މައިންބަފައިންނަށް، ތިމާއަށް އަދި ބޭނުންވާ ކޮންމެ މީހަކަށް ހެޔޮލަފާ ނިމުމެއް ދެއްވަވައި ޖަންނަތުލްފިރުދައުސް ދެއްވެވުން އެދިގެން ކުރަން ފައިދާހުރި ދުޢާއެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މައިންބަފައިންނަށް، ތިމާއަށް އަދި ބޭނުންވާ ކޮންމެ މީހަކަށް ހެޔޮލަފާ ނިމުމެއް ދެއްވަވައި ޖަންނަތުލްފިރުދައުސް ދެއްވެވުން އެދިގެން ކުރަން ފައިދާހުރި ދުޢާއެއް!: މުފްތީ މެންކް

ބިސްމިﷲ، ޔާ ﷲ! 

އަޅަމެންގެ މައިންބަފައިންނަށް ރަނގަޅު ނިމުމެއް ދެއްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅުންގެ ގޮތުގައި ނޫނީ އެމީހުންގެ ފުރާނަ ނުހިއްޕަވާނދޭވެ! 

ޔާ ﷲ! އެމީހުންގެ ފުރާނަ ހިއްޕަވަން ފޮނުއްވަވާ މަލާއިކަތުންނަކީ ރަޙްމަތުގެ މަލާއިކަތުން ކަމުގައި ލައްވަވާނދޭވެ! އޯގާތެރިކަމާއިއެކު އެމީހުންގެ ފުރާނަ ހިއްޕަވާނދޭވެ! އެމީހުންގެ އެންމެ ފަހު ބަހަކީ ޝަހާދަތުގެ ދެކަލިމަ ކަމުގައި ލައްވަވާނދޭވެ! 

ޔާ ﷲ! އެބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އެބައިމީހުންގެ ކައްވަޅަކީ އެބައިމީހުންނަށް އަރާމު ސުވަރުގޭގެ ބަގީޗާއެއް ކަމުގައި ލައްވަވާނދޭވެ! އެގޮތުގައި ޤިޔާމަތާއި ހަމައަށް ލަހައްޓަވާނދޭވެ! 

ޔާ ﷲ! ޤިޔާމަތް ދުވަހު އިނބަ ﷲ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅުންނާއިއެކު އެމީޙުން މަޙްޝަރުކުރައްވަވާނދޭވެ! އިނބަ ﷲ ގެ ޢަރުޝިކޮޅުގެ ހިޔާވަހިކަމުގައި އެމީހުން ލައްވަވާނދޭވެ! ފަސޭހައިން ޞިރާޠުމަގު ހުރަސްކުރެވޭ ބައަކު ކަމުގައި ލައްވަވާނދޭވެ! އަދި އެމީހުންގެ މަންޒިލަކީ ޖަންނަތުލްފިރުދައުސްކަމުގައި ލައްވަވާނދޭވެ! އާމީން 

މިދުޢާ ލިޔެފައި އެވަނީ މައިންބަފައިންނަށްޓަކައި ކުރާނެ ގޮތަށެވެ. މިދުއާއަކީ ތިމާއަށްޓަކައިވެސް އަދި ކޮންމެ މީހަކަށްޓަކައިވެސް ކުރެވިދާނެ ދުޢާއެކެވެ. ދުޢާގެ ސީޣާ އެމީހަކު ބޭނުންވާ ގޮތަކަށް ބަދަލުކޮށްލައިގެން ކުރަންވީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން