ތިމާއަކީ ރަނގަޅު މީހަކުނަމަ ތިމާއާއިމެދު އެހެން މީހުން ދައްކާ ގޯސްވާހަކައަކުން ލިބޭނެ ދެރައެއް ނެތް! އެހެން މީހުންގެ ލޯބި ލިބުން ވާނީ އިތުރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިމާއަކީ ރަނގަޅު މީހަކުނަމަ ތިމާއާއިމެދު އެހެން މީހުން ދައްކާ ގޯސްވާހަކައަކުން ލިބޭނެ ދެރައެއް ނެތް! އެހެން މީހުންގެ ލޯބި ލިބުން ވާނީ އިތުރު!

ރަނގަޅަށް ހަނދާން ބަހައްޓާށެވެ. ތިބާއަކީ ރަނގަޅު މީހަކު ނަމަ ކިތަންމެ ގިނަ ބައަކު ދޮގުހަދައިގެން ތިބާގެ ގޯސްވާހަކަ ދެއްކުމަކުން ތިބާއަށް ލިބޭނެ ގެއްލުމެއް ނެތެވެ. އަދި ދޮގުހަދައިގެން ތިބާގެ ކިބައިގައި ނެތް ރަނގަޅު ސިފަތައް އެބަހުރިކަމަށްބުނެ ވާހަކަދެއްކުމަކީވެސް ތިބާގެ އަޞްލު ސިފައަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ.  

ތިބާ ހުރީ ޙައްޤުމަގުގައިކަމަށްވާނަމަ އެނިމުނީއެވެ. ﷲ ތަޢާލާ ތިބާ ނިކަމެތި ނުކުރައްވަވާނެތެވެ. އަދި ތިބާއަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. ވީމާ މީހުން ތިމާ އާއިމެދު ނުވަތަ ތިމާގެ މިޒާޖާއިމެދު،  ދައްކާ ގޯސް ވާހަކަތަކުގެ ސަބަބުން، ނުވަތަ ދޮގު ވާހަކަތަކުގެ ސަބަބުން،  އަމިއްލަ މީހާ އޮޅޭ،  މިންވަރަށް ފިކުރުނުކުރާށެވެ.  

ހަމައެކަނި، މީސްތަކުންގެ ދުލަކީ، ތިމާގެ ތަރުބިއްޔަތު ކަމުގައި، ދުށުމަކީ މޮޔަކަމެކެވެ. ކަންބޮޑުވާންވީ މީހުން ބުނާބަސްތަކަކަށް ނޫނެވެ. ތިމާއަށް ކުރެވޭ ޢަމަލުތަކަށެވެ.  

ހަނދާންކުރާށެވެ! ކޮންމެ އިންސާނަކީ ވެސް، ޚާއްޞަ މިޒާޖެއް ލިބިފައިވާ މީހެކެވެ. ރަޞޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ، ޞަޙާބީ ބޭކަލުންގެ ތެރޭގައިވެސް، އެ ތަފާތު އޮތެވެ. އަދި އެފަދަ ތަފާތުތަކަކީ، ވަކިވެގަތުމާއި ޒުވާބުކުރުމަށް، އޮތް ސަބަބަކަށް ނުހައްދަވައެވެ. 

ދެމަފިރިއަކު ދިރިއުޅެމުން އަންނައިރު ކިތަންމެ ބޮޑަށް ލޯބިވިނަމަވެސް މި ބުނި ފަދަ ކަންކަން ކުރިމަތިވާނެއެވެ. އެޙާލަތުގައި އެންމެ ފައިދާކުރާނެ ގޮތަކީ ދެމީހުންނަށް އެއްބަސްވެވޭ މިންވަރަށް ދެމީހުންވެސް ދޫދިނުމެވެ. ދެމަފިރިންގެ މައްސަލަތައް ޙައްލުކުރަން ދޫދިނުމަކީވެސް އަޅުކަމެކެވެ. އެހެންކަމަށްވާއިއރު ގޮތް ދޫނުކޮށް ޖަދަލުކޮށް ޒުވާބުކޮށް ކައިވެނި ރޫޅައިލުމުން ދެއްވަވާނެ ޢަޛާބުވެސް ހިތަށް ގެންނާށެވެ!

 

- "އުންމީދު" / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން