މަރު އައިސް ބައްދަލުކުރުމުން މީހާ އެންމެ ބޮޑަށް ބޭނުންވާނީ ކޮންކަމަކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މަރު އައިސް ބައްދަލުކުރުމުން މީހާ އެންމެ ބޮޑަށް ބޭނުންވާނީ ކޮންކަމަކަށްތަ؟

އެނގޭ ހެއްޔެވެ؟ މަރު އައިސް ބައްދަލުވުމުން އަޅާ އެންމެ ބޮޑަށް ބޭނުންވާނީ ބަލަމުން ދިޔަ ފިލްމު ބަލައި ނިންމައިލުމުގެ ފުރުޞަތެއް ނޫނެވެ. ކުޅެމުން އައި ކުޅިވަރު ނިންމައިލުމުގެ ފުރުޞަތެއް ނޫނެވެ. ބޮމުން އައި ކޮފީތަށި ބޮއެ ނިންމައިލުމުގެ ފުރުޞަތެއް ނޫނެވެ. ގޮސްގޮސް ހުރިތަނަށް ވާސިލުވުމުގެ ފުރުޞަތެއް ނޫނެވެ. ދައްކަމުން ދިޔަ ވާހަކަ ފުރިހަމަ ކޮށްލުމުގެ ފުރުޞަތެއް ނޫނެވެ. ނިދަމުން ދިޔަ ނިދި ފުރިހަމަކޮށްލުމުގެ ފުރުޞަތެއް ނޫނެވެ 

އެނގޭ ހެއްޔެވެ؟ މަރު އައިސް ބައްދަލުވުމުން އަޅާ އެންމެ ބޮޑަށް ބޭނުންވާނީ ނަމާދު (ސަޖިދައެއް) ކޮށްލުމުގެ ފުރުޞަތެވެ. އިސްތިޣްފާރު އ ކޮށްލުމުގެ ފުރުޞަތެވެ. 

އެހެންކަމުން ނަމާދަށް އިސްކަން ދޭށެވެ! (އެއިރުން) މަރު އައިސް ބައްދަލުވާ ހިނދު ހުންނާނީ ތައްޔާރީއަށެވެ.  ވީމާ ކިތަންމެ ބިޒީ ވިޔަސް، ވަގުތު ފާއިތުވުމުގެ ކުރީން ނަމާދު ކުރާށެވެ!

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން