އެކަނިވެރިވެ ގޮތްހުސްވެފައިވާ އެކުވެރިންނަށް ޝެއާކޮށްލުމުން ފައިދާކުރާނެ!: ގޮތްހުސްވެ މަގުމަތިވެފައި ވަނިކޮށް ކޮތަރެއް މެދުވެރިވެ ތަނަވަސް ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އެކަނިވެރިވެ ގޮތްހުސްވެފައިވާ އެކުވެރިންނަށް ޝެއާކޮށްލުމުން ފައިދާކުރާނެ!: ގޮތްހުސްވެ މަގުމަތިވެފައި ވަނިކޮށް ކޮތަރެއް މެދުވެރިވެ ތަނަވަސް ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

ތިބާ ތިއަހުރީ އެކަނިވެރިވެ ގޮތްހުސްވެފައި ކަމަށްވާނަމަ މިވާހަކަ ކިޔައިލާށެވެ! ދިރިއުޅުޅުމަށް ރަނގަޅު ގޮތެއް މެދުވެރިވާނެކަމުގެ ޔަޤީންކަން ލިބިގެންދާނެއެވެ. އިން ޝާ ﷲ. ޝަރުޠަކީ އޭނާ ފަދައިން ޘާބިތުވުމެވެ.  

އޭނާއަކީ ކައިވެނިކޮށްގެން އުފަލުގައި އުޅެމުން އައި އަންހެނެކެވެ. ހެޔޮލަފާ އަންހެނެކެވެ. ހާލަތު ބަދަލުވެގެން ދިއައީ އޭނާއަށް ބޮޑު ބައްޔެއް ޖެހި ބޭސްކުރަންޖެހުމުންނެވެ. އެޙާލަތުގައި ވަރިކޮށްލާފައި ފިރިމީހާ ފިލައިގެންދިއައީއެވެ. މަސައްކަތު ނުދެވޭތީ ވަޒީފާ ގެއްލުނީއެވެ. ބޭހަށް ޚަރަދުކުރަމުން ގޮސް އަތުން ފައިސާ ހުސްވެ ކުލި ނުދެއްކޭތީ މަގުމައްޗަށް ނުކުންނަން ޖެހުނީއެވެ.

އެޙާލުގައިވެސް އޭނާ މާތް ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ނަމާދުކޮށް ދުޢާކުރުމުގައި ޘާބިތުވެ ހުރީއެވެ.  

އެއްދުވަހެއްގެ ފަތިހެވެ. މިސްކިތުގައި ފަތިސްނަމާދުކޮށްލައިގެން ފިހާރައެއްގެ ކަނުގައި (މަގުމަތީގައި) އިށީނދެގެން އިންދައި ހޭލެވުނީ އިސްތަށިގަނޑަށް ވާންވެގެންނެވެ. ކޮތަރެއް އައިސް އިސްތަށިގަނޑުގައި ޖެއްސީއެވެ. ކޮތަރުގެ ވެރިމީހާ ކޮތަރު ނައްޓަން މަސައްކަތްކުރަނީއެވެ. މަސައްކަތްކުރާވަރަކަށް ކޮތަރުގެ ފައި އިސްތަށިގަނޑާލައި އޮޅަނީއެވެ.

ދެމީހުންވެގެން މަޑުމަޑުން ކުރި މަސައްކަތުން ކޮތަރު ސަލާމަތްކުރެވުމުން ޒުވާނާ ވަރަށް ދެރަވެ މާފަށް އެދިފައި އެތާކައިރީގައި ހުރި ރެސްޓޯރަންޓަކަށް ސައިބޯންދާން ދަޢުވަތުދިނުމުން އަންހެންމީހާ ދަޢުވަތު ޤަބޫލުކުރިއެވެ. އެއިރު އެއްވެސް އެއްޗެއް ނުކައި ހަމައެކަނި ފެންފޮދެއް ބޮއިގެން ހުންނަތާ 2 ދުވަސްވެފައިވާތީ ބަނޑުހައިވެފައިހުރިވަރުންނެވެ.

ސައިބޯން ތިބެގެން އަންހެން މީހާ އޭނާގެ ޙާލުގެ ވާހަކަ ކިޔައިދިނުމުން ޒުވާނާގެ ހިތުގައި އޭނާއަށް ހަމްދަރުދީ އުފެދި އޭނާއާއިއެކު ދިރިއުޅުމަށް ދަޢުވަތުދިނެވެ. ޒުވާނާ ބުނީ އޭނާގެ އަނބިމީހާ ވަކިވެގެން ދިއުމުން ގޭގައި އުޅެނީ އޭނާއާއި އޭނާގެ މަންމަ އެކަނި ކަމަށެވެ. އެއްވެސް ގޮތެއް ނެތިފައި ހުރުމުން އަންހެން މީހާ ޒުވާނާގެ ހުށަހެޅުން ޤަބޫލުކުރިއެވެ.  

އަންހެން މީހާ ގޭގެ މަސައްކަތްކުރުމުގެ އިތުރުން އަމިއްލަ މައިމީހާ ފަދައިން ޒުވާނާގެ މަންމައަށް ހެޔޮކޮށް ހިތުމުގެ ނަތީޖާއަކަށްވީ ޒުވާނާއާއި ކައިވެނިކުރަން ފުރުޞަތު ލިބުމެވެ. މިއަދު އޭނާއަކީ ތަނަވަސް މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅުގެ ލޯބިވާ އަނބިމީހާއެވެ. ދެމީހުން ދިރިއުޅެމުން އަނަނަނީ ނުހަނު ލޯބިންނެވެ.  

ވިސްނައިލާށެވެ! އެނިކަމެތިޙާލުގައި ހުރެގެންވެސް ނަމާދުކޮށް ދުޢާކުރަމުން ގެންދިއުމުގެ ފައިދާއަށެވެ. ހެޔޮލަފާ ރަނގަޅު ފިރިއަކާއި ތަނަވަސް، އުފާވެރި ދިރިއުޅުމެއް ލިބެން މެދުވެރިވި ސަބަކަށްވެގެން އެދިއައީ ކޮތަރެކެވެ! ކޮތަރު އެދުވަހު އެގޮތަށް ކަންތައް އެކުރީ ކީއްވެގެން ހެއްޔެވެ؟ އެވިސްނުން ކޮތަރަށް ލިބުނީ ކޮން ގޮތަކުން ހެއްޔެވެ؟ އޮޅުކޮށްގެން ގެންގުޅޭ ކޮތަރަކީ އެގޮތަށް ކަންތައްކުރާ އެއްޗެއް ނޫނެވެ.  

ޔަޤީންކުރަންވީ ކޮންމެފަދަ ނިކަމެތި ޙާލެއްގައި އުޅެންޖެހުނަސް މާތް ﷲ ގެ ޙަޟްރަތުން އުންމީދުކަނޑާނުލައި ވާގިއެދޭ މީހަކަށް ކޮންމެވެސް ސަބަބެއް މެދުވެރިކުރައްވަވައިގެން އުފާވެރިކަން ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ. ހަމަ އެއާއިއެކު ހެޔޮލަފާ އަންތބަކަށް އެކަނިވެރިވާންޖެހިއްޖެނަމަ ލައްވަވާ ރަޙްމަތް މާބޮޑުވާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން