! ޔަޤީންކުރަންޖެހޭ ކަމަކީ ޝަހާދަތް ކިޔައިގެން ތިބި ބައަކީ ކާފިރުންކަމަށް ނުބުނެވޭނެ ކަމެވެ. އެއީ ދީން ހުއްދަކުރާ ކަމެއް ނޫނެވެ. 

ކާފިރުން ކާފިރުން ޙިމާޔަތްކުރާނެ ކަމާއި އެމީހުން ފަދައިން މުސްލިމުން މުސްލިމުން ޙިމާޔަތް ނުކުރާނަމަ އުންމަތުގައި ބޮޑެތި ފިތުނަތައް އުފެދިގެންދާނެކަން ޤުރްއާނުން އެނގެން އެބައޮތެވެ. ﷲ ތަޢާލާ އެފަދައިން ވަޙީކުރައްވަވާފައި އެވަނީ އުންމަތުގައި ޚިޔާލުްތްފާތުވެގެންދާނެކަން މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ. 

ޚިޔާލު ތަފާތަސް، ވިސްނުން ތަފާތަސް، ކުރާ ޢަމަލުތައް ތަފާތަސް ކާފިރުން މުސްލިމުންނަށް ގެއްލުންދޭނަމަ ކޮންމެ މުސްލިމަކުވެސް އެކަން ކުށްވެރިކުރަންވާނެއެވެ. އެކަމުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ. ގެންގުޅޭނަމަ ލިބޭނެ ދެރަ މާބޮޑުވާނެއެވެ. 

އަހުރެން ބުނާނީ ޢަދާވާތްތެރިންގެ ކުރިމަތީގައި މުސްލިމުން އެކަތިގަނޑަކަށްވާންޖެހޭނެ ކަމަށެވެ. އެއްބައަކަށް ލިބޭ އަނިޔާއާއި ދެކޮޅަށް އަނެއްބައަކު ތެދުވަންޖެހޭނެ ކަމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މުފްތީ މެންކް މިފަދައިން ވިދާޅުވެފައިވަނީ ޔަހޫދީން އީރާނަށާ ޣައްޒާއަށްދޭ ޙަމަލާތައް ދެނީ އެމީހުންނަށް ޙައްޤުވާތީކަމަށް ބައެއް މީހުން ބުނާބުނުން ކުށްވެރި ކުރައްވައި ދައްކަވާފައިވާ ވާހަކަފުޅެއްގައެވެ.

މިއަދު އޮންލައިން