ކިތަންމެ ތަނަވަހަސް އަނބިމީހާގެ އިޙްޞާޞްތަކަށް އިޙްތިރާމް ނުކުރާނަމަ ހެޔޮލަފާ އަނބިންގެ ކެތްތެރިކަން ކޮޅުންލާނެ! ބޮލަށް އުނދަގޫ ނުކޮށް ތިބެނީ ރުހިގެނެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކިތަންމެ ތަނަވަހަސް އަނބިމީހާގެ އިޙްޞާޞްތަކަށް އިޙްތިރާމް ނުކުރާނަމަ ހެޔޮލަފާ އަނބިންގެ ކެތްތެރިކަން ކޮޅުންލާނެ! ބޮލަށް އުނދަގޫ ނުކޮށް ތިބެނީ ރުހިގެނެއް ނޫން!

ތަނަވަސްކަން ލިބިގެންވާ މީހުން ކައިވެނިކޮށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާގެ ކިބައިން އުންމީދުކުރި ކަންކަން ނުލިބިގެން ކަންބޮޑުވާންޖެހެއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ކައިވެނި ރޫޅާލަންވެސް އެބަޖެހެއެވެ.  

މިކަމުގެ ސަބަބުތަކަށް ބަލައިފިނަމަ އެނގިގެންދާ ވަރަށް ގިނަ ޙަޤީޤަތްތަކެއް ވެއެވެ. މިޘާލެއްގެ ގޮތުން ބުނެލާނަމެވެ.  

ފިރިމީހާއަކީ ކިތަންމެ ތަނަވަސް މީހަކު ނަމަވެސް ފިރިމީހާގެ ކިބައިން އަނބިމީހާ ބޭނުންވާނެ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެއެވެ. ލޯތްބާއި އަޅައިލުން ބޭނުންވާނެއެވެ. ވަޤުތުވެސް ބޭނުންވާނެއެވެ.  

ބައެއް ފިރިންނަށް ވާގޮތަކީ އޭނާ އުޅޭ ގޮތަށް އަޅާނުލައި، ކަންބޮޑުނުވެ އަނބިމީހާ ހުންނަނަމަ ބެލެވެނީ އެއީ އޭނާގެ ރަނގަޅުކަން ކަމަށެވެ. އެހެންވެ އެކަންކަމަށް ސަމާލުކަމެއް ނުދެއެވެ. ނުވެސް ވިސްނައެވެ. ކަންކަން ރަނގަޅުކުރާކަށް މަސައްކަތެއްވެސް ނުކުރެއެވެ.  

އެކަމަކު ބުނަންހެއްޔެވެ؟ ފިރިމީހާގެ އެބާވަތުގެ ކަންކަމާއި އެއްވެސް ވަރަކަށް ނުބެހޭނަމަ ކަންބޮޑުވުން ފައުޅުނުކުރާނަމަ އޭނާގެ ނިޔަތާއިމެދު ސުވާލު އުފެދެއެވެ. އޭނާ ފިރިމީހާ އާއިއެކުގައި ދިރިއުޅެނީ ލޯބިން ނޫންކަމަށްވެސް ވެދާނެއެވެ. ފިރިމީހާގެ ކިބައިން ލިބޭ ފައިދާތަކަކަށްޓަކައި ކަމަށްވެސް ވެދާނެއެވެ. ހަމަ އެއާއިއެކު ބައެއް އަނބިން ކެތްތެރިވަނީ ލޯބިނުވާތީއެއް ނޫނެވެ. ޝަކުވާކުރާތީ ދީފާނެ އަދަބަކަށް ބިރުންވެސް މަޑުން ތިބެއެވެ. ނަމަވެސް އެފަދަ އަނބިންގެ ކެތްތެރިކަން ކޮޅުންލާނެއެވެ.  

މުއްސަންޖެއް ފަޤީރެއް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ އިންސާނަކުވެސް ބޭނުްނވާ ކަންކަން ހުންނާނެއެވެ. ކޮންމެ އަންތބަކީވެސް ފިރިމީހާގެ ކިބައިން ކަންތައްތަކަކަށް ބޭނުންވާނެ އަންހެނެކެވެ. އަދި ފިރިންނަކީވެސް އަނބިމިހާގެ ކިބައިން ކަންތައް ތަކަކަށް ބޭނުންވާނެ ބައެކެވެ. އެކަންކަން ހޯދަން މަސައްކަތް ނުކުރާނަމަ އެއީ މައްސަލައެކެވެ.  

އެއްވެސް ޙާލެއްގައި މިބުނަނީ ބުރަކޮށް މަސައްކަތްކުރަންޖެހޭ ފިރިން ކުރާ މަސައްކަތަށް ހުރަސް އަޅައި އުނދަގޫކުރުމުގެ ވާހަކައެއް ނޫނެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް އަނބިމީހާއަށް ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްދޭންޖެހޭނެ ވާހަކައެވެ. ލޯތްބާއި އަޅައިލުން ދޭންޖެހޭނެ ވާހަކައެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން