ނަމާދުކުރުމުން ލިބެންވާ ހިތްހަމަޖެހުން ނުލިބޭނަމަ ވިސްނާލުން މުހިންމު ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ނަމާދުކުރުމުން ލިބެންވާ ހިތްހަމަޖެހުން ނުލިބޭނަމަ ވިސްނާލުން މުހިންމު ކަންކަން-

ތިމާގެ މިޒާޖު ނުވަތަ ޠަބީޢަތް އެދުވަހު ހުރިގޮތާއި ތިމާކުރަންޖެހޭ އަޅުކަމާއި ނުގުޅުވާށެވެ. އެހެން މިބުނަނީ ގިނަ ބައަކު ކަންކަން ކުރަން ބޭނުންވުމުން، ނުވަތަ ބޭނުންވާ ކަންކަންކުރަން ބޭނުންވަނީ ރަނގަޅު މިޒާޖުގައި ނުވަތަ ހިތްހަމަޖެހިގެން ހުރިނަމަ ކަމަށްވާތީއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ޚާއްޞަކޮށް ތިމާ ކުރަންޖެހޭ އަޅުކަންކުރުމުގައެވެ.  

ޢަޖުމަ ބަލައިލަން ނަމަވެސް ކޮންމެ ޙާލަތެއްގައި ހުރެގެން ނަމަވެސް އެމީހަކު ކުރަން ބޭނުންވާ ކަންކަން ނިކަން ކޮށްބަލާށެވެ! އެއިރުން ސިކުނޑިއަށް ލިބޭ އަންނާނެއެވެ.  

އެއްވެސް އަޅުކަމަކީ އެމީހާގެ ހިތްހަމަޖެހުމާއި ގުޅުވައިގެން ކުރަން އޮތް ކަމެއް ނޫނެވެ. އެއިގެ ބަދަލުގައި ކޮންމެ މީހަކުވެސް ވާންޖެހޭނީ ކޮންމެ ޙާލަތެއްގައި ހުރިނަމަވެސް ކުރަން ޖެހޭ އަޅުކަންކުރާ މީހަކަށެވެ. އަޅުކަން ކުރުމުން އެމީހާއަށް ދެން ލިބިގެންދާ ހިތްހަމަޖެހުންވެސް މާބޮޑަށް ބޮޑުވެގެންދާނެއެވެ. ވީމާ ދީނުގައި ކުރަންހުރި އަޅުކަންކުރުމުގައި މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. 

ގިނަ ބައަކަށް ފަރުޟު ނަމާދުތަކަށް ރައްކައުތެރިނުވެވޭ އެންމެ ބޮޑު ސަބަބަކީވެސް އެވަޤުތު ހުންނަ މިޒާޖާއި ގުޅުވާތީއެވެ. ނަމާދު ވަޤުތުޖެހުމުން އެންމެ ބޮޑަށް ކުރަން ބޭނުންވާ، ނުވަތަ ކުރާހިތްވާ ކަމަކީ ނަމާދުކުރުން ކަމަށް ވުމަށްދާންދެން އޭނާއަކީ ނަމާދުކުރާހިތްވާ މީހަކަށް ނުވާނެއެވެ. ނަމާދުކުރާ ހިތުން ނަމާދުކުރާ މީހަކަށް ނުވާނެއެވެ. 

ނަމާދުކުރާ ހިތުން ނަމާދު ނުކުރެވޭނަމަ އެމީހަކަށް ނަމާދުގައި ޚުޝޫޢަތްތެރިއެއް ނުވެވޭނެއެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަމެއްވެސް ނުދެވޭނެއެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެވި ޚުޝޫޢަތްތެރިއެއް ނުވެވޭނެއެވެ. މިއީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެކަންތައް ކަމުގައިވާތީއެވެ!  

ފުރިހަމަ މުސްލިމަކު ނަމަ ނަމާދު ވަޤުތު ޖެހުމުން ނަމާދުނުކުރެވޭހައި ހިނދަކު އެމީހަކު ހުންނާނީ ހިތްހަމަނުޖެހުމެއްގެ ތެރޭގައެވެ. ހިތްހަމަޖެހުން ލިބޭނީ ނަމާދުކުރެވުމުންނެވެ. ޤަވާއިދުން ނަމާދުކުރާ މީހަކުނަމަ ޖަމާޢަތުގައި ނަމާދު ނުކުރެވުނަސް ހުންނާނީ ކަންބޮޑުވުމެއްގައެވެ.  

ވީމާ ހިތަހަމަޖެހުން ލިބުމަށްވެސް ވަޤުތުޖެހުމުން ފުރަތަމަ ކުރާކަމަކީ ނަމާދުކުރުން ކަމުގައި ހަދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން