ފުރިހަމަ ގޮތުގަ ނަމާދުކުރުމަށް ސަމާލުކަންދޭން ޖެހޭނެ 3 ޙާލަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ފުރިހަމަ ގޮތުގަ ނަމާދުކުރުމަށް ސަމާލުކަންދޭން ޖެހޭނެ 3 ޙާލަތެއް!

ޝައިޠޯނާ އެންމެ ބޮޑަށް މަސައްކަތްކުރަނީ ނަމާދުކުރިއަ ނުދިނުމަށެވެ. ޝައިޠޯނާގެ ބަހަށް ނުހެއްލި ނަމާދުކުރަން ފެށުމުން ދެން މަސައްކަތްކުރާނީ ކުރާ ނަމާދު ބާޠިލްކޮށްލުވުމަށެވެ. ނަމާދުކުރިޔަސް ޘަވާބު ނުލިބޭނެ ގޮތް ހެދުމަށެވެ.

ކުރާ ނަމާދު ބާޠިލްކޮށްލުވުމަކީ ޝައިޠޯނާ އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަންތަކެވެ. އެހެންވެ ހަމައެކަނި އެމަސައްކަތަށް ޚާއްޞަ ޝައިޠޯނުން ތިބޭކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ނަމާދަށް ހަރަމްބަންން ވަގުތުން ފެށިގެން ޝައިޠޯނާ މަސައްކަތްކުރަމުން ގެންދާނީ ލަނޑުދީ ނަމާދުން ބޭރުކުރުމަށެވެ. އެގޮތުން އެންމެ ގިނައިން ޝައިޠޯނާ ދޭ 3 ލަނޑުގެ ގޮތުގައި ފާހަގަކުރެވޭ 3 ކަންތައް ފާހަގަކޮށްލާނަމެވެ.

1 ވައިބޭރުވެ ވުޟޫ ގެއްލިއްޖެ ކަމަށް ވިސްނައިދިނުން

އެ ޙާލަތުގައި ޤަބޫލުކުރަން އޮތީ 2 ސަބަބެއް ޔަޤީންކުރެވުމުންނެވެ. އެއީ ވައިބޭރުވި އަޑުއިވުމާއި ވަސްދުވުމެވެ. މިއިން ކަމެއް ނުވަތަ 2 ކަންތައް މެދުވެރިވެއްޖެނަމަ ޖެހޭނީ ވުޟޫކުރާށެވެ. ނޫންނަމަ ޝައްކުގެ މަތީގައި ނަމާދުން ވަކިވެގެނެއް ނުވާނެއެވެ. އޮތީ ނަމާދުކުރިއަށް ގެންދިއުމެވެ.

2 ނުކުރެވިހުރި ކަންކަމާ ލޯބިވެރިޔާމަތިން ހަނދާންކޮށްދިނުން

މިޙާލަތުގައި އޮތީ އައޫޛް ކިޔައި ވައަތްފަރާތަށް ތިންފަހަރު ފުމެލުމެވެ. (ހިކިކުޅުޖެހުމެވެ.)

3 ފޫހިކުރުވައި އާފުރުވުން

މިޙާލަތުގައި އަނގަ ލައްޕަންވާނެއެވެ. އަނގަހުޅުވުނަދީގެން ނުވާނެއެވެ. މަސައްކަތްކުރުމުންވެސް ހުޅުވިއްޖެނަމަ އަނގަމަތީގައި އަތްއަޅަންވާނެއެވެ. ނޫންނަމަ ޝައިޠޯނާ އެތެރެއަށް ދެމިގަންނާނެއެވެ.

--ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

 

މިއަދު އޮންލައިން