ގޭގަ ގެންގުޅޭ ޖަނަވާރުގެ ޠަބީޢަތް ރޭގަނޑު ބަދަލުވުން- ވިސްނާލަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ގޭގަ ގެންގުޅޭ ޖަނަވާރުގެ ޠަބީޢަތް ރޭގަނޑު ބަދަލުވުން- ވިސްނާލަންޖެހޭ ކަމެއް!

"އަޅުގަނޑު ވަރަށް ލޯބިން ގޭގައި "ޕެޓެއް" ގެންގުޅެމެވެ. ރޭގަނޑުގެ ބައެއް ވަޤުތުތަކުގައި އޭތީގެ ޠަބީޢަތް ބަދަލުވެ އުޅޭ ގޮތް ތަފާތުވެއެވެ."

މިއީ ކިޔުންތެރިއަކު ފައުޅުކުރެއްވި ކަންބޮޑުވުމެކެވެ. އެހެންކަމުން މިގެނެސްދެނީ ވިސްނައިލުން މުހިންމު ކަންކަން ހިމެނޭ ލިޔުމެކެވެ.

އިންސާނުންނަށް ގެއްލުން ނުދޭ ޖަނަވާރުންނަށް އޯގާތެރިވާންވާނެއެވެ. ނަމަވެސް އެއީ އެއެއްޗެތި ދެކެ ލޯބިވެ ގޭގައި ގެންގުޅެން އޮތް ސަބަބެއް ނޫނެވެ. އެއެއްޗެތި ގޭގައި ގެންގުޅުމަކީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެކެވެ.

މިބުނިފަދަ ތިމާއަށް ގެއްލުން ނުދޭ ޖަނަވާރުންނަށްވެސް ކަމޭ ހިތާށެވެ! އެއެތީގެ ސަބަބުން ގެއްލުމެއް ނުލިބޭނެ ނަމަ ކާންބޯންދިނުމަކީވެސް ކުރަން ރަނގަޅު ކަމެކެވެ. ނަމަވެސް އޮޅުކޮށްގެން ގޭގައި ގެންގުޅުމާއިމެދު ވިސްނާލަން ޖެހޭނެއެވެ.

ހިތްހަމަ ޖައްސާލަން "ޕެޓެއް"ގެ ގޮތުގައި އެއްޗެއް ގެންގުޅުމަކީ ޙަރާމް ކަމެއް ނޫނެވެ. ހުއްދަކަމެކެވެ. ނަމަވެސް ވިސްނާލަން ޖެހޭ ފުރަތަމަކަމަކީ ދުނިޔޭގައި އުޅެން ލިބިފައިވަނީ ވަރަށް މަދު ދުވަސްކޮޅަކަށްވާއިރު އެކަމަކުން ތިމާއަށް ފައިދާއެއް ނުކުރާނެ ކަމެއްކުރަން ގިނަ ވަގުތުތައް ހާދަކުރުމަކީ ބޭކާރުކުރެވޭ އަގުހުރި ވަގުތު ތަކެކެވެ.

ދެވަނަ ކަމަކީ ބައެއް ޖަނަވާރުން ކިތަންމެ ރަނގަޅަކަށް ބެލެހެއްޓިނަމަވެސް އެއެއްޗެތީގެ ސަބަބުން ބައެއް ޒާތުގެ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ތަފާތު ކަންކަމަށް އެލަރޖިކްވުން ފަދަ މައްސަލަތައް ވަރަށް ގިނައިން ކުރިމަތިވެއެވެ. ބުޅަލަކީ މިގޮތުން ފާހަގަކޮށްލެއްވޭ އެއް ޖަނަވާރެވެ.

ތިންވަނަ ކަމަކީ އިންސާނުންނާއި އަވަލާ ފަދައިން މިފަދަ ތަކެއްޗާއިވެސް ޖިންނިވެސް އަވަލައެވެ. އެހެންކަމުން ޖިންނިއެއް އަވަލާފައިވާ އެއްޗެއް ގޭގައި ގެންގުޅެވޭނަމަ ޖިންނިވެސް ފަހަތުން ގެއަށް ވަންނާނެއެވެ. ކިތަންމެ ހަނި ފުރުޞަތެއް ލިބުނު ނަމަވެސް ގެއަށް ވަދެގަންނަން މަސައްކަތްކުރާނެއެވެ.

ވީމާ ޕެޓުގެ ގޮތުގައި ދިރޭތަކެތި ގެންގުޅޭނަމަ މިކަންކަމަށް ވިސްނަންވާނެއެވެ. މިބުނި ހުރިހައި ކަންކަމަށް ރައްކައުތެރިވާންޖެހޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން