ކޮންމެ ޙާލަތެއް ކުރިމަތިވިޔަސް މާޔޫސް ނުވާށެވެ! ތިބާގެ ޙާލަތު ތިބާއަށްވުރެ ބޮޑަށް ﷲ ތަޢާލާ ދެނެވޮޑިގެންވޭ! ރަނގަޅު ވަޤުތުގަ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކޮންމެ ޙާލަތެއް ކުރިމަތިވިޔަސް މާޔޫސް ނުވާށެވެ! ތިބާގެ ޙާލަތު ތިބާއަށްވުރެ ބޮޑަށް ﷲ ތަޢާލާ ދެނެވޮޑިގެންވޭ! ރަނގަޅު ވަޤުތުގަ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ!: މުފްތީ މެންކް

އަހުރެންނެއް ތިބާއެއް އަދި އެހެން މީހެއްވެސް ކިޔާނެ ކަމެއް ނެތެވެ! ދުނިޔޭގައި އެއިރަކު ތިބޭ އެންމެންގެ ޙާލަތު އެމީހުންނަށްވުރެ ބޮޑަށް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާ ކުރިމަތިކުރެއްވެވި ކަމެއް މެނުވީ އެއްވެސް މީހަކަށް ކުރިމައްޗެއް ނުވާނެއެވެ! ﷲ ތަޢާލާ ކުރިމަތިކުރެއްވެވި ކަންކަން އެކަލާނގެ ދެނެވޮޑިހގަތުން މާބޮޑެވެ!

ރަނގަޅަށް ބަލައިފިނަމަ އެނގޭނެއެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެކެވެ. ގިނަބައަކަށް އަތްމަތި ދަތިވުމެވެ. ކައިވެނިކުރާނެ ބައިވެރިއަކު ނުލިބުމެވެ. ލިބުނު ބައިވަރިޔާ ނުބައިވުމެވެ. ދަރިއަކު ނުލިބުމެވެ. ލިބުނު ދަރިން ބަސްޤަބޫލުނުކުރުމެވެ. ޢާއިލާގެ ލޯބިނުލިބުމެވެ. މިހެންގޮސް ލިސްޓް ކިތަންމެ ވަރަކަށްވެސް ދިގުކުރެވިދާނެއެވެ.  

ބުނަންހެއްޔެވެ؟ އެކިމީހުންނަށް ކުރިމަތިކުރައްވަވާނީ އެކި ކަންކަމެވެ. ނަމަވެސް އެއްވެސް ކަމެއް ކުރިމަތިކުރައްވަވަނީ މީހާގެ ޢުމުރަކަށް ނޫނެވެ. ވަކިމުއްދަތަކަށެވެ. އަހުރެމެންނަށް ނުއެނގެނީ އެމުއްދަތެވެ. އެކަމަކު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އަހުރެމެންނަށް ކުރަން އޮތް ކަމަކީ މަސައްކަތް ކުރަމުން ދުޢާކުރުންމަތީގައި ޘާބިތުވެލުމެވެ.  

އެކަމަށް ކެތްތެރިކަމެވެ ވެސް ކިޔައެވެ. ޘާބިތުވެވޭނީ ކެތްތެރިވެވިގެންނެވެ. ވީމާ މިބުނެވެނީ ހަމައެއްވާހަކައެކެވެ. އެއްކަމެއް ކުރުމުގެ ވާހަކައެވެ. ދެބަސްއެއްކޮށްލާފައި ބުނަމެވެ. ކެތްތެރިވެ ޘާބިތުވެވިއްޖެނަމަ އެމީހަކަށް ދެއްވަވާނެ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ. އެއީ ﷲ ތަޢާލާގެ ވަޢުދު ބަސްފުޅެކެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން