ހެޔޮލަފާ ފިރިއަކާއެކު ލޯބިލިބިގެން ދިރިއުޅެން އަންތބަކު ޢަމަލުކުރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހެޔޮލަފާ ފިރިއަކާއެކު ލޯބިލިބިގެން ދިރިއުޅެން އަންތބަކު ޢަމަލުކުރި ގޮތުގެ ވާހަކަ-

މިހާރަކަށް އައިސް އެންމެ ގިނައިން އަންހެނުން ދައްކާ އެއް ވާހަކައަކީ ކައިވެނިކޮށް ދުވަސްކޮޅެއްވާއިރަށް ފިރިމީހާ ފޫހިވާން ފަށާކަމުގެ ވާހަކައެވެ. މިގޮތުން އަޑުއިވޭ ވާހަކަތަކަށް ރަނގަޅަށް ބެލުމުން އެނގޭ އެއްކަމަކީ އަނބިމީހާ ކިތަންމެ ރަނގަޅަށް ކަންކަން ކުރިނަމަވެސް ފޫވާން ފަށާ ބައެއް ފިރިން ތިބޭކަމެކެވެ. އަނެއް ކަމަކީ އެކަމުގައި ބައެއް އަންހެނުންގެ އިހްމާލެއްވެސް އޮންނަ ކަމެވެ.  

މިފަހަރު މިގެނެސްދެނީ ކުށް ޤަބޫލުކޮށް ކަންކަން ބަދަލުކުރަން އަންހެނަކު ޢަމަލުކުރި ގޮތާ އެކަމުގެ ކާމިޔާބީގެ ވާހަކަ އަންހެނަކު ކިޔައިދިން ގޮތަށެވެ. 

އަހުރެންގެ ބައެއް އެކުވެރިން ގެއަށް އައި ދުވަހެކެވެ. އެމީހުންނަށް މަރުޙަބާކިޔަން ވަރަށް ފުރިހަމައަށް ތައްޔާރުވީމެވެ. ގޭގެ މަސައްކަތްކުރަމުން އެމީހުންނަށް ކައްކަމުންވެސް އެމީހުން އަންނަންވާއިރަށް ފެންވަރައި ނަލަހެދި ސެންޓްޖެހީމެވެ.  

ދެން އަހުރެންގެ ހިތަށް އެރިއެވެ. ބޭރު ބައަކު ގެއަށް އަންނާތީ މިހައިވަރަށް ތައްޔާރުވެއްޖައީމެވެ. މަސައްކަތްކުރަމުން ތައްޔާރުވެ ގައިން މީރުވަސްދުއްވުމަކީ ބުރަކަމަށްވެސް ނުވިއެވެ. އެހެންވީމާ އަހުރެންނަކީ ވަރަށް ބޮޑު ކުށްވެރިއަކީމެވެ. މިކަންކަމަކީ ކޮންމެ ދުވަހަކު އަހުރެންގެ ލޯބިވާ ފިރިމިހާއަށްޓަކައި އަހުރެން ކުރަންޖެހޭނެ ކަންކަމެވެ.  

އެވިސްނުމުގައި ކަންކަން ކުރަން ފެށުމުން ފިރިމީހާ އޮފީސް ނިމިގެން ގެއަށް އަންނަންވާއިރަށް ފެންވަރައި ނަލަހެދި ރީވެ ސެންޓްޖަހައިގެން ހުންނަން ފެށިއްޖެއެވެ. ދުވަސްކޮޅަކުން ފިރިމީހާގެ ކިބައިން އެކަމަށް ތަޢްރީފްވެސް ލިބެންފަށައިފިއެވެ. ލޯބި ލިބުމާއި އަޅައިލުން ލިބުން އިތުރުވެއްޖެއެވެ.  

އެހިސާބުން ފިރިމީހާއަށްވެސް ޝަރުޠެއް ހުށަހެޅީމެވެ. އެއީ ގެއަށް އައުން ލަސްނުކުރުމަށާއި ސަބަބެއް މެދުވެރިވެގެން ކޮންމެހެން ލަސްކުރަން ޖެހިއްޖެނަމަވެސް ކުރިއާލައި އެކަން އަންގައިލަދިނުމަށެވެ. ފިރިމީހާވެސް އުފަލުން ހުރެ އެކަން ޤަބޫލުކުރިއެވެ.  

މިއަންހެން މީހާގެ ވާހަކައިން އެނގިގެން މިދިއައީ ޙަޤީޤަތުގައި މިހުންނަނީ ވަރަށް އާދައިގެ ކުދިކުދި ކަންކަމާއި އަނބިންނަށްވެސް އަދި ފިރިންނަށްވެސް ކުރަން ކުރަން އުނދަގޫ ކަންކަމެއް ނޫންކަމެއް ކަމެވެ. ފިރިމީހާ އަންނަންވާއިރަށް މަރުޙަބާ ކިޔަން ތައްޔާރުވުމަކީ އަނބިންނަށް ބުރައަކަށް ނުވާނީ ފިރިމީހާވެސް އަވަހަށް ގެއަށް އަންނަނަމައެވެ. ލަސްވާނަމަ އެކަންވެސް ފާހަގަކުރަންޖެހޭނެ ކަމެވެ. އަދި ފިރިންވެސް އަވަހަށް ގެއަށް އައިސް އަނބިދަރިންނަށް އަޅާލައި ލޯބިދޭނަމަ އަނބިންނަށްވެސް ލިބޭ ހިތްވަރު އިތުރުވާނެ ކަމެވެ.  

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން