ވަރުބަލިކަމާއެކު ނިދަން އޮށޯންނަން ޖެހުނަސް މި 5 ކަންތައް ނުކޮށް ނުނިދާށެވެ! ތިބާއަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
ވަރުބަލިކަމާއެކު ނިދަން އޮށޯންނަން ޖެހުނަސް މި 5 ކަންތައް ނުކޮށް ނުނިދާށެވެ! ތިބާއަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ

ނިދުމުގެ ކުރިން ކުރަން ހުރި ކަންކަން ގިނަ ބައަކަށް އެނގޭނެއެވެ. ނަމަވެސް ކަންނެތްވެވެނީއެވެ. ފަރުވާކުޑަކުރެވެނީ ކަންނެތްވެވޭތީއެވެ. ލުރަން އުޅޭ އިރަށް ހިތަށް އަރާނެއެވެ. "ދެން މިރެއަކު ނޫނެވެ! މާދަންރޭ ކުރާނީއެވެ." ޝައިޠޯނާ ދޭ މިވަސްވާސް ޤަބޫލުކޮށް ޢަމަލުވެސް ކުރެވެނީއެވެ.

މިހާރަކަށް އައިސް ގިނަ ބައަކު ނިދަން އޮށޯންނަނީ ވަރުބަލިކަންމަތީގައެވެ. ވަރުބަލިވެފައިތިބޭވަރުން ވުޟޫކޮށްލުންވެސް އޮންނަނީ ދަތިކަމަކަށްވެފައެވެ. އެއީ ކޮންމެވެސް ކަމެއްގައި އުޅެއުޅެ ވަރުބަލިވުމުން ނިދާތީއެވެ. ކުރާނެ މަސައްކަތެއް ނެތްނަމަ ޓީވީ ބެލުން ނުވަތަ ފޯނާއިކުޅުން ފަދަ ކަމެއްކޮށް ދެލޯ ވަރުބަލިކޮށްގެން ނިދާތީއެވެ.

ނިދީގެ ތަޢާރަފަކޫ ކުޑަމަރެވެ. ނިންޖަކީ ނުވަތަ ނިދުމަކީ މަރުވުން ފަދަ ކަމަކަށްވާތީއެވެ. ނިދާފައި އޮންނައިރު ތިމާގެ ވަށައިގެން ހިނގާ އެއްވެސް ކަމެއް އެމީހަކަށް ނުއެނގޭނެއެވެ. އެހެންވެ ނިދުމަކީ ކުޑަމަރުވުމެއްގެ ގޮތުގައިވެސް ބައެއް ޢިލްމުވެރިން ސިފަކުރައްވައެވެ. ނިދުމަކީ މިހައި މުހިންމު އަދި މިހައި ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް ނަމަވެސް އެކަން ވިސްނެނީ ވަރަށް މަދު މީހަކަށެވެ.

ނިދުމުގެ ކުރިން 5 ކަމެއް ކުރަމުން ދިއުމަކީ އެމީހަކާއި ﷲ ތައާލާ އާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަވިގެންދާ ކަމެކެވެ. ވީމާ ކޮންމެ މީހަކުވެސް ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން މި 4 ކަންތައް ފުރިހަމަކުރަން މަސައްކަތްކުރާށެވެ!

ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް ފުރިހަމައަށް އަދާކުރުމެވެ. މިސާލަކަށް ކިތަންމެ ބޮޑަށް ވަރުބަލިވެފައި ހުރި ނަމަވެސް ފަރުޟު ނަމާދެއް އަލައިގެންހުރެ ނުނިދާށެވެ! ފަހުން ހޭލައިގެން ކުރަން ޢިޝާ ނަމާދު ދޫކޮށްނުލާށެވެ! މިހެން މިބުނީ ނިދަންވާއިރު ދެން އޮތް 4 ނަމާދު ކުރެވިފައިވާނެ ކަމަށް ބަލައިގެންނެވެ!

ދެވަނަ ކަމަކީ އެއްވެސް މީހަކާއި އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާ ނަމަ އެކަމެއް ޙައްލުކޮށް ހިތްސާފުކުރުމެވެ. އެ މައްސަލައިގައި ކުށްވެރިވަނީ ތިބާ ނޫން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މަޝްވަރާކޮށް މައްސަލަ ހައްލުކުރާށެވެ! ޚާއްޞަގޮތެއްގައި ޢާއިލާގެ ތެރޭގައި މައްސަލައެއް ޖެހިފައިވާނަމަ އެކަމެއް ހައްލުކުރާށެވެ! ވަކިން ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިފައިވާނަމަ އެކަމެއް ކޮންމެހެންވެސް ޙައްލުކުރަންވާނެއެވެ.

3 ވަނަ ކަމަކީ ނިދަން އޮށޯތުމުގެ ކުރިން ފުރަތަމަ ތަނެއްގައި އިށީންނާށެވެ! ރަނގަޅީ މުސައްލަ މަތީގައި ނުވަތަ އެނޫންވެސް އެފަދަ މަޤާމެއްގައި އިށީނުމެވެ. އިށީނދެއިނދެ ތިމާއަށް ކުރެވިފައިވާ ފާފަތައް މަތިން ހަނދާންކުރާށެވެ. އަދި އެފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރާށެވެ! އެއްވެސް ފާފައެއް ކުރެވިފައިވާކަން ފާހަގަ ނުކުރެވުނު ނަމަވެސް ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރާށެވެ! އެހެނީ ނިދީގައި މަރުވެއްޖެނަމަ އެ ފުރުޞަތު ނުލިބޭނެތީއެވެ.

4 ވަނަ ކަމަކީ ނިދީން ނުހޭލެވިދާނެ ކަމަށް ބަލައި ކުރަން ޖެހޭ ވަޞިއްޔަތްތައް ފުރިހަމަކުރުމެވެ. ދަރިންނަށް އަންގަން ޖެހޭ ކަންކަން އަންގާފައި ނިދުމެވެ. އަނގައިން ބުނަން ބޭނުން ނުވާނަމަ ލިޔެފައި ނިދުމެވެ.

މިއީ ބައެއް މީހުން ސުވާލު އުފައްދާ ކަމެކެވެ. ނިދަން ތިއުޅެނީ ދެން ނުހޭލަންތޯ؟ ސުވާލުކުރެއެވެ. ނިދަނީ ހޭލުމަށް އުންމީދުކޮށްގެންނެވެ. ނަމަވެސް ނިދީން ހޭލެވޭނެ ކަމުގެ ޔަޤީންކަން އޮތީ ކާކަށް ހެއްޔެވެ؟ ވީމާ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ވަޞިއްޔަތްތައް ފުރިހަމަކުރާށެވެ! އެކަމުގެ މުހިންމުކަން އެންމެ ބޮޑުވާ ސަބަބަކީ ތިމާކުރަންޖެހޭ ވަޞިއްޔަތެއް އޮވެ، އެވަޞިއްޔަތް ނުކޮށް ހުއްޓައި މަރުވުމުން، އެކަން ދަރިންނަށް ނުއެނގުމުގެ ސަބަބުން ޤިޔާމަތް ދުވަހު މައްސަލަތަކެއް ކުރިމަތިވެދާނެއެވެ. ދަރިންނަށް އެނގިފައި އޮތުމުން އެކަން ފުރިހަމަ ކުރުމުގެ ފުރުޞަތު ދަރިންނަށް ލިބޭނެއެވެ.

މިބުނަނީ ކޮންމެ ރެއަކު ނިދުމުގެ ކުރިން ހުރިހާ ދަރިން އެއްކުރާ ވާހަކައެއް ނޫނެވެ. ނަމަވެސް ކުރަންޖެހޭ ވަޞިއްޔަތެއް އޮތް ނަމަ މާދަމާ ކުރަން ނުބާއްވައި ނިދުމުގެ ކުރިން ވަޞިއްޔަތް ކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ!

މިސާލަކަށް ކިތަންމެ ކުޑަ ނަމަވެސް ދަރަންޏެއް އޮއްވައި ނިދާނަމަ އެ ލިޔެ ދަރިންނަށް އެނގޭ ގޮތް ނުހަދާނަމަ އެދަރަނި އަދާކުރަން ދަރިން ތިބިނަމަވެސް އެކަން ކުރެވޭނީ ކިހިނަކުންހެއްޔެވެ؟ ޑައިރީ ލިޔުމުގެ ބޭނުމަކަށްވާންޖެހޭނީ ކުރެވުނު ފާފަތައް ލިޔެ ބައަކަށް އެންގުމެއް ނޫނެވެ. މިބުނި ފަދަ ކަންކަން ތިމާއަށް ފައިދާކުރާނެ ގޮތުގައި ޙައްލުކުރުމެވެ.

5 ވަނަ ކަމެއްގެ ގޮތުން ބުނެލަން އޮތީ ވުޟޫކޮށްގެން ނޫނީ ނުނިދާށެވެ! ނިދުމުގެކުރިން ވުޟޫކުރުމަކީ އެމީހަކު ނިދީން ހޭލެވެންދެން އެމީހާގެ ފާފަ ފުއްސަވައި ދެއްވެވުން އެދިވަޑައިގެން އެމީހަކަށްޓައި ހެޔޮ ދުޢާ ކުރައްވަވާނެ މަލާއިކަތު ލައްވަވާ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން